މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގަކަށް ކުރީގެ ގަވަރުނަރު އަޒީމާ އާދަމް އޭސީސީއަށް ހާޒިރުވާން އަންގައިފި އެވެ.
03 ނޮވެމްބަރ 2018
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގަކަށް ކުރީގެ ގަވަރުނަރު އަޒީމާ އާދަމް އޭސީސީއަށް ހާޒިރުވާން އަންގައިފި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ހިންގަމުންދާ ތަހުގީގަށް އަޒީމާ ހާޒިރުވާން އެންގީ އެކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ދައުރާ ގުޅޭގޮތުން އޭސީސީން ބަލަމުންދާ މައްސަލަ އަކަށް ކަމަށް އެނގިފައިވެ އެވެ.
އޭސީސީގެ ނައިބު ރައީސް މުވައްވިޒު ރަޝީދު މިއަދު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެ މައްސަލަ ފޮނުވުމުގެ ކުރިން އޮންނަ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާގައި ބައެއް ފަރާތްތަކުގެ ބަޔާންތައް ނަގަން ޖެހޭ ކަމަށް ފާހަގަވުމުން އެ ފަރާތްތަކާ އެ ކޮމިޝަނުން ސުވާލުކޮށް، ބަޔާން ނަގަމުންދާ ކަމަށެވެ. އަޒީމާ ހާޒިރުވާން އެންގިތޯ ސުވާލު ކުރުމުން މުއައްވިޒު އެކަން ދޮގެއް ނުކުރެއްވި އެވެ.
"ބައެއް ފަރާތްތަކުގެ ބަޔާންތައް ނަގަމުން ދަނީ. ކުރިން އަޅުގަނޑުމެން ސުވާލުކޮށްފައި ތިބި ބައެއް ފަރާތްތަކުގެ ބަޔާންތައް ވެސް އެބަ ނަގަން،" މުއައްވިޒު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މީގެ ކުރިން ވެސް އޭސީސީން ވަނީ އަޒީމާގެ ބަޔާނެއް ނަގައިފަ އެވެ.
އަޒީމާ އޭސީސީއަށް ހާޒިރުވާން އެންގިއިރު، އޭނާ މިހާރު ދިރިއުޅުއްވަނީ ފިރިކަލުންނާ އެކު އެމެރިކާގަ އެވެ. އަޒީމާގެ ފިރިކަލުން އަލީ ނަސީރަކީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ދައުލަތަށް ގެއްލުނު 1.22 ބިލިއަން ރުފިޔާއާ ގުޅިގެން އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވީ އެމްއެމްއޭއަށެވެ. ދައުލަތަށް ލިބެންޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަމިއްލަ އެކައުންޓްތަކަކަށް ޖަމާކޮށް، މުއާމަލާތް ހިންގަމުންދާ ކަން އެނގި ތިބެ އެކަމަށް އެމްއެމްއޭ އިން އޭރު ފިޔަވަޅު ނާޅައި އޮތުމަކީ އެމްއެމްއޭއަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވި ސަބަބެކެވެ.
އެކަމަކު އޭރު ވެސް އަޒީމާ ވިދާޅުވަމުން ގެންދެވީ އެ ޚިޔާނާތުގައި އެމްއެމްއޭ އާއި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.
ޝައްކު އުފެދޭ މުއާމަލާތްތައް ބަލަން އެންގިން: އަޒީމާ
އެމްއެމްއޭގެ އިހުމާލު ބޮޑު! އަޅާނުލާ ހަމަ ތިބީ!
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ 7 ދައުވާއެއް ކުރަނީ
ބޮޑު ހިޔާނާތުގެ ފައިސާ 11 މީހެއްގެ އަތުން ހޯދަނީ
ހިޔާނާތުގެ 5މައްސަލައިގެ ބައެއް ކަންކަން އިސްލާހުކުރަނީ
އަދީބު، ތަހުގީގަށް އޭސީސީއަށް ހާޒިރުކޮށްފި
ހިޔާނާތުން ގެއްލުވާލާ ފައިސާ އާއި މުދާ ހޯދާނެ ނިޒާމެއް
ހިޔާނާތުގެ ފައިސާ ސިންގަޕޫރުގައި ހުރިތޯ އޭސީސީން ބަލާނެ
އެމްއެމްޕީއާރުސީ ތަހުގީގު: އަމާޒަކީ ނަތީޖާ އަވަސްކުރުން
ހިޔާނާތުގެ ތަހުގީގު އެއްބަސްވުންތައް ހާމަކުރަން އެދިއްޖެ