Roadha Mihaaru
ރައްޔިތުން ބޭނުންވަނީ އެކުވެރިކަމާ އެކީ ކުރި އަށް ދާން

ރައްޔިތުން ބޭނުންވަނީ އެކުވެރިކަމާ އެކީ ކުރިއަށްދާން: ރައީސް

18 ނޮވެމްބަރ 2018

"ދުޅަހެޔޮ ހަށިހެޔޮ" އީދުގައި ބައިވެރިވި މީހުންގެ ފަރާތުން އެނގިގެން ދިޔައީ ރައްޔިތުން އެކުވެރިކަމާ އެކީގައި ކުރި އަށް ދާން ބޭނުންވާ ކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

"ދުޅަހެޔޮ ހަށިހެޔޮ" އީދުގައި ބައިވެރިވި މީހުންގެ ފަރާތުން އެނގިގެން ދިޔައީ ރައްޔިތުން އެކުވެރިކަމާ އެކީގައި ކުރި އަށް ދާން ބޭނުންވާ ކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ހިމަނައިގެން ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ކުޅިވަރު އީދުގައި ބައިވެރިވި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކުޅިވަރު އީދުގައި ބައިވެރިވި ހުރިހާ އެންމެންނަށް ޝުކުރު ދަންނަވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުޅިވަރެއް ކުޅުއްވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުޅިވަރެއް ކުޅުއްވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

"އަޅުގަނޑަށް ފެނިގެން ދިޔައީ ދުޅަހެޔޮ ކަމާއި ރަނގަޅު ސިއްހަތުގައި އަދި އެކުވެރިކަމާ އެކީގައި ކުރި އަށް ދާން ތިބި ރައްޔިތުންތަކެއް ތިބި ތަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

މާފަންނު ސްޓޭޑިއަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އީދުގައި ކުޑަކުދިންނާއި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުން ވެސް ބައިވެރިވަމުންދާ ކަމަށެވެ. އަދި މި އީދު ފާހަގަ ކުރީ އެންމެ ފަހަރަކު މިކަން ކުރާ ގޮތަށް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މީގެ އިތުރު އިވެންޓުތައް އަޅުގަނޑުމެން ބާއްވާނަން،" ރައީސް ވިދާޅުވި އެވެ.

"ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި ކުރިއަށްދާ ކުޅިވަރު ފެސްޓިވަލްގައި މިއަދު ބޭއްވި ބްރިޖު ދުވުމުގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި ކުރިއަށްދާ ކުޅިވަރު ފެސްޓިވަލްގައި މިއަދު ބޭއްވި ބްރިޖު ދުވުމުގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިއަދުގެ އިވެންޓުތައް ފުރިހަމަކަމާ އެކު ކުރިއަށް ދިޔައީ އެތައް ބައެއްގެ މަސައްކަތުން ކަން ފާހަގަ ކުރައްވައި އިވެންޓުތައް އިންތިޒާމުކުރި ހުރިހާ އެންމެންނަށް ޝުކުރު ދަންނަވައިފަ އެވެ. ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދެވި އިރު، ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސާއި ނައިބު ރައީސް އަމަލީ ގޮތުން ބައިވެރިވެވަޑައިގެން، ރަސްމީކޮށް ކުޅިވަރު އީދު ފައްޓަވައި ދެއްވީ ރަސްމީ ފާލަން ކައިރިން މާލޭ ފަޅުތެރޭގައި ބޭއްވި މޫދު ކުޅިވަރުތަކުންނެވެ.

"ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި ކުރިއަށްދާ ކުޅިވަރު ފެސްޓިވަލްގައި މިއަދު ބޭއްވި ބްރިޖު ދުވުމުގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި ކުރިއަށްދާ ކުޅިވަރު ފެސްޓިވަލްގައި މިއަދު ބޭއްވި ބްރިޖު ދުވުމުގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ވޮލީ އާއި ކަސްރަތު ފަދަ ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ. ނައިބު ރައީސް ފައިސަލް ވެސް މޫދު ކުޅިވަރުގެ ބައެއް ހަރަކާތްތަކުގަ އާއި ވޮލީ އާއި ކަސްރަތު ފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ ޖެޓް ސްކީ ދުއްވަވައި، ފެތުމުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

މި ކުޅިވަރު ހަރަކާތްތަކުގައި ރައީސާއި ނައިބު ރައީސްގެ އަރިހުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

"ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި ކުރިއަށްދާ ކުޅިވަރު ފެސްޓިވަލްގައި މިއަދު ސިނަމާލެ ބްރިޖުގައި ބޭއްވި ބައިސްކަލު ދުއްވުމުގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި ކުރިއަށްދާ ކުޅިވަރު ފެސްޓިވަލްގައި މިއަދު ސިނަމާލެ ބްރިޖުގައި ބޭއްވި ބައިސްކަލު ދުއްވުމުގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މީގެ އިތުރުން، ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ކުޅިވަރު ހަރަކާތްތަކުގައި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.

ކުޅިވަރު އީދުގައި މޫދު ކުޅިވަރުތަކުގެ އިތުރުން، ބީޗް ވޮލީ، ސާފިން، ބޮޑީ ބޯޑިން، ސްކޭޓިން، ފެތުން، ބައިސްކަލް ދުއްވުން، ދުވުން، ފިޓްނަސް ހަރަކާތްތައް ފަދަ ކުޅިވަރުތައް ބޭއްވި އެވެ. މި ހަރަކާތްތަކުގައި 17 ކުޅިވަރު އެސޯސިއޭޝަނަކާއި، 15 ޖަމިއްޔާއެއް ބައިވެރިވި އެވެ.

މިއީދުގެ ހަރަކާތްތަކުގެ ތެރެއިން މާދަމާ ރޭ ގަލޮޅު ދަނޑުގައި ހާއްސަ ފުޓްބޯޅަ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، އެންމެންގެ ސަމާލު ކަން މި ވަގުތު ހުއްޓިފައި އޮތީ، ސިޔާސީ ބޭފުޅުންގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މެޗަށެވެ. އެއް ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުންނަވާއިރު، އަނެއް ޓީމުގެ ކެޕްޓަނަކީ ގާސިމެވެ.