Roadha Mihaaru
ސޯނަމް އައިޝްވަރިޔާއާ ހަސަދަވެރި ވަނީތަ؟

ސޯނަމް އައިޝްވަރިޔާއާ ހަސަދަވެރި ވަނީތަ؟

27 މެއި 2016

ދާދިފަހުން އޮތް ކޭންސް ފިލްމު ފެސްޓިވަލުގައި އައިޝްވަރިޔާ އެއް ދުވަހަކު ތުންފަތުގައި ދަނބުކުލަ ޖެއްސުމުން ގިނަ ބަޔަކު އޭނާއަށް ވަރަށް މަލާމާތްކުރި އެވެ. ނަމަވެސް އައިޝްވަރިޔާ ބުނަނީ އެއީ އޭނާ ބޭނުންވެގެން ކުރި ކަމެއް ނޫން ކަމަށާއި އޭނާ ތަމްސީލުކުރީ ކޮސްމެޓިކް ބްރޭންޑުން ބޭނުންވެގެން ޖެއްސި ކުލައެއް ކަމަށެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ދާދިފަހުން އޮތް ކޭންސް ފިލްމު ފެސްޓިވަލުގައި އައިޝްވަރިޔާ އެއް ދުވަހަކު ތުންފަތުގައި ދަނބުކުލަ ޖެއްސުމުން ގިނަ ބަޔަކު އޭނާއަށް ވަރަށް މަލާމާތްކުރި އެވެ. ނަމަވެސް އައިޝްވަރިޔާ ބުނަނީ އެއީ އޭނާ ބޭނުންވެގެން ކުރި ކަމެއް ނޫން ކަމަށާއި އޭނާ ތަމްސީލުކުރީ ކޮސްމެޓިކް ބްރޭންޑުން ބޭނުންވެގެން ޖެއްސި ކުލައެއް ކަމަށެވެ.

ނަމަވެސް އައިޝްވަރިޔާއާ އެކު މިފަހަރުގެ ކޭންސްގައި ބައިވެރިވި ބޮލީވުޑް ބަތަލާ ސޯނަމް ކަޕޫރު ބުނަނީ އައިޝްވަރިޔާ ދަނބު ލިޕްސްޓިކް ޖެއްސީ ގިނަ ބަޔަކަށް "ދެއްކެން" ވެގެން އަދި އޭނާގެ ވާހަކަ ގިނަ ބަޔަކު ލައްވާ ދައްކަން ކަމަށެވެ.

"ފެޝަން އާއި މޭކަޕްގެ ހަގީގަތަކީ ގިނަ ބަޔަކު އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކުވަން ކުރާ ކަމެއް. އަދި އޭނަ (އައިޝްވަރިޔާ) ވެސް ބޭނުންވީ އޭނާގެ ވާހަކަ މީހުން ދައްކަން. އޭނާ ބޭނުންވި ކަންތައް އޭނާއަށް ހާސިލުވި. އަހަރެން ގަބޫލުކުރާ ގޮތުގައި އެއީ ވަރަށް ރަނގަޅަށް ކުރި ކަމެއް،" މީޑިއާ އެޖެންސީއަކާ ވާހަކަ ދައްކަމުން ސޯނަމް ބުނެފައިވެ އެވެ.

މީގެ 15 އަހަރު ކުރިން ފެށިގެން ކޭންސް ފިލްމު ފެސްޓިވަލުގައި ބައިވެރިވަމުން އަންނަ އައިޝްވަރިޔާ ވަނީ އެ ފެސްޓިވަލްގައި ދެއްކި ފިލްމެއްގެ ސްކްރީނިން އަށް ދަނބު ކުލައިގެ ލިޕްސްޓިކެއް ޖައްސައިގެން ގޮސް މީޑިއާ އާއި ފެޝަން ޕޮލިސް އަދި ފޭނުން ސިއްސުވާލާފަ އެވެ.

ފެޝަން އާއި މޭކަޕްގެ ހަގީގަތަކީ ގިނަ ބަޔަކު އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކުވަން ކުރާ ކަމެއް. އަދި އޭނަ (އައިޝްވަރިޔާ) ވެސް ބޭނުންވީ އޭނާގެ ވާހަކަ މީހުން ދައްކަން. އޭނާ ބޭނުންވި ކަންތައް އޭނާއަށް ހާސިލުވި. އަހަރެން ގަބޫލުކުރާ ގޮތުގައި އެއީ ވަރަށް ރަނގަޅަށް ކުރި ކަމެއް: ސޯނަމް

އައިޝްވަރިޔާގެ ތުންފަތުގައި ދަނބުކުލަ ޖެއްސުމާއި އެކަމުގެ ސަބަބުން އޭނާއަށް މީހުން ކުރި މަލާމާތާ ދޭތެރޭ ސޯނަމް ދެކެނީ ކިހިނެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ އެކަމުގެ ސަބަބުން ލިބުނު ސަމާލުކަމަށް މިސިޒް. ބައްޗަން އުފާކުރަން ޖެހޭނެ ކަމަށެވެ.

އެއީ އައިޝްވަރިޔާ އިޝްތިހާރުކޮށްދޭ ލޯރިއާލް ބްރޭންޑުން އެދިގެން އެދުވަހު އައިޝްވަރިޔާ ތުންފަތުގައި ޖެއްސި ކުލައެއްކަމަށް އައިޝްވަރިޔާ ބުނެފައިވާ ކަމަށް ނޫސްވެރިއަކު ސޯނަމް ގާތު ބުނުމުން އޭނާ ބުނީ އެދުވަހު ލޯރިއާލްގެ ފަރާތުން އައިޝްވަރިޔާ ބައިވެރިވާން ހަމަޖެހިފައި އޮތްކަން އޭނާއަށް ނޭނގޭ ކަމަށެވެ.

ސޯނަމް ބުނީ އައިޝްވަރިޔާ ދަނބުކުލައިގެ ލިޕްސްޓިކް ޖެއްސުމުން ވަރަށް ރީތިކަމަށެވެ. އަދި އޭނާވެސް މީގެ ކުރިން ދަނބުކުލައާއި ކަޅު ކުލައިގެ ލިޕްސްޓިކް ވެސް ޖެއްސި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އޭނާ ފާހަގަ ނުކުރެވުނު ކަމަށެވެ.

ސޯނަމް މިއަހަރުގެ ކޭންސް ފިލްމު ފެސްޓިވަލުގައި: އޭނާ އެޅި ހެދުމަށް ވެސް ބައެއް މީހުން މަލާމާތްކުރި

ސޯނަމް މިއަހަރުގެ ކޭންސް ފިލްމު ފެސްޓިވަލުގައި: އޭނާ އެޅި ހެދުމަށް ވެސް ބައެއް މީހުން މަލާމާތްކުރި

ހަމަ މި ފިލްމު ފެސްޓިވަލުގައި އޮތް އިވެންޓަކަށް ސޯނަމް އެޅި ސާޅީ ސްޓައިލަށް ހުރި ދިގު ހެދުމަކަށް ވެސް ގިނަ ބަޔަކު ފާޑުކިޔާ މަލާމާތް ކޮށްފައިވެ އެވެ. ނަމަވެސް ސޯނަމް އަކަށް އެކަމުން އެއްވެސް އަސަރެއް ނުކުރެ އެވެ. އޭނާ ބުނީ އެ ހެދުމަކީ އޭނާއަށް އެންމެ ރީތި އެއް ހެދުން ކަމަށާއި ފާޑުކިޔާ މަލާމާތެއް ކުރީ ދެތިން މީހަކު ކަމަށެވެ. އަދި އެފަދަ ކަންތައްތައް ޒާތީކަމެއްގެ ގޮތުގައި ނުދެކޭ ކަމަށާއި އޭނާއަށް އެ ހެދުން ވަރަށް ރީތިކަމަށް ސޯނަމް ބުންޏެވެ.