Roadha Mihaaru
ދުވަހަކު ވެސް ސްކްރިޕްޓެއް ނުކިޔަން: ސަނީ

ފިލްމަކަށް އެއްބަސްވާ އިރު ދުވަހަކު ވެސް ސްކްރިޕްޓެއް ނުކިޔަން: ސަނީ ޑިއޯލް

24 ނޮވެމްބަރ 2018

މިހާތަނަށް ކުޅުނު އެއްވެސް ފިލްމަކަށް އެއްބަސްވީ އޭގެ ސްކްރިޕްޓް ކިޔާފައި ނޫން ކަމަށާއި ފިލްމު އޭނާ އަށް ހުށަހަޅާ މީހަކު ކުޑަ ގޮތަކަށް ވާނުވާ ކިޔައި ދިނުމުން އެ އެއްޗަކާ ގަޔާވާ ނަމަ އެއްބަސް ވަނީ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް ބުނެފި އެވެ. ފިލްމު "ބޭތާބު" އިން 1983 ގައި ބޮލީވުޑަށް ނުކުތް އަދި މިހާރު އުމުރުން 62 އަހަރުގެ އެކްޓަރު ބުނި ގޮތުގައި ސްކްރިޕްޓް ކިޔުމަކީ އޭނާ އެއްގޮތަކަށް ވެސް ގަޔާވާ ކަމެއް ނޫނެވެ. "އަހަންނަށް ފިލްމުގެ ބޭސިކް ސްޓޯރީލައިން ކިޔައި ދިނީމަ ފުދޭނެ. އަހަންނަށް ވަރަށް އުނދަގޫ ކަމެއް ބައިންޑްކޮށްފައި އޮންނަ އެތައް ސޮފުހާއެއްގެ ސްކްރިޕްޓެއް އެތައް ގަޑިއެއް ހޭދަކޮށްގެން ކިޔުމަކީ،" ދެ ފަހަރު ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރު ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދިން އިންޓަވިއުއްގައި ބުންޏެވެ. ސަނީ ބުނި ގޮތުގައި އޭނާ ކުޅެން ފިލްމުތައް ހޮވާ ގޮތަކީ ބައެއް މީހުންނަށް އެހާ ކަމުދާ ގޮތަކަށް ނުވެދާނެ އެވެ. އެކަމަކު އަބަދު ވެސް ބަލަނީ ކޮންމެ ބަޔަކާ އެކު ވެސް ފަސޭހަކޮށް މަސައްކަތްކޮށްލެވޭ މީހެއްގެ ގޮތުގައި ވާން ކަމަށް ބުންޏެވެ. "އަހަންނަކީ އެއް އިރެއްގައި ވެސް އެހާ ގޮތްގަނޑު ބޮޑު، މާ ވަރުގަދަ އެޓިޓިއުޑެއް ވެސް ގެންގުޅޭ މީހެއް ނޫން،" ފިލްމު ކުޅޭތާ 35 އަހަރުވެފައިވާ ސަނީ ބުންޏެވެ. އޭނާގެ ކެރިއަރުގައި މިހާތަނަށް ވަނީ ވަރަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ. ސަނީގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ގާޔަލް"، "ދާމިނީ"، "ގަތަކު، "ޑަރް" އަދި "ގަދަރު: އޭކް ޕްރޭމް ޙަތާ" ހިމެނެ އެވެ. އޭނާ ފާހަގަކޮށްލެވެނީ ވަރުގަދަ އެކްޝަން ހީރޯއެއްގެ ގޮތުގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނަމަވެސް މި ފަހުން ސަނީ ކުޅުނު ހުރިހާ ފިލްމުތަކެއްވީ ފްލޮޕެވެ. އޭގެ ތެރޭގައި "ޕޯސްޓަރު ބޯއި" އާއި ބައްޕަ ދަރުމެންދުރާ އާއި ކޮއްކޮ ބޮބީ ޑިއޯލްއާ އެކު ކުޅުނު "ޔަމްލާ ޕަގްލާ ދީވާނާ: ޕިރް ސޭ" ގެ އިތުރުން މި މަހުގެ 16 ގައި ރިލީޒް ކުރި "މޮހައްލާ އައްސީ" ހިމެނެ އެވެ.

އަދި ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި ސަނީގެ އެންމެ ފަހުގެ ފިލްމު "ބެއްޔާޖީ ސުޕަހިޓް" އަކީ ވެސް ވަރަށް ވަނދު ފީކަޅާ ފިލްމެއްގެ ގޮތުގައި ކްރިޓިކުން ސިފަކޮށްފައިވެ އެވެ.

މި ފަހުން ސަނީގެ ހުރިހާ ފިލްމުތަކެއް ފާލުން ނެއްޓިފައިވާތީ އޭނާގެ ވަފާތެރި ފޭނަކު އާންމު ކުރި ހުޅުވާލެވިފައިވާ ސިޓީއެއްގައި އޭނާގެ އުދާސްތައް ބަންޑުންކޮށްފައިވެ އެވެ. އެ ސިޓީ އާންމު ކުރިތާ ދެތިން ދުވަސް ފަހުން ސަނީ ވަނީ އޭނާ އެންމެ ފަރިތަ ޖޯންރާ ކަމަށްވާ އެކްޝަން ފިލްމަކާ އެކު އަލުން އަންނާނެކަން ހިއްސާ ކޮށްފަ އެވެ.

Sunny Deol ge career kolhah jahai dhayn Rajkumar Santoshi

The most trusted news source in the Maldives

Mihaaru

ސަނީ މި ފަހުން ކުޅުނު ހުރިހާ ފިލްމުތައްވީ ފްލޮޕް.

ސަނީ މިހާރު އަންނަނީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ނެރޭ ފިލްމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އޭނާ ޑައިރެކްޓް ކުރާ ތިން ވަނަ ފިލްމުގެ ގޮތުގައި ގެނެސް ދޭން ނިންމާފައިވާ ފިލްމުގެ ނަމަކީ "ޕަލް ޕަލް ދިލް ކޭ ޕާސް" އެވެ. އެކަމަކު އެ ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.