Roadha Mihaaru
ސަނީގެ ދަރިފުޅަށް ދެވަނަ ފިލްމެއް

ސަނީ ޑިއޯލްގެ ދަރިފުޅު ކަރަން އަށް ދެވަނަ ފިލްމަކުން ފުރުސަތު ލިބިއްޖެ

18 އޯގަސްޓް 2019

އެކްޓަރު ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލްގެ އަލަތު ފިލްމު ރިލީޒްވުމުގެ ކުރިން އޭނާ އަށް ދެވަނަ ފިލްމަކުން ވެސް ފުރުސަތު ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރު ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލްގެ އަލަތު ފިލްމު ރިލީޒްވުމުގެ ކުރިން އޭނާ އަށް ދެވަނަ ފިލްމަކުން ވެސް ފުރުސަތު ލިބިއްޖެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އަންނަ މަހުގެ 20 ގައި ރިލީޒްކުރާ "ޕަލް ޕަލް ދިލް ކޭ ޕާސް" އިން ބޮލީވުޑަށް ތައާރަފުވާ 28 އަހަރުގެ އެކްޓަރަށް ފުރުސަތު ލިބުނީ ޑައިރެކްޓަރު އިންދަރު ކުމާރުގެ ފިލްމަކުންނެވެ. އޭނާ އަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ޓޯޓަލް ދަމާލް" ގެ ޑައިރެކްޓަރެވެ.

ކޮއިމޮއި އިން ބުނީ އިންދަރުގެ ފިލްމެއް ކަރަން އަށް ހުށަހެޅިކަން އޭނާ ކަށަވަރުކޮށްދިން ނަމަވެސް އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން އިންދަރު އަދި ތައްޔާރު ނޫން ކަމަށެވެ. އެކަމަކު ކަރަންގެ އަލަތު ފިލްމު ރިލީޒްވުމާ އެކު، ބޮޑި ބަޖެޓަކުން ހަދާ އެ ފިލްމުގެ އޭނާ އިއުލާން ކުރާނެ ކަމަށް ބުންޏެވެ.

ކަރަން ބޮލީވުޑަށް ނެރޭ ފިލްމު "ޕަލް ޕަލް ދިކް ކޭ ޕާސް" އަކީ ބައްޕަ ސަނީ ޑައިރެކްޓްކޮށްފައިވާ ލޯބީގެ ފިލްމެކެވެ. މި ފިލްމުން ފެންނާނީ ވެސް އާ ބަތަލާއެކެވެ. އެއީ ސަހެރް ބާމްބާ އެވެ.

ސަނީ ބުނި ގޮތުގައި ބެލުންތެރިން އޭނާ އަށް ދިން ލޯތްބާއި ތާއީދު ކަރަން އަށް ދޭނެ ކަމަށް އުންމީދު ކުރެ އެވެ. އަދި "ޕަލް ޕަލް ދިލް ކޭ ޕާސް" އަކީ ބެލުންތެރިން ގަޔާވާނެ ކަހަލަ ފިލްމަކަށް ހަދަން ވަރަށް މަސައްކަތްކޮށްފައި ހުންނާނެ ކަމަށް ވެސް ބުންޏެވެ.