25 ނޮވެމްބަރ 2018
ޕްރައިވެޓް ކުންފުނިތަކުގެ މެދުގައި ކޯޕަރޭޓް ގަވަނަންސް ކުރިއެރުވުމުގެ މަގުސަދުގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އަދި ކޯޕަރޭޓް މޯލްޑިވްސް ގުޅިގެންް އެވޯޑެއް ދިނުމަށް ހަމަޖައްސައިފި އެވެ.
ޕްރައިވެޓް ކުންފުނިތަކުގެ މެދުގައި ކޯޕަރޭޓް ގަވަނަންސް ކުރިއެރުވުމުގެ މަގުސަދުގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އަދި ކޯޕަރޭޓް މޯލްޑިވްސް ގުޅިގެންް އެވޯޑެއް ދިނުމަށް ހަމަޖައްސައިފި އެވެ.
އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު "ދަ ސީޖީ އެފަޓްސް އެވޯޑް" ނަމުގައި ދޭ އެވޯޑަކީ ގޯލްޑް 100 ލިސްޓްގައި ހިމެނޭ ކުންފުނިތަކުގެ ތެރެއިން 'ލިސްޓަޑް' އަދި 'ނޮން ލިސްޓަޑް' ކެޓެގަރީ އަށް ބަހާލައިގެން ދިނުމަށް ރާވާފައިވާ އެވޯޑެއް ކަމަށް ސީއެމްޑީއޭއިން ބުންޏެވެ.
ކޯޕަރޭޓް ގަވަނަންސްއަކީ ހަރުދަނާ ގޮތެއްގައި ކުންފުނިތަކުގެ ހިންގުމާއި ބެލެހެއްޓުން ބައްޓަންކުރުމުގެ ބޭނުމަށް އެކުލަވާލެވޭ ވަކި އުސޫލުތަކަކާއި ގަވާއިދުތަކެއްގެ މައްޗަށް ބިނާވާ ނިޒާމެކެވެ. އަދި އޭގެ ބޭނުމަކީ ކުންފުނިތަކުގެ ބޯޑު ޑައިރެކްޓަރުން ޒިންމާދާރު ކުރުވުމާއި، ބޯޑުގައި ހަމަހަމަކަން ގާއިމުކުރުމުގެ އިތުރުން މައުލޫމާތު ހާމަކުރުމުގެ ސަގާފަތް ވަރުގަދަ ކުރުން ކަން ސީއެމްޑީއޭއިން ފާހަގަ ކުރި އެވެ. ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ހިންގުން ހުއްޓުވުމަށްޓަކައި މިފަދަ ނިޒާމެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ސްޓޭކްހޯލްޑަރުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކޯޕަރޭޓް ގަވަނަންސްގެ ނިޒާމަށް އަމަލުކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ސީއެމްޑީއޭ އިން ބުނެ އެވެ.
ސީއެމްޑީއޭ އިން ވަނީ ކޯޕަރޭޓް ގަވަނަންސްގެ މައިގަނޑު އަސާސްތަކުގެ މައްޗަށް ބިނާކޮށް "ސީއެމްޑީއޭ ކޯޕަރޭޓް ގަވަނަންސް ކޯޑް"ގެ ނަމުގައި ކޯޑެއް ތައާރަފް ކޮށްފަ އެވެ. އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކޮށްފައިވާ ކުންފުނިތައް ދަނީ އެ ކޯޑަށް އަމަލު ކުރަމުންނެވެ. މީގެ އިތުރުން، ކޯޕަރޭޓް ގަވަނަންސް ކޯޑަށް އަމަލުކުރުމަށް ޝައުގުވެރިވާ ޕްރައިވެޓް ސެކްޓާ ކުންފުނިތަކުން ލާޒިމް ކަމެއްނެތި އަމިއްލަ އަށް އިސްނަގައިގެން ކޯޑަށް އަމަލުކުރުމަށް އޮތޯރިޓީގައި ރަޖިސްޓަރީކުރުމާއި، ކުންފުނީގެ ގަވަނަންސް ނިޒާމު އެކުލަވާލައި ތަންފީޒުކުރުމުގެ ކަންކަމުގައި އޮތޯރިޓީގެ އެހީތެރިކަން ކުންފުނިތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހި މިހާރު ވެސް އަންނަނީ ކުރިއަށެވެ.
ސީއެމްޑީއޭއިން ބުނި ގޮތުގައި އެވޯޑަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ނޮވެމްބަރު 30ގެ މެންދުރު 2:00 ގެ ކުރިންނެވެ. އަދި އެޕްލިކޭޝަން ފޯމް ބޭނުންވާ ފަރާތްތަކުން ސީއެމްޑީއޭގެ ވެބްސައިޓް މެދުވެރިކޮށް ޑައުންލޯޑް ކުރުމުގެ ފުރުސަތު އޮތް ކަމަށް އެ އިދާރާއިން ބުނެ އެވެ.
އިންވެސްޓާސް ވީކްގެ ހަރަކާތްތައް ސީއެމްޑީއޭއިން ފަށައިފި
ފަސްޓް ނޭޝަނަލުން އިންވެސްޓްމަންޓް ފަންޑެއް ހުޅުވާލައިފި
ޕްރައިވަޓައިޒް ކުރުން ރަނގަޅީ ކެޕިޓަލް މާކެޓްގައި
އާންމު ހިދުމަތްދޭ އިދާރާތަކަށް ބޮންޑު ވިއްކުމުގެ ފުރުސަތެއް!
ކެޕިޓަލް މާކެޓަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނަނީ
ރާއްޖޭގެ ފުރަތަމަ ކެޕިޓަލް މާކެޓް ފޯރަމް ފަށައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޕިޓަލް މާކެޓް ފޯރަމެއް
ޝަރީއާ ކައުންސިލަށް ކުރިމަތިލާން ހުޅުވާލައިފި
އެމްޕީއެލްގެ ބޮންޑުން މަސް ދުވަހުން 50 މިލިއަން
ސްކީމްތަކުން ގެއްލުންވާ މީހުން ޝަކުވާ ހުށަހަޅަން އެދެފި