18 އޯގަސްޓް 2016
"އިންތިގާލީ މަގަށް ރާއްޖެ" ނަމުގައި އެމްޑީޕީ އާއި އިދިކޮޅު ބައެއް ފަރާތްތަކުން ގުޅިގެން މާދަމާ ހަވީރު މާލޭގެ މަގުތަކުގައި ހިނގާލުން ކުރިއަށް ގެންދަން ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
"އިންތިގާލީ މަގަށް ރާއްޖެ" ނަމުގައި އެމްޑީޕީ އާއި އިދިކޮޅު ބައެއް ފަރާތްތަކުން ގުޅިގެން މާދަމާ ހަވީރު މާލޭގެ މަގުތަކުގައި ހިނގާލުން ކުރިއަށް ގެންދަން ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިދިކޮޅު އިއްތިހާދުގެ ހިނގާލުން މާދަމާ އޮންނާނެ ކަމަށް އިޝްތިހާރުކުރަމުން ދަނިކޮށް ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މަގުތައް ތޮއްޖެހުމުން ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައި ހިނގާ މީހުންނަށާއި ދުއްވާއެއްޗިއްސަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅަމުންދާ ކަމަށެވެ. އެހެންވެ އާއްމުންނަށް އުނދަގޫވާގޮތަށް މަގުތައް ބަންދުކޮށްގެން، މަގުމަތީ ހަރަކާތްތައް ހިންގަން އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދޭނެ ކަމަށް ބަޔާނުގައިވެ އެވެ.
ފުލުހުންގެ އެންގުމާ ހިލާފުވެ މަގުތަކުގައި އެއްވެސް ހަރަކާތެއް ކުރިއަށް ގެންދާނަމަ އެކަން ހުއްޓުވަން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މާލޭގެ ބައެއް މަގުތައް ބަންދުކޮށްގެން ހިނގާލުންތަކާއި އެއްވުންތަކާއި އެހެންވެސް ހަރަކާތްތައް ހިންގަން ބޭނުންވާ މީހުން ފުލުހުންނަށް ހުށަހަޅަމުން އަންނަ ކަމަށެވެ.
"މާލޭގެ މަގުތަކަކީ ކާރުބާރުބޮޑު މަގުތަކަކަށް ވެފައި ގިނަ ވަގުތުތަކަކަށް މަގުތައް ބަންދުކުރުމުން ހިނގާ ބިނގާވާ މީހުންނާއި ޒަރޫރީ ބޭނުންތަކަށް އެއް ތަނުން އަނެއް ތަނަށް ދަތުރުކުރާ މީހުންނާއި މަގުމަތީގައި ކުރެވޭ ދަތުރުތައް ހުއްޓި އެތައް ބައެއްގެ ހައްގު އޭގެ ސަބަބުން ގެއްލިގެންދާތީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމާފައި ވަނީ އެފަދަ ހަރަކާތްތައް މަގުމަތީގައި ހިންގަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދިނުމަށެވެ،" ބަޔާނުގައިވެ އެވެ.
ހާއްސަ ގޮތެއްގައި ހަފުތާ ބަންދު ދުވަސްތަކަކީ ގިނަ ބަޔަކު ރަހުމަތްތެރިންނާއި ގާތްތިމާގެ މީހުންގެ ގާތަށް ޒިޔާރަތްކޮށް ހިތްހަމަޖައްސާލަން މަގުތަކަށް ނިކުންނަ ދުވަހެއް ކަމުން މަގުތަކަށް ބާރުބޮޑުވެއްޖެ ނަމަ އާއްމުންނަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
މަގުތަކުގައި އެއްވެސް ހަރަކާތެއް ކުރިއަށް ގެންދަން ފުލުހުން ފުރުސަތު ނުދޭއިރު ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމަނަން ހުށަހެޅި އިސްލާހު ވަނީ ފާސްކޮށްފަ އެވެ. މި އިސްލާހު ފާސްކުރިއިރު "އެއްވެސް ފަރާތެއްގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު ކޮންމެ މީހަކަށް ވެސް އެއްވެ އުޅުމުގެ ހައްގު ލިބިގެންވާ" ކަމަށް ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ލިއެފައިވެ އެވެ.
މުޒާހަރާ އިން ހައްޔަރު ކުރި އަމީތު ދޫކޮށްލައިފި
"ގާނޫނާ އެއްގޮތަށް ހިންގާ ހަރަކާތަށް ހުރަހެއް ނާޅާނެ"
އިދިކޮޅު ޖަލްސާއަށް ފަނޑިޔާރުމަގު ބަންދުކޮށްދޭން އެދެފި
"އިދިކޮޅު ހަރަކާތުން އުނދަގޫވޭ، ފުރުސަތެއް ނުދެވޭނެ"
އެއްވެ އުޅުމުގެ ހައްގު ފުލުހުންގެ "މުށުތެރޭގައި!"
ފުލުހުން ވޯޓު ގުނީކަމަށް ބުނެ ކުރީ ފުރައްސާރަ: ރިޔާޒް
ޔާމީންގެ ރައްދު: ފުލުހުން ފޮނުވިން، އެއީ ވޯޓުގުނަން!
ހާލަތު ގޯސްވާތީ ޕީޕީއެމުން މުޒަހަރާ ނުފަށަން ނިންމައިފި
ނަވާނަވައިގެ އެއްވުން ރޫޅާލުމުން ހިތްހަމަނުޖެހުން
ބޮންޑޭއަށް އަނިޔާކުރި ވީޑިއޯ މަޖިލީހުގައި ދައްކައިފި