ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބެހޭ ގޮތުން ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ޕީޕީއެމްގެ މަޖިލިސް ދެ މެމްބަރަކު ދެއްކެވި ވާހަކަތައް ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ހިލާފުނުވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.
26 މެއި 2016
ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބެހޭ ގޮތުން ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ޕީޕީއެމްގެ މަޖިލިސް ދެ މެމްބަރަކު ދެއްކެވި ވާހަކަތައް ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ހިލާފުނުވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.
އެ ކޮމިޝަނުން ބުނީ މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ޗެނަލް 13 އިން ދެއްކި "ނިއުސް ޓޯކް" ޕްރޮގްރާމްގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު، އެމްޑީޕީ އާއި ނަޝީދާ ބެހޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތައް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ހުށަހެޅި މައްސަލަ ބެލިއިރު، ނަޝީދުގެ މައްޗަށް ތުހުމަތުތަކެއް މެމްބަރުން ކުރެއްވި ނަމަވެސް ކަމެއް ހިނގާފައި އޮތް ގޮތެއް ހާމަކުރުމަށް ޝަރުއީ ކޯޓުތަކުގެ ހުކުމަށް ރިއާޔަތްކޮށް އިބާރާތްތައް ބޭނުން ކުރެވޭނެ ކަމަށެވެ.
އެ ބަޔާނުގައި ވަނީ ޗެނަލް 13ގެ ކޮންޓެންޓްގައި ގެނެސްދިން ވާހަކަތައް، ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވާ މިންވަރަށް ހުރި ކަމަށް ބެލެން ނެތް ކަމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބެލީ އިދިކޮޅު އެމްޑީޕީން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އައީ "ޒުވާނުންނަށް މަސްތުވާތަކެތީގެ ވަބާގެ ދަޅަ ދައްކައިގެން ރާ ބޮވޭނެ ގޮތްތަކެއް މަގު ފަހިކޮށްދޭނެ ކަމަށް ބުނެ މިކަހަލަ ވަރަށް އެހެން ކަހަލަ ނުލަފާ ޖައްބާރު ވިސްނުންތައް" މިހެން ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.
ރައީސުންނަށް ހުތުރު ނަން ކިޔުން ނަޝީދަށް ވަރިހަމަ
ރައީސަށް ވަގަށް ގޮވާ ލަވަ ނުދައްކަން އަންގައިފި
ޗެނަލް13 ގެ ޕްރޮގްރާމެއްގެ މައްސަލަ ބަލަނީ
ޗެނަލް 13 މާފަށް އެދެން ބްރޯޑްކޮމްއިން އަންގައިފި
ޖަވާބުދާރީވާން ޗެނަލް13 އަށް ދެވަނަ ފުރުސަތެއް ދީފި
ބްރޯޑްކޮމްއަށް ޖަވާބުދޭން ޗެނަލް-13 އުޒުރުވެރި ވެއްޖެ
ޖިންސީ ގޯނާ: ޗެނަލް13ގެ މައްސަލަ ބަލަން ފަށައިފި
ޝަރީފްގެ އަބުރަށް އަރައިގަތުމުން މާފަށްއެދެން އަންގައިފި
ޗެނަލް 13 އަށް ބްރޯޑްކޮމް އިން އިންޒާރު ދީފި
ޗެނަލް 13 އަށް ފިޔަވަޅު އަޅައިދިނުމަށް ބްރޯޑްކޮމްއަށް