Roadha Mihaaru
ސޯޝަލް މީޑިއާގެ ގެއްލުން ބޮޑީ އަންހެން ކުދިންނަށް

ސޯޝަލް މީޑިއާގެ ގެއްލުން ބޮޑީ އަންހެން ކުދިންނަށް

09 ޖެނުއަރީ 2019

ސޯޝަލް މީޑިއާ އަށް ދެވިހިފާފައިވާ ފުރާވަރު ކުދިންގެ ތެރެއިން އޭގެ ގެއްލުން ބޮޑީ ފިރިހެން ކުދިންނަށް ވުރެ އަންހެނުން ކުދިންނަށް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޯޝަލް މީޑިއާ އަށް ދެވިހިފާފައިވާ ފުރާވަރު ކުދިންގެ ތެރެއިން އޭގެ ގެއްލުން ބޮޑީ ފިރިހެން ކުދިންނަށް ވުރެ އަންހެނުން ކުދިންނަށް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އީކްނިކަލް މެޑިސިން ޖާނަލްގައި ޝާއިއުކޮށްފައިވާ ކޮލެޖް ލަންޑަން ޔުނިވަސިޓީގެ ދިރާސާގައި ބުނި ގޮތުގައި އެއް އުމުރުފުރާގެ ދެ ޖިންސްގެ ކުދިންނަށް ބަލާއިރު، އިންސްޓަގްރާމާއި ސްނެޕްޗެޓް ކަހަލަ ފްލެޓްފޯމްތަކަށް ދެވިހިފާ އަންހެން ކުދިންނަށް ކުރިމަތިވި ސިއްހީ މައްސަލަތައް ގިނަ އެވެ.

އެގޮތުން 14 އަހަރުގެ އަންހެން ކުދިންނަށް ސޯޝަލް މީޑިއާގެ ސަބަބުން ޑިޕްރެޝަން ފަދަ ނަފުސާނީ މައްސަލަތައް ކުރިމަތި ކުރުވާ ކަމަށް ބުންޏެވެ. ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް ގިނަވެގެން ފަސް ގަޑިއިރަށް ވުރެ ގިނަ ވަގުތު ސޯޝަލް މީޑިއާ އަށް ގެއްލިފައި ތިބޭ އަންހެން ކުދިންނަށް ޑިޕްރެޝަން ހުށަހެޅުމުގެ ފުރުސަތު 50 ޕަސަންޓްގައި ހުރި އިރު، ފިރިހެން ކުދިންގެ ނިސްބަތް އުޅެނީ 35 ޕަސަންޓްގަ އެވެ.

"މިއީ ހަގީގަތުގައި ވެސް ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހޭ އަދި ނުރައްކާތެރި ކަމުގެ ވަރަށް ވަރުގަދަ ސިގްނަލެއް،" ދިރާސާ ޓީމުގައި ބައިވެރިވި ވޮން ކެލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުރާވަރުގެ ކުދިން ސްމާޓްފޯނަށް އަޅުވެތިވެ ތަފާތު އެކި ކަހަލަ ސޯޝަލް މީޑިއާ ފްލެޓްފޯމްތަކުގެ ދުނިޔެ އަށް ގެއްލި ހަލާކުވުމުގެ ކުރިން ބެލެނިވެރިން ވެސް މިކަމާ ދޭތެރޭ މިހާރަށް ވުރެ ބޮޑަށް ސަމާލުވާން ޖެހެ އެވެ.

އަދި ދަރިން އަތަށް ފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތައް ކޮންޓްރޯލެއް ނެތި ދޫކޮށްލުމަކީ ހީވެސް ނުކުރާ ވަރުގެ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ކަމަށް ކެލީ ވިދާޅުވި އެވެ.

ފުރާވަރުގެ ފިރިހެން ކުއްޖަކު ފޯނާ އެކު.

ފުރާވަރުގެ ފިރިހެން ކުއްޖަކު ފޯނާ އެކު.

ދިރާސާގައި ބުނީ ސޯޝަލް މީޑިއާގެ ދުނިޔެ އަށް ގެއްލޭ ގިނަ ކުދިންނަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި އަމިއްލަ ނަފުސަށް އޮންނަ އިތުރު ގެއްލިގެން ދިއުމާއި އެކަނިވެރިކަމާއި އެކަހެރިކަން އިހުތިޔާރު ކުރެވި، އަމިއްލަ އުފާތައް ވެސް ގެއްލިގެން ދިއުން ހިމެނެ އެވެ.

މީގެ އިތުރުން ސައިބާ ބުލީ އާއި ނިދި މަދުވުން ފަދަ ކަންކަމަކީވެސް ކުރިމަތި ވާނެ ކަންކަމެވެ. މިފަދަ މައްސަލަތައް ކުރިމަވުމުގެ ނަތީޖާއަކީ ޑިޕްރެޝަން ކަހަލަ ނަފުސާނީ ބޮޑެތި އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހުން ކަމަށް ބުންޏެވެ.

އެހެންވެ އޭގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިއްމު ކަމަށް ދިރާސާގައި ބުންޏެވެ.