Roadha Mihaaru
ރާއްޖޭގެ އަމާޒަކީ އިއާދަކުރަނިވި ހަކަތަ: ރައީސް

ރާއްޖޭގެ އަމާޒަކީ އިއާދަކުރަނިވި ހަކަތަ: ރައީސް

15 ޖެނުއަރީ 2019

ރާއްޖެ އިން މަސައްކަތް ކުރާނީ އިއާދަކުރަނިވި ހަކަތަ އަށް އަމާޒުކޮށްގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އިން މަސައްކަތް ކުރާނީ އިއާދަކުރަނިވި ހަކަތަ އަށް އަމާޒުކޮށްގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ އެނާޖީ މިނިސްޓަރު ސުހައިލް މުހައްމަދު ފަރަޖް އަލް މަޒްރޫއީގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެ ބައްދަލުވުމުގައި ޔޫއޭއީގެ އެނާޖީ މިނިސްޓަރު ވިދާޅުވީ އިއާދަކުރަނިވި ހަކަތަ އުފައްދަން އިސްނަގައިގެން ކުރާ އެފަދަ މަސައްކަތްތަކަށް އެ ގައުމުން އެހީވާން ތައްޔާރު ކަމަށެވެ. އަދި އެގައުމުގެ އެހީއާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އިއާދަކުރަނިވި ހަކަތައިގެ ބޮޑެތި މަޝްރޫއުތަކުގެ ވާހަކަ އޭނާ ރައީސް އަށް ވިދާޅުވެ ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އެވެ. އެއާއެކު އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ހިންގަން ރާއްޖެ އަކީ ފަހި ގައުމެއް ކަމަށް އެނާޖީ މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔޫއޭއީ އަށް ވަޑައިގަތީ އެ ގައުމުގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ އޮފް އާމްޑް ފޯސަސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށެވެ. ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގަތެވެ.