Roadha Mihaaru
ކެމިކަލް ލީކުވުމުން ހެލްތު މިނިސްޓްރީ ހުސްކޮށްފި

ކެމިކަލެއް ލީކުވުމުން ހެލްތު މިނިސްޓްރީ ހުސްކޮށްފި

15 ޖެނުއަރީ 2019

ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގާ އިންވެގެން ހުރި ގުދަނެއްގައި ބަހައްޓާފައިވާ، މަދިރި ކޮންޓްރޯލް ކުރާ ދެ ބޭސްފުޅިއެއް (އެއް ލީޓަރުގެ މެލަތައޯން) ތަޅައިގެން ގޮސް ލީކްވުމާ ގުޅިގެން އެ އިމާރާތުން މިއަދު މީހުން ހުސްކޮށްފި އެވެ.

ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގާ އިންވެގެން ހުރި ގުދަނެއްގައި ބަހައްޓާފައިވާ، މަދިރި ކޮންޓްރޯލް ކުރާ ދެ ބޭސްފުޅިއެއް (އެއް ލީޓަރުގެ މެލަތައޯން) ތަޅައިގެން ގޮސް ލީކްވުމާ ގުޅިގެން އެ އިމާރާތުން މިއަދު މީހުން ހުސްކޮށްފި އެވެ.

ސޯސަން މަގުގައި ހުންނަ ރޯޝަނީ ބިލްޑިންގްގެ ގުދަނުގައި އުކައިލުމަށްޓަކައި ބަހައްޓާފައި ހުރި މަދިރި ބޭސް ފުޅިތަކެއްގެ ތެރެއިން ފުޅިއެއް ފަޅައިގެން ގޮސް އެއިން ލީކްވުމާ ގުޅިގެން އެ ސަރަހައްދަށް އޭގެ އަސަރު ވަނީ ކޮށްފަ އެވެ.

އެމްއެންޑީއެފުން ބުނީ، އެ މަދިރި ބޭސްތަކަކީ މުއްދަތު ހަމަވުމާ ގުޅިގެން، ތިލަފުއްޓަށް ގެންދިއުމަށްޓަކައި ބަހައްޓާފައި ހުރި އެއްޗެހިތަކެއް ކަމަށެވެ.

ހެލްތު މިނިސްޓްރީން މަދިރި ބޭސްފުޅިއެއް ފަޅައިގެން ދިއުމާ ގުޅިގެން މާސްކް އަޅައިގެން ތިބި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ހެލްތު މިނިސްޓްރީން މަދިރި ބޭސްފުޅިއެއް ފަޅައިގެން ދިއުމާ ގުޅިގެން މާސްކް އަޅައިގެން ތިބި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"މިހާރު ބޭސްފުޅިތައް ނައްތައިލަން ތިލަފުއްޓަށް ގެންދިއުމަށް ފަޔާ ޓީމް ދަނީ މަސައްކަތް ކުރަމުން،" އެމްއެންޑީއެފުން ބުންޏެވެ.

މަދިރި ބޭސް ލީކުވުމާ ގުޅިގެން ދެ މީހަކު ހޭނެތިގެން ހޮސްޕިޓަލަށް ވެސް ގެންދިޔަ ކަމަށް ވެ އެވެ. އަދި ރޯޝަނީ ބިލްޑިންގްގެ އިތުރުން ކައިރީގައި ހުރި މަޖީދިއްޔާ ސްކޫލްގެ ބައެއް ކްލާސްތަކުގެ ދަރިވަރުން ކްލާހުން ބޭރުން ނެރުނު ކަމަށް ބައެއް ބެލެނިވެރިން ބުންޏެވެ.

އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަދިރި ބޭހުގެ އަސަރު މަޖީދިއްޔާ ސްކޫލަށް ކޮށްފައި ނުވާ ކަމުގެ ޔަގީންކަން އެމްއެންޑީއެފުން ދީފައިވާ ކަމަށެވެ. އަދި އެ ސްކޫލްގައި އާދައިގެ މަތިން ކިޔެވުން ކުރިއަށް ގެންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 11 ޖަހާކަން ހާއިރު ހިނގި ހާދިސާއާ ގުޅިގެން، ހެލްތު މިނިސްޓްރީގެ ބައެއް މުވައްޒަފުން ނޭވާލާން އުނދަގޫވުމާއި ހޮޑުލެވުމާއި އަނބުރައިގަތުން ފަދަ އަލާމާތްތައް ފެނުމުން ފަރުވާ ދީފައިވާ ކަމަށެވެ.

މަދިރި ބޭސް ލީކްވުމާ ގުޅިގެން އެޗްޕިއޭ އިން ނެރުނު ބަޔާން

"މެލަތިއޯންގެ އަސަރު ކުޑަކުރުމަށްޓަކައި، މި ހާދިސާ ހިނގި ސަރަހައްދުގައި މަޑުނުކުރުމަށާއި މި ސަރަހައްދުގެ ގޭގެގޭ ފަރާތްތަކުން ވެސް ވަސް މުޅިން ކެނޑެންދެން ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން މުހިންމެވެ،" އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ވެ އެވެ.

މެލަތިއޯންގެ ވަސް ޖެހުމުން ކުރާނެ އަސަރުތައް:

- ކެއްސައި ނޭވާލާން އުނދަގޫވުން

- ލޮލުން ފެން އައުމާއި ފުސްވުން

- ބޮލުގައި ރިއްސައި ބޯ އެނބުރުން

- މޭނުބައިކޮށް ހޮޑުލެވުން