18 ޖެނުއަރީ 2019
ޕްލާސްޓިކް ކޮތަޅާއި ތިމާވެއްޓަށް ގެއްލުން ހުރި އެކި ބާވަތްތައް މޫދާއި ކަނޑަށް ނާޅާށޭ ކިޔަނީ އެއީ ވަރަށް ބޮޑު ކަމެއް ވީމަ އެވެ. ޕްލާސްޓިކަކީ ކަނޑުގެ ދިރުންތަކުގެ ހަލާކެވެ.
ޕްލާސްޓިކް ކޮތަޅާއި ތިމާވެއްޓަށް ގެއްލުން ހުރި އެކި ބާވަތްތައް މޫދާއި ކަނޑަށް ނާޅާށޭ ކިޔަނީ އެއީ ވަރަށް ބޮޑު ކަމެއް ވީމަ އެވެ. ޕްލާސްޓިކަކީ ކަނޑުގެ ދިރުންތަކުގެ ހަލާކެވެ.
މި ފަހުން ބަޔަކު ބޭނި މަސްތަކެއް ކެނޑި އިރު، އެ މަސްތަކަށް ހުރީ ޕްލާސްޓިކް ކެވިފަ އެވެ. ސީލެއްގެ ބޮލުގައި ޕްލާސްޓިކް ކޮތަޅެއް އެޅިފައި އިން ފޮޓޯއެއް ސޯޝަލް މިޑިއާގައި ދައުރުވާން ފެށުމުން އަނެއްކާ ވެސް ހަމަ ދާން ޖެހެނީ ކުރީގެ ބަހުސަށެވެ. މޫދަށް މިފަދަ އެއްޗެހި ނާޅާ ނަމަ މިފަދަ ހާދިސާތަކެއް ނުހިނގާނެ އެވެ.
މާޓީން ކެނަން އާއި ރައްޓެހިންތަކެއް އިނގިރޭސިވިލާތުގެ ޑެވޯންގް ބްރިޒަމް ބަނދަރުމަތީގައި ތިއްބައި އެ މީހުންނަށް ފެނުނީ ބޮލުގައި ޕްލާސްޓިކް ކޮތަޅެއް އެޅިފައި އޮތް ސީލްއެއް މޫދުގައި ސަލާމަތް ވާން މަސައްކަތް ކުރަނިކޮށެވެ. އެހެންވެ ވަގުތުން އެ މީހުން ނެގީ ފޮޓޯއެކެވެ. ބޭނުމަކަށްވީ އެ ފޮޓޯ ކަމާބެހޭ ފަރާތްތަކާ ވެސް ހިއްސާކޮށް، އާންމުންގެ ސަމާލުކަމަށް މިކަން ގެނައުމެވެ.
މާޓީން ބުނި ގޮތުގައި އެ މީހުން ބަލަން ތިއްބައި ނަސީބު ދިމާކުރި ގޮތުން ސީލް އަމިއްލަ އަށް ޕްލާސްޓިކް ކޮތަޅުން ސަލާމަތްވި އެވެ. އެކަމަކު އަނެއްކާ ވެސް ކަންބޮޑުވުމަކަށްވީ އެ ކޮތަޅު ދެން ވެސް އެހެން އެއްޗެއްގެ ފުރާނަ އަށް ނުރައްކަލަކަށް ވެދާނެތީ އެވެ.
މާޓީންގެ ފޮޓޯ ދެން ހިއްސާ ކުރީ އިނގިރޭސިވިލާތުގެ ޓޯރް ބޭ ހާބާ އޮތޯރިޓީ އެންޑް ބީޗެސްއާ އެވެ. އެތަނުން ވަނީ އެ މީހުންގެ ފޭސްބުކް ޕޭޖްގައި ފޮޓޯ ހިއްސާކޮށް ކުނި މޫދަށް އެޅުމުން ހުރި ނުރައްކަލުގެ މަތިން ހަނދާންކޮށް ދީފަ އެވެ. އަދި ވެށީގެ ހިމާޔަތުގައި ފަރުދީ ޒިންމާ އަދާކުރަން ވެސް އެތަނުން ނަސޭހަތްތެރިވެފައިވެ އެވެ.
ޓޯރް ބޭ ހާބާ އޮތޯރިޓީ އެންޑް ބީޗެސްގެ ޕޯސްޓް.
މިއަށް ގިނަ ބަޔަކު ކޮމެންޓް ކުރި މީހުންގެ މެދުގައި ބޮޑު ބަހުސެއް ހިނގާފައިވާ އިރު، ގިނަ ބަޔަކު ވަނީ މޫދަށް ޕްލާސްޓިކް އަޅާ މީހުންނަށް ހަރުކަށި އަބަދު ދޭން ގޮވާލައިފަ އެވެ. އަދި މިއީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި މިފަދަ ކަންކަން ކުރުމުން ދުރުހެލި ވާން ޖެހޭ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
މި ފޮޓޯ ބަހުސަކަށް ވުމުން މާޓީން ހުރީ ހިތްހަމަޖެހިފަ އެވެ. އެކަމަކު އޭނާ ވެސް ދެކެން ބޭނުންވާ ބަދަލަކީ ޕްލާސްޓިކް ކޮތަޅަށް މީހުން ނޫނެކޭ ބުނުމެވެ.
އިނގިރޭސިވިލާތަކީ މިހާރު ވެސް ޕްލާސްޓިކާ ދެކޮޅަށް ގައުމީ ފެންވަރުގައި ކެމްޕޭންތައް ހިންގަމުން އަންނަ ގައުމެކެވެ.
ޖަރުމަނުގައި ވެސް ޕްލާސްޓިކް ކޮތަޅު މަނާކުރަނީ
ކޮތަޅު ބޮނޑިން ޓެކްސް އިސްތިސްނާކުރަން ދެކޮޅު!
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ޕްލާސްޓިކް ދިރާސާތަކުން ހައިރާންވާ ވަރުގެ އަދަދެއް!
ސުޕާރީ ޕެކެެޓު އެތެރެކުރުން މިއަދުން ފެށިގެން މަނާ
ޕްލާސްޓިކްގެ ބާވަތްތައް މަނާކުރާ ތާރީހު ފަސްކުރަނީ
އިންސާނުންނާ ހެދި ކަނޑުގެ އަޑު ވެސް ތަޣައްޔަރުވަނީ
ޖޫސްބޯ ޕްލާސްޓިކް ހޮޅި އާއި ކަފަބުރު ޔޫކޭގައި މަނާކޮށްފި
ޕްލާސްޓިކްގައި ޕެކްކުރުން ލެގޯ އިން ހުއްޓާލަނީ
2040 އަށް 1.3 ބިލިއަން ޓަނުގެ ޕްލާސްޓިކް ކުނި