އެކި ކުށްތައް ސާބިތުވެ ދިގު މުއްދަތެއްގެ ޖަލުހުކުމެއްގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފަރުވާ ދޭން ހޮސްޕިޓަލުގައި ބޭއްވުމަށް ފަހު، ޖަލަށް ގެންދިޔައީ ހޮސްޕިޓަލުން ދޫކޮށް ނުލަނީސް ކަމަށް އާއިލާއިން ތުހުމަތު ކޮށްފި އެވެ.
21 ޖެނުއަރީ 2019
އެކި ކުށްތައް ސާބިތުވެ ދިގު މުއްދަތެއްގެ ޖަލުހުކުމެއްގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފަރުވާ ދޭން ހޮސްޕިޓަލުގައި ބޭއްވުމަށް ފަހު، ޖަލަށް ގެންދިޔައީ ހޮސްޕިޓަލުން ދޫކޮށް ނުލަނީސް ކަމަށް އާއިލާއިން ތުހުމަތު ކޮށްފި އެވެ.
އަދީބު އާއިލާއިން މިިއަދު ނެރުނު ބަޔާނުގައި ތުހުމަތުކޮށްފައި ވަނީ ހޮސްޕިޓަލުން ޑިސްޗާޖްކޮށްފައިވާ ކަމަށް ބުނެ، ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އަދީބު އޮންނެވި ކޮޓަރިއަށް ވަދެ ހަރުކަށި އިބާރާތުން ވާހަކަ ދެއްކި އިރު ޑިސްޗާޖް ސަމަރީ ވެސް އެ އޮފިސަރުންގެ އަތުގައި ނެތް ކަމަށެވެ. އަދީބު ހޮސްޕިޓަލުން ޑިސްޗާޖްކުރިކަން އާއިލާއަށް އޭރު ނުވެސް އިނގޭ ކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
ނަމަވެސް ކަރެކްޝަނަލް ސާވިސްގެ ސީނިއާ ޕްރިޒަންސް އޮފިސަރު އަހުމަދު ލުގްމާން ވިދާޅުވީ އެއީ ދޮގެއް ކަމަށެވެ.
"އެއީ ކަނޑައެެޅިގެން ދޮގެއް، އަޅުގަނޑުމެން އޭނާ ޖަލަށް ގެންދިޔައީ ހޮސްޕިޓަލުން ޑިސްޗާޖް ކުރީމާ،" އޭނާ ވިދާޅުވި އެވެ.
އަދީބުގެ އާއިލާއިން ނެރުނު ބަޔާނުގައި ކަރެެކްޝަނަލް ސާވިސްގެ ބައެއް އޮފިސަރުންގެ ނަން ހާމަކޮށް، އެ އޮފިސަރުން ހަރުކަށިކަމާ އެކު އަދީބާއި އާއިލާއާ މެދު އަމަލުކުރި ކަމަށް ތުހުމަތުތައް ކޮށްފައިވެ އެވެ. އެގޮތުން ބުނެފައި ވަނީ އޮފިސަރުން ހަރުކަރިކަން ދެއްކި އިރު ޖަލަށް ވަޑައިގެންނެވުމަށް އަދީބު ދެކޮޅު ވެސް ނުހައްދަވާ ކަމަށާއި އޭނާ އާއި އާއިލާއިން އެެދެމުން ދިޔައީ ޑިސްޗާޖް ސަމަރީ ދެއްކުމަށް ކަަމަށެވެ.
އަދީބު ޖަލަށް ގެންދިއުމުގެ ކުރިން އާއިލާއިން އޭނާއާ ވާހަކަ ދައްކާލާނެ ފުރުސަތު ވެސް ދީފައި ނުވާ ކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފައި ވެ އެވެ.
"...އަދީބު ގެންދިއުމާ ހަމައަށް، އަދީބަށް ފަރުވާދިން ކޮޓަރި ތަޅުލާފައި ހުރުމުގެ އިތުރުން އާއިލާގެ ފަރާތްތަކަށް އަދީބާއި ސަލާމްކޮށްލާ، އަނގައިން ބުނުމުގެ ފުރުސަތެއް ވެސް ދީފައެއް ނުވެ އެވެ،" ބަޔާނުގައި ބުނެފައި ވެ އެވެ.
އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ދުވަސްތަކެއް ވަންދެން ބޭއްވުމަށް ފަހު އަދީބު ގެއަށް ބަދަލު ކުރީ ޑޮކްޓަރުުން އެގޮތަށް ލަފާ ދެއްވުމުންނެވެ. ގޭގައި ބާއްވަން ޑޮކްޓަރުން ލަފާ ދެއްވި މުއްދަތު ހަމަވުމާ އެކު އެމަނިކުފާނު ޖަލަށް ބަދަލު ކުރުމުން އަނބިކަނބަލުން ނަޝްވާ ވަނީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި ޓެރަރިޒަމާއި ހިޔާނާތުގެ ކުށްތައް ސާބިތުވެ ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އިއްވާފައިވާ އަދީބު، ދެ މަހަށް "ހޯމްލީ އެންވަޔަރަމެންޓެއް" ގައި ބަހައްޓަން ޑޮކްޓަރު ލަފާދެއްވީ އޮކްޓޯބަރު 24، 2018 ގަ އެވެ. ނަމަވެސް މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ފަހުން އެގޮތަށް ޑޮކްޓަރު ލަފާ ނުދެއްވާ ކަމަށް ވިދާޅުވި އެވެ. އެކަމާ މެދު ހިތްހަމަޖެހިވަޑައިނުގެން ނަޝްވާ ވިދާޅުވެފައި ވަނީ އަދީބު ގޭ ބަންދަށް ބަދަލުކުރީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ސާޖަރީއަށް ފަހު ރިކަވަރީ އަށް އާއިލާ ގާތުގައި 6-8 ހަފުތާ އަށް ބެހެއްޓުމަށް ޑޮކްޓަރުު ލަފާ ދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އަދީބަށް ނުފިލޭނެ ކަން ކަށަވަރު: އިމްރާން
އަދީބު ފުރާނީ އަންނަ ހުކުރު ދުވަހު، 26 ގައި އަންނާނެ
އަދީބު ބޭރަށް ފުރުވާލާތީ ކަމާގުޅޭ އިދާރާތައް ކޮމިޓީއަށް
އަދީބަށް ބޭނުންވާ ފަރުވާ ލިބޭނެ: އިމްރާން
ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތް ހަދައިދޭން އެދިއްޖެ
ޔާސިރު، އަލްގައިދާގައި އިސް ދައުރެއް އަދާކުރި:ސަރުކާރު
ޖަލުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރާނަން: އިމްރާން
އަދީބު ގެންނާނެ ކަމަށް ވީ ވައުދު ފުއްދިއްޖެ: އިމްރާން
އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފި
އަދީބު ފުރާނީ ކަރެކްޝަންސާއި ފުލުހުންގެ އޮފިސަރުންނާއެކު