އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރާ ހެލިކޮޕްޓަރުތަކަށް ދިވެހި ޕައިލެޓުން ތަމްރީނުކުރަން ޖެހޭ ކަމަށާއި އިންޑިއާގައި އެކަމަށް އެދޭނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.
06 ފެބުރުއަރީ 2019
އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރާ ހެލިކޮޕްޓަރުތަކަށް ދިވެހި ޕައިލެޓުން ތަމްރީނުކުރަން ޖެހޭ ކަމަށާއި އިންޑިއާގައި އެކަމަށް އެދޭނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.
އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވީ ދިވެހި ޕައިލެޓުން ތަމްރީނުކޮށްދޭން އިންޑިއާގައި އެދެފި ނަމަ އެކަން ކޮށްދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ހެލިކޮޕްޓަރުތަކަށް ދިވެހި ޕައިލެޓުން ތަމްރީނު ނުކޮށް، ސީދާ އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުން އޮޕަރޭޝަން ކުރިއަށް ގެންދާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރެ އެވެ.
ޝަމާލް ވިދާޅުވީ ހެލިކޮޕްޓަރު ދުއްވަނީ ދިވެހިން ނޫން ނަމަވެސް އޮޕަރޭޝަން ކުރިއަށް ދަނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށެވެ.
"...އެމީހުން މަސައްކަތް ކުރަނީ އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑްގެ ދަށުން. އެހެންވީމާ ޓެކްނިކަލްކޮށް ބުނާ ނަމަ ހެލިކޮޕްޓަރު ޕޮއިންޓް އޭ އިން ޕޮއިންޓް ބީއަށް ދަނީ އެމްއެންޑީއެފްގެ ކޮމާންޑްގެ ދަށުން،" ޕައިލެޓުން ތަމްރީނު ކުރަން އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވުމަށް ފަހު ޝަމާލް ވިދާޅުވި އެވެ.
އިންޑިއާ އިން ރާއްޖެ އަށް ދޭނެ ކަމަށް ބުނާ ޑޯނިއާ މަތިންދާބޯޓް ގެނައުމަށްޓަކައި އަދި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އެހެންވެ އެ ގެނަން އަދި ވަގުތު ނަގާނެ ކަމަށް ވެސް ސިފައިންގެ ޗީފް ވިދާޅުވި އެވެ.
"ހޭންގަރު ބިނާކުރުން، އެގްރިމެންޓްތައް މުރާޖައާ ކުރުން. ހާލަތު ބެލުން[ފަދަ ކަންތައްތައް]. އަޅުގަނޑުމެން ވާހަކަ ދައްކައިފިން ޑޯނިއާއާ ބެހޭ ގޮތުން އެއީ އޭގެ ސަބަބުން ސާޗް އެންޑް ރެސްކިއު ދާއިރާއިން އަޅުގަނޑުމެންގެ ގާބިލުކަން އިތުރުވާނެތީ އަދި އޭގެ އިތުރުން މެޑިކަލް އިވެކުއޭޝަންތަކަށް ވެސް އެހީއަކަށް ވާނެތީ،" ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އަރިހުގައި އިންޑިއާ އަށް ވަޑައިގެންނެވި ޝަމާލް ވިދާޅުވި އެވެ.
މިހާރު އޮތް ދެ ހެލިކޮޕްޓަރުގެ ބަދަލުގައި ޑޯނިއާ މަތިންދާބޯޓް ހޯދަން އިންޑިއާ ސަރުކާރުގައި ފުރަތަމަ އެދުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. ހެލިކޮޕްޓަރުތައް އަނބުރާ ފޮނުވައިލަން ވެސް އޭރު ނިންމި އެވެ. ނަމަވެސް ވެރިކަން ބަދަލު، އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން އާކޮށް އަލުން ވަނީ އޮޕަރޭޝަންތައް ފަށައިފަ އެވެ.
ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރުމުގެ ބޭނުމަށް އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ތިބެ އެވެ.
ވައިގެ އުޅަނދު ދޭން ދެ ގައުމަކުން ވާހަކަ ދައްކާ
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
ސިވިލިއަނުން ގެންނަނީ އިންޑިއާ ސިފައިން ތިބި އަދަދަށް
އުޅަނދުތައް ދުއްވަން އިންޑިއާ ސިވިލިއަނުން ރާއްޖެއަށް!
ޔޫޓީއެފް މައްސަލައިގައި ހުށަހެޅި ތުހުމަތު ނުބަލަން ނިންމައިފި
ބޭނުންވި ނަމަ އިންޑިއާ ސިފައިން ފޮނުވާލެވުނީސް: ޝަމާލް
އިންޑިއާއިން ގެންނަން އުޅެނީ ޑޯނިއާ ބޯޓެއް: ސަރުކާރު
ހެލިކޮޕްޓަރުގެ އޮޕަރޭޝަންތައް ފުޅާކުރަން ބޭނުން: ޝަމާލް
ހެލިކޮޕްޓަރުގައި މިހާތަނަށް 36 އޮޕަރޭޝަނެއް ހިންގައިފި
ރާޑަރުތައް ބަލަހައްޓަން އިންޑިއާ ސިފައިންނެއް ނުތިބޭނެ