އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރު އުދުހެނީ ދިވެހި ސިފައިންގެ ފުރިހަމަ ކޮމާންޑުގެ ދަށުން ކަމަށާއި ހެލިކޮޕްޓަރުގެ އޮޕަރޭޝަންތައް ފުޅާ ކުރަން ބޭނުންވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އިއްޔެ ވިދާޅުވެއްޖެ އެވެ.
06 ޖުލައި 2019
އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރު އުދުހެނީ ދިވެހި ސިފައިންގެ ފުރިހަމަ ކޮމާންޑުގެ ދަށުން ކަމަށާއި ހެލިކޮޕްޓަރުގެ އޮޕަރޭޝަންތައް ފުޅާ ކުރަން ބޭނުންވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އަސްކަރިއްޔާގެ ޗީފް ޝަމާލް މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، އެ ގައުމުގެ ސްޓްރެޓިޖިކް ނިއުސް ޗެނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ދެ ހެލިކޮޕްޓަރާ ގުޅޭ ގޮތުން ދިވެހިން ވަރަށް ބޮޑަށް ހޭލުންތެރި ވެފައިވާ ކަމަށެވެ. އަދި ދެ ހެލިކޮޕްޓަރު ވަނީ އިންސާނިއްޔަތުކަމާ ގުޅިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާ އިން ރާއްޖެ އަށް ދިން ދެ ހެލިކޮޕްޓަރުން މައިގަނޑު ގޮތެއްގައި އުފުލަނީ ބަލި މީހުންނެވެ. އެކަމަކު، ބައެއް ހާދިސާތަކުގައި މީހުން ގެއްލުމާ ގުޅިގެން އެ މީހުން ހޯދުމުގެ މަސައްކަތުގައި ހެލިކޮޕްޓަރުގެ އެހީ ހޯދަ އެވެ. ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމަށް އިންޑިއާގެ ފަންސާހެއްހާ ސިފައިން އުޅެ އެވެ.
ޝަމާލް ވިދާޅުވި ގޮތުގައި، ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ރާއްޖެ އާއި އިންޑިއާއާ ދެމެދު ވި "ލެޓަ އޮފް އެކްސްޗޭންޖް" ގެ ދަށުން ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށް ވަނީ ބުނެފަ އެވެ. ދެ ހެލިކޮޕްޓަރުގެ އެހީ ހޯދަން ގިނަ ބަޔަކު އެދެމުން އަންނަ ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ.
ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގައި އުޅެނީ އިންޑިއާ ސިފައިން ކަމަށް ވާތީ، އޭގެ ބަދަލުގައި ދިވެހި ސިފައިން ޕައިލެޓުންގެ ގޮތުގައި ތަމްރީނު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝަމާލް ވިދާޅުވި އެވެ. އަދި ޓެކްނިކަލް ސްޓާފުން ކަނޑައެޅުމުގެ މަސައްކަތް ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރު..---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"އަޅުގަނޑުމެން އެބަޖެހޭ މި އޮޕަރޭޝަނަލް ކެޕޭސިޓީ ތަރައްގީ ކުރަން. މި ހިދުމަތް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ރަށްތަކަށްހެން ފޯރުކޮށްދޭން އެބަޖެހޭ. އެއީ ރާއްޖެ އަށް ކާރިސާއެއް ދިމާވި ކަމުގައި ވިޔަސް، އެ ހެލިކޮޕްޓަރުތަކަށް އެހީތެރިވުމުގެ ފުރުސަތު އޮތީމާ،" ޝަމާލް ވިދާޅުވި އެވެ.
ދިވެހި ސިފައިން ނުބައްސައި އިންޑިއާ ސިފައިން އެކަނި އޮޕަރޭޝަންތައް ހިންގާތީ އެއްބަސްވުން އާ ނުކޮށް، ދެ ހެލިކޮޕްޓަރު ފޮނުވާލަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުޅުނެވެ. އޭރު، ސަރުކާރުގެ އިސްވެރިން ވިދާޅުވަމުން ގެންދެވީ ހެލިކޮޕްޓަރުގެ އެއްބަސްވުން އޮތީ އިންޑިއާ އިން ރާއްޖެ އަށް ނުފޫޒު ފޯރުވޭ ގޮތަށެވެ.
މި ފާޑުކިއުންތަކާ އެކު ވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ދެ ހެލިކޮޕްޓަރުގެ އެއްބަސްވުން އާކޮށް، އޮޕަރޭޝަންތައް ވަނީ ފަށައިފަ އެވެ.
އިންޑިއާ އިން ދެ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮޕަރޭޓް ކުރާއިރު، ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. ސ. ގަން އެއާޕޯޓުގައި ބާއްވާފައި އޮންނަނީ އެ ހެލިކޮޕްޓަރެވެ. ފަހުން ހަދިޔާކުރި ހެލިކޮޕްޓަރު އޭޕްރީލް، 2011 ގައި ރާއްޖެ ގެނެސް، އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައި ދީފައިވާ ހޭންގަރުގައި ބާއްވައިގެންނެވެ.
އެއްބަސްވުމުގައިވާ ގޮތުން ހެލިކޮޕްޓަރުތައް ދުއްވާނީ އިންޑިއާގެ ކަނޑުގެ ސިފައިންނެވެ. އެ މީހުން ރާއްޖޭގައި ތިބެނީ ދެ ގައުމުން ބަދަލުކުރާ "ލެޓަ އޮފް އެކްސްޗޭންޖް"އެއްގެ ދަށުންނެވެ. މި އެއްބަސްވުން ކޮންމެ ދެ އަހަރަކުން އާ ކުރަންޖެހެ އެވެ.
ހެލިކޮޕްޓަރު އިންޑިއާ ސިފައިން އެކަނި އޮޕަރޭޓްކުރުމުގެ ނުތަނަވަސްކަމަށް ހައްލެއް ހޯދަން ޔާމީންގެ ސަރުކާރުން ހުށަހެޅީ އޮޕަރޭޝަންތަކުގައި ދިވެހި ސިފައިންގެ ބައިވެރި ކުރާށެވެ. މިއީ، އެންމެ ކުރިއްސުރެ އެއްބަސްވުމުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ. ޕައިލެޓުން ތަމްރީން ކުރުމަށް އިންޑިއާ އިން އެއްބަސްވެފައިވީ ނަމަވެސް މިއަދާ ހަމައަށް އަސްކަރީ ހެލިކޮޕްޓަރަށް ޚާއްސަ ދިވެހި ޕައިލެޓަކު ތަމްރީނެއް ނުކުރެވެ އެވެ.
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
އުޅަނދުތައް ދުއްވަން އިންޑިއާ ސިވިލިއަނުން ރާއްޖެއަށް!
ސިއްރު އެއްބަސްވުމެއްގައި ސޮއެއް ނުކުރަން: މާރިޔާ
އެއްބަސްވުން އާކޮށް ހެލިކޮޕްޓަރު ބޭނުން ކުރަން ފަށައިފި
މަތިންދާބޯޓު ހަވާލު ނުކުރެވެނީ ލިޔުން ބަލައިނުގަންނާތީ
މަތިންދާބޯޓެއް ދޭން އިންޑިއާ ވަނީ އެއްބަސްވެފައި
އައްޑޫގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރު ގެންދަން އެދެފި
ސިވިލިއަނުން ގެންނަނީ އިންޑިއާ ސިފައިން ތިބި އަދަދަށް
އިންޑިއާސިފައިން ދޯނިތަކަށް އެރި ސަބަބު ހޯދަން އެދިއްޖެ
"އުތުރުތިލަފަޅުގައި އޮންނާނީ އެމްއެންޑީއެފް ކޮންޓްރޯލް"