އިންޑިއާއިން ރާއްޖެއަށް ދެ ހެލިކޮޕްޓަރު ގެނައި އިރު ވެފައި އޮތް އެއްބަސްވުން އުވާލައި، އެ ގައުމުގެ ސިފައިން ފޮނުވައިލަން ކުރީގެ ސަރުކާރުން ބޭނުންވި ނަމަ އެކަން ކުރެވުނީސް ކަމަށް ޗީފް އޮފް ޑިފެންސްް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
16 މާޗް 2021
އިންޑިއާއިން ރާއްޖެއަށް ދެ ހެލިކޮޕްޓަރު ގެނައި އިރު ވެފައި އޮތް އެއްބަސްވުން އުވާލައި، އެ ގައުމުގެ ސިފައިން ފޮނުވައިލަން ކުރީގެ ސަރުކާރުން ބޭނުންވި ނަމަ އެކަން ކުރެވުނީސް ކަމަށް ޗީފް އޮފް ޑިފެންސްް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަމާލް ވިދާޅުވީ ރާއްޖޭން އެއްވެސް ގައުމަކާ އެކު ވެފައިވާ އެއްވެސް އެއްބަސްވުމެއް އުވާލަން ބޭނުން ވެއްޖެ ނަމަ އެކަން ކުރެވޭނެ ކަމަށާއި އެއީ ރާއްޖެއަކީ މިނިވަން ދައުލަތެއްވީމާ ކަމަށެވެ. އޭނާ ވިދާޅުވީ އެއްބަަސްވުމެއް އުވާލަން ރާއްޖޭން ބޭނުންވެ އެކަން ނުކުރެވުނީ ކަމަށް ގަބޫލުކުރައްވަން ބޭނުންވެވަޑައި ނުގަންނަވާ ކަމަށެވެ. ރާއްޖޭގައި ތިބޭ ބޭރުގެ ބަޔަކު ރާއްޖެ ދޫކޮށް ދާން ބުނީމާ ނުގޮސް ތިބެވޭނެ ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެެރިޔާގެ ސުވާލުގައި ބުނީ އިންޑިއާއިން ރާއްޖެއަށް ގެނައި ހެލިކޮޕްޓަރުގެ އެއްބަސްވުމުގެ މުއްދަތު 2018 ވަނަ އަަހަރުު، ހަމަވެގެން ހެލިކޮޕްޓަރު (އޮޕަރޭޓްކުރާ ސިފައިން) ރާއްޖެ ދޫކޮށް ދާން އެންގުމުން ވެސް ނުދިޔަކަން ރާއްޖޭގެ އެންމެނަށް ވެސް އެނގޭ ކަމަށެވެ.
"އޭރު ތިޔަ ބޭފުޅުން ތިއްބެވީ ކޮންތާކުތޯ" އޭނާ ސުވާލުކުރި އެވެ.
މޯލްޑިވްސް ނެޝަަނަލް ޑިފެންސް ފޯސްގެ އެންމެ ޖެނެރަލެއް ފިޔަވައި ހުރިހާ ޖެނެރަލުން ތިއްބެވި ޕެނަލަށް އެ ސުވާލު ކުރުމުން ޖަވާބުގައި ޝަމާލް ވިދާޅުވީ އޭރުވެސް އެ އެގްރިމެންޓް ބާތިލުކުރަން ސަރުކާރުން ކެރިގެން ނުކުތް ނަމަ އެކަން ވީސް ކަމަށެވެ.
އެމްއެންޑީއެފުން މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުން ބޭނުންވި ނަމަ ހެލިކޮޕްޓަރުތައް ފޮނުވައިލެވުނީސްކަމަށް. --ފޮޓޯ:އަހްމަދު އަވްޝަން އިޔްލާސް/މިހާރު
"އޭރުވެސް ކުރެވުނީސް މިހާރުވެސް ކުރެވުނީސް. އެެއީ ކީއްވެގެންތޯ؟ މިއީ މިނިވަން ސަވަރިން ދައުލަތެއް. އެހެންވީމާ ސަރުކާރުން އެގްރިމެންޓެއް، ކެރިގެން، އެއްވެސް ގައުމަކާ އެކީ ބާތިލުކުރަން ވެެއްޖެއްޔާ އެ ހިތްވަރު ހުރެގެން ކުރަން ޖެހޭނީ،" ޝަމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދާން އޭރު އެންގި ލިޔުމެއް ވެސް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ޝަމާލް އާއި އެމްއެންޑީއެފްގެ އެހެން ޖެނެރަލުން މިއަދު މީޑިއާ ބްރީފިންއެއް ބޭއްވީ އުތުރު ތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރަން ރާއްޖޭން އިންޑިއާއާ އެކު ސޮއިކުރި އެއްބަސްމުގެ ޑްރާފްޓެއް ކަމަށް ބުނެ ބަޔަކު އާއްމުކުރި ޑޮކިއުމެންޓަކާ ހަވާލާދީ ފެތެރެމުންދާ ވާހަކަތަކަށް ރައްދު ދެއްވުމަށެވެ.
އިންޑިއާ އިން ތަރައްގީކޮށްދޭ، އަދި މިހާރުގެ މަޝްހޫރު ނަމުން ނަމަ ޔޫޓީއެފްއާ ބެހޭ ގޮތުން އިންޑިއާ އާއި ދިވެހި ސަރުކާރުން އެކުލަވާލި އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބުނެ، އިއްޔެ ވަނީ މީޑިއާގައި ލިއުމެއް ލީކްކޮށްލައިފަ އެވެ. އޭގައި ހިމެނޭ ބައެއް މާއްދާތަކުގައި، ބަނދަރު ހިންގާށާއި ބަލަހައްޓަން އެފަހަރަށް އެކަށީގެންވާ އަދަދަށް އިންޑިއާ ސިފައިން ތިބެން ސަރުކާރުން އެއްބަސްވާން ޖެހެ އެވެ. އަދި އެގޮތަށް ތިބޭއިރު ހިންގާ އޮޕަރޭޝަނެއްގައި ހަތިޔާރު ބޭނުންކުރަން ޖެހިއްޖެ ނަމަ ހަތިޔާރު ބޭނުންކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ.
ޝަމާލާއި އިސް އެހެން ޖެނެރަލުން މިއަދު އެ ހުރިހާ ވާހަތަކެއް ދޮގުކުރެއްވި އެވެ.
ޔޫޓީއެފް މައްސަލައިގައި ހުށަހެޅި ތުހުމަތު ނުބަލަން ނިންމައިފި
އިންޑިއާއިން ގެންނަން އުޅެނީ ޑޯނިއާ ބޯޓެއް: ސަރުކާރު
ވައިގެ އުޅަނދު ދޭން ދެ ގައުމަކުން ވާހަކަ ދައްކާ
ހެލިކޮޕްޓަރަށް ދިވެހި ޕައިލެޓުން ބޭނުންވޭ: ޝަމާލް
އިންޑިއާއިން ހަދިޔާކުރި ޑޯނިއާ އާއި ހެލިކޮޕްޓަރު ބޭނުންކުރަން ފަށައިފި
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
ސިވިލިއަނުން ގެންނަނީ އިންޑިއާ ސިފައިން ތިބި އަދަދަށް
އުޅަނދުތައް ދުއްވަން އިންޑިއާ ސިވިލިއަނުން ރާއްޖެއަށް!
"އުތުރުތިލަފަޅުގައި އޮންނާނީ އެމްއެންޑީއެފް ކޮންޓްރޯލް"
އުތުރުތިލަފަޅުގައި ބޭރުގެ ސިފައިންނެއް ނުތިބޭނެ:ޑިފެންސް