Roadha Mihaaru
ކަޕިލްގެ ޝޯ އިން ސިދޫ ބޭރުކޮށްލައިފި

"ދަ ކަޕިލް ޝަރުމާ ޝޯ" އިން ނަވްޖޯތު ސިންގް ސިދޫ ބޭރުކޮށްލައިފި

18 ފެބުރުއަރީ 2019

ބުރާސްފަތި ދުވަހު ކަޝްމީރުގެ ޕުލްވާމާގައި ޕާކިސްތާނުގެ ހަނގުރާމަވެރިން ދިން ހަމަލާގައި އިންޑިއާގެ 40 އަށް ވުރެ ގިނަ ސިފައިންގެ އޮފިސަރުން މަރައިލި ހާދިސާއާ ބެހޭ ގޮތުން، ސޮނީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ބައިވެރިވާ ނަވްޖޯތު ސިންގް ސިދޫ މީޑިއާތަކުގައި ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ އެ ޝޯއިން ވަކިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބުރާސްފަތި ދުވަހު ކަޝްމީރުގެ ޕުލްވާމާގައި ޕާކިސްތާނުގެ ހަނގުރާމަވެރިން ދިން ހަމަލާގައި އިންޑިއާގެ 40 އަށް ވުރެ ގިނަ ސިފައިންގެ އޮފިސަރުން މަރައިލި ހާދިސާއާ ބެހޭ ގޮތުން، ސޮނީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ބައިވެރިވާ ނަވްޖޯތު ސިންގް ސިދޫ މީޑިއާތަކުގައި ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ އެ ޝޯއިން ވަކިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވަކިވަކި ފަރުދުންތަކެއްގެ ފަރާތުން ކުރިމަތިވާ ކަންކަމާ ގުޅިގެން މުޅި ގައުމަށް އަދަބު ދިނުމަކީ އިންސާފެއް ނޫން ކަމަށް ބުނެ ސިދޫ ޕާކިސްތާން "ދިފާއު ކުރާ" މޭރުމަކުން ވާހަކަ ދެއްކުމުން ވަރަށް ގިނަ ބަޔަކު ރުޅިގަދަވެ، އޭނާ ޝޯ އިން ވަކިކޮށް، ކަޕިލްގެ ޝޯ ވެސް ބޮއިކޮޮޓްކުރަން ގޮވާލައިފައިވެ އެވެ.

ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި ސިިދޫ ހިމަނައިގެން ކަޕިލްގެ ޝޯ ކުރިއަށް ގެންދާ ނަމަ އޭނާއާ ދެކޮޅަށް އެ މީހުން ނުކުންނާނެ އެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" ގައި "ތަހުތަކަށް ވެޑުވިގެން ހިނިގަނޑު ޖަހަން" އިންނަ އަދި އިދިކޮޅު ކޮންގްރެސް ޕާޓީގެ މެމްބަރު ސިދޫއަކީ ޕަންޖާބްގެ ލޯކަލް ސަރުކާރުގެ ޓުއަރިޒަމް، ކަލްޗަރަލް އެފެއާޒް އެންޑް މިއުޒިއަމް މިނިސްޓަރު ވެސް މެ އެވެ. ބައެއް މީހުން ވަނީ ކުރީގެ މަޝްހޫރު ކްރިކެޓް ތަރި މިނިސްޓަރުގެ މަގާމުން ވެސް ވަކިކުރަން ގޮވާލައިފަ އެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" އިން ސިދޫ ވަކިކޮށްފައިވާ ކަމަށް ބުނާ އިރު، މި ހަފުތާގެ ދެ އެޕިސޯޑުން އޭނާ ފެނިފައިވެ އެވެ.

ދި އިންޑިއަން އެކްސްޕްރެސް އިން ބުނި ގޮތުގައި ޝޯ އިން ސިދޫ ވަކިކޮށް، އޭނާ ހޫނު ކުރަމުން ދިޔަ ގޮނޑި އަށް މިހާރު ނަގާފައި ވަނީ ސޮނީން ސީޒަންތަކަކަށް ގެނެސްދޭ "ކޮމެޑީ ސާކަސް" ގެ ޖަޖުންގެ ތެރޭގައި ހިމެނޭ ބަތަލާ އަރްޗަނާ ޕްރާން ސިންގެވެ. އަދި އޭނާއާ އެކު "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ކުރިއަށް ހުރި އެޕިސޯޑްތަކެއް ޝޫޓް ވެސް ކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.