Roadha Mihaaru
ކަޕިލްގެ ޝޯ ދޫކޮށްލަން ޖެހުނަސް އަރްޗަނާ އަށް ވަރިހަމަ

"ކަޕިލް ޝަރުމާ ޝޯ" ދޫކޮށްލަން ޖެހުނަސް އަރްޗަނާ އަށް މައްސަލައެއް ނެތް

01 އޮކްޓޯބަރ 2021

މީގެ ދެ އަހަރު ކުރިން ފެށިގެން ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" އާ ގުޅުނު ބޮލީވުޑްގެ ބަތަލާ އަރްޗަނާ ޕުރާން ސިންގް އެ ޝޯ ދޫކޮށްލަން ޖެހިއްޖެ ނަމަ އެކަމަށް ތައްޔާރަށް ހުރި ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ދެ އަހަރު ކުރިން ފެށިގެން ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" އާ ގުޅުނު ބޮލީވުޑްގެ ބަތަލާ އަރްޗަނާ ޕުރާން ސިންގް އެ ޝޯ ދޫކޮށްލަން ޖެހިއްޖެ ނަމަ އެކަމަށް ތައްޔާރަށް ހުރި ކަމަށް ބުނެފި އެވެ.

ޝޯގައި ހަމައެކަނި ހިނިގަނޑު ޖަހަން ސޯފާއެއްގައި އިންނަ މީހެއްގެ ޒިންމާ އަދާކުރަމުން އަންނަ ބަތަލާ ޝޯ ދޫކޮށްލުމާ ބެހޭ ގޮތުން ވާހަކަ ދައްކާފައި މި ވަނީ އަރްޗަނާ އަދާކުރާ ދައުރު ކުރިން އަދާކުރި ނަވްޖޯތު ސިންގް ސިދޫ މި ހަފުތާގައި ޕަންޖާބް ޕްރަދޭޝް ކޮންގްރެސް ކޮމިޓީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމާ އެކު އޭނާ އަލުން ޝޯ އަށް އައިސްދާނެ ކަމަށް ބުނެ ޓްވިޓާގައި ދައުރު ކުރަމުން އަންނަ މީމްތަކާ ގުޅިގެންނެވެ.

ކުރިން ކްރިކެޓް ވެސް ކުޅުނު ސިދޫ އަކީ ޕަންޖާބްގެ މަޝްހޫރު ސިޔާސީ ޝަހުސިއްޔަތެކެވެ. އަދި ސަރުކާރުގެ އިސް މަގާމުތަކެއް ވެސް ފުރާފައިވެ އެވެ. އޭނާ "ދަ ކަޕިލް ޝަރުމާ ޝޯ" އިން 2019 ވަނަ އަހަރުގެ ކުރީކޮޅު ވަކިކުރަން ސޮނީ އަށް މަޖުބޫރުވީ އިންޑިއާ ދުޝްމަނެއްގެ ގޮތުގައި ދެކޭ އަވަށްޓެރި ޕާކިސްތާނަށް ރުހުމުގެ ބަސްތަކެއް ރައްދު ކުރުމާ ގުޅިގެން އާންމުންގެ ފަރާތުން ކުރިމަތިވި ޕްރެޝަރުތަކާ ހެދި އެވެ.

ސިދޫ އަކީ "ކަޕިލް ޝަރުމާ ޝޯ" އިން އާންމުންގެ ވަރަށް ބޮޑު ސަޕޯޓެއް ލިބުނު މީހެކެވެ. އޭނާގެ އެންމެ ހާއްސަ ކަމަކީ ވަގުތުން ތައުރީފުގެ ޅެން ހަދައިގެން ހެއްވައިލުމެވެ.

ސިދޫ ޝޯ އިން ވަކިކޮށް ބަދަލުގައި އަރްޗަނާ އަށް "ދަ ކަޕިލް ޝަރުމާ ޝޯ" އިން ފުރުސަތު ދިނީ 2019 ގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އޭނާ ވެފައި ވަނީ ޝޯގެ ފޭނުންގެ ވަރަށް ބޮޑު ފެވަރިޓަކަށެވެ.

ސިދޫ އަލުން ޝޯ އައިސްދާނެ ކަމަށް ބުނާތީ އެކަމާ ބެހޭ ގޮތުން ޓައިމްސް އޮފް އިންޑިއާ އަށް އަރްޗަނާ ބުނީ ސިދޫ އަލުން ޝޯ އަށް އެނބުރި އަންނަން ސީރިއަސްކޮށް ތައްޔާރު ނަމަ އެކަމާ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. "ކަޕިލް ޝަރުމާ ޝޯ" އެހެން ބައިވެރިން އަބަދު ވެސް އަރްޗަނާ އަކީ ސިދޫގެ ގޮނޑި ފޭރިގަތް މީހެއް ބުނެ ޖަހާ ޖޯކަކީ އޭނާ އެންމެ ހިނި އަންނަ ކަންތަކެވެ.

"އަހަރެން ހަމަ ތައްޔާރު ސިދޫ އަށް އަހަރެންގެ ގޮނޑި ދޫކޮށްލަން. ޝޯގައި ބައިވެރިވާން ފެށި ފަހުން ފިލްމުތަކުން ލިބޭ ފުރުސަތުތަކުގެ ބޭނުމެއް ވެސް މިހާރަކު ނުހިފޭ މުމްބާއީ ނުވަތަ އިންޑިއާ އިން ބޭރަށް ދާން ޖެހޭތީ،" އަރްޗަނާ ބުންޏެވެ. "ސިދޫ އަލުން ޝޯ އަށް އަންނަން ހުރިއްޔާ އަހަރެން މިހުރީ ލިބޭ އެހެން ފުރުސަތުތަކުގެ ބޭނުން ހިފަން ނިންމައިގެން."

އަރްޗަނާ، 59، އަކީ އާންމުކޮށް ބޮލީވުޑްގެ ފިލްމުތަކުގައި ސަޕޯޓިން ރޯލުތައް ކުޅޭ ބަތަލާއެކެވެ. އެކްޓަރު އަދި ޑައިރެކްޓަރު ޕަރްމީތު ސެތީގެ އަންހެނުންނަކީ ދެ ކުދިންގެ މައެކެވެ.