Roadha Mihaaru
"ކަޕިލް ޝަރުމާ ޝޯ" ގެ ޓީޒާއެއް ދައްކާލައިފި

"ކަޕިލް ޝަރުމާ ޝޯ" ގެ ޓީޒާއެއް ދައްކާލައިފި

26 ޖުލައި 2021

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މެދުކަނޑާލި ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" އަންނަ މަހުގެ ތެރޭގައި އަލުން ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، ޝޯގެ ބައިވެރިންނާ އެކު ޓީޒާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މެދުކަނޑާލި ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" އަންނަ މަހުގެ ތެރޭގައި އަލުން ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، ޝޯގެ ބައިވެރިންނާ އެކު ޓީޒާއެއް ދައްކާލައިފި އެވެ.

ރެޑް ކާޕެޓްގައި ބައިވެރިން ހިނގާފައި އަންނަ މަންޒަރު ފެންނަ ޓީޒާގައި ޝޯގެ ހޯސްޓް ކަޕިލްއާ އެކު، ކުރީގެ ބައިވެރިން ކަމަށްވާ ބާރްތީ ސިންގް އާއި ކްރުޝްނާ އަބީޝެކާއި ކިކޫ ޝްރަދާ އާއި ޗަންދަން ޕްރަބާކަރާއި އަރްޗަނާ ޕުރާން ސިންގްގެ އިތުރުން ކުރިން ސޮނީގެ "ކޮމެޑީ ސާކަސް" ގައި މަސައްކަތްކުރި ސުދޭޝް ލެހެރީ ވެސް ހިމެނެ އެވެ.

"ކަޕިލް ޝަރުމާ ޝޯ" އަލުން ފަށާ އިރު ކުރީގެ ބައިވެރިންގެ ތެރެއިން ސުމޯނާ ޗަކްރަބަތީ މި ފަހަރު ނުހިމެނެ އެވެ. އަދި ޝޯގެ ޕްރޮމޯ ދައްކައިލުމާ އެކު އިންސްޓަގްރާމް ސްޓޯރީގައި އޭނާ އާންމުކުރި ޕޯސްޓެއްގައި ޝޯއިން ފުރުސަތު ނުލިބުނީތީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ.

އޭނާ ބުނި ގޮތުގައި "ދަ ކަޕިލް ޝަރުމާ ޝޯ" އަކީ ކުރިން އެތައް ގުރުބާނީއެއް އޭނާ ވެސް ވި ޝޯއެއް ކަމަށާއި އެއިން މި ފަހަރު ބާކީކޮށްލުމަކީ ވަރަށް ވެސް ބޮޑު މާޔޫސީއެއް ހިތާމައެކެވެ.

މި ފަހަރު ޝޯ ގެނެސްދޭން ނިންމާފައި ވަނީ އާ ކޮމެޑީ ފަންނާނުންތަކެއް ވެސް ބައިވެރިކޮށްގެން، އާ ލިޔުންތެރިންނާ ވެސް އެކީގަ އެވެ. އެހެންވެ ކުރިއަށް ވުރެ "ދަ ކަޕިލް ޝަރުމާ ޝޯ" މި ފަހަރު ފުރިހަމަވާނެ ކަމަށް ބެލެވެ އެވެ.

ޝޯ އަލުން ގެނެސްދޭ އިރު، އޭގައި މަސައްކަތްކުރާ އެންމެން ކޮވިޑް-19 ގެ ވެކްސިން ޑޯޒް ވެސް ފުރިހަމަކޮށްފައިވެ އެވެ. އެހެންވެ މި ފަހަރު ޝޯ ގެނެސްދޭނީ ކުރިއެކޭ އެއްގޮތަށް ލައިވް އޯޑިއަންސް ވެސް ހިމަނައިގެން ކަމަށް ގަބޫލުކުރެވެ އެވެ.

ސޮނީން އަދިވެސް ޝޯ ފަށާނެ ތާރީހެއް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެކަމަކު މީޑިއާތަކުން ބުނީ "ދަ ކަޕިލް ޝަރުމާ ޝޯ" ފަށާނީ އަންނަ މަހުގެ 21 ގައި ކަމަށެވެ. މި ޝޯ އަކީ ސޮނީން ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:00 ގައި ގެނެސްދޭ އެއްޗެކެވެ.