07 މާޗް 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު މިއަދު ހެނދުނު ދޫކޮށްލުމަށް ފަހު، އަނެއްކާ ވެސް މިރޭ އެޑްމިޓްކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު މިއަދު ހެނދުނު ދޫކޮށްލުމަށް ފަހު، އަނެއްކާ ވެސް މިރޭ އެޑްމިޓްކޮށްފި އެވެ.
މިއީ، މަނީ ލޯންޑަަރިންގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން، މިދިޔަ މަހު 19 ގައި ޖަލުގައި ބަންދުކޮށްފައި ހުރި ޔާމީން ހޮސްޕިޓަލުގައި އެޑްމިޓް ކުރި ތިން ވަނަ ފަހަރެވެ.
ހިތުގެ މައްސަލައެއްގައި މިދިޔަ ހޯމަ ދުވަހު އެޑްމިޓް ކުރުމަށް ފަހު، އެ މަނިކުފާނު ދޫކޮށްލީ މިއަދު ހެނދުނެވެ.
އައިޖީއެމްއެޗުން ބުނީ މާފުށިން ޔާމީން ބެލި ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް މިރޭ 8:50 ގައި އެ މަނިކުފާނު އައިޖީއެމްއެޗަށް ގެނެސް އެޑްމިޓް ކޮށްފައިވާ ކަމަށެވެ. އެކަމަކު ފަރުވާ ހޯއްދަވަނީ ކޮންކަމަކަށް ކަމެއް އެތަނަކުން ނުބުނެ އެވެ.
ދެ ވަނަ ފަހަރަށް އެ މަނިކުފާނު އެޑްމިޓް ކުރީ 24 ގަޑިއިރަށް ކަމަށް އޭރު ހޮސްޕިޓަލުން ބުންޏެވެ. އެކަމަކު ދޫކޮށްލާފައިވަނީ ތިން ދުވަސް ފަހުންނެވެ.
ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ޔާމީން ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރިތާ 24 ގަޑިއިރު ނުވަނީސް އެ މަނިކުފާނު އައިޖީއެމްއެޗަށް ގެންގޮސް 24 ގަޑިއިރު ވަންދެން އޭރު އެޑްމިޓްކުރި އެވެ.
ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް، އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
ޔާމީން ގެ އަށް ބަދަލުކޮށްފި
ޑރ. އަލީ ލަތީފަށް މަނީ ލޯންޑަރިންގެ ތުހުމަތު ވެސް
ޔާމީންގެ ހުކުމް އަވަސްކުރީ ސަރުކާރުގެ ނުފޫޒުން: އިދިކޮޅު
މާވިން އާއި ލަމްހާގެ ނާސިން ލައިސަންސް ބާތިލްކޮށްފި
ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއަށް ޔާމީން އިންކާރު
ފަރުވާއަށް ޔާމީން ގެއަށް ބަދަލުކުރަން ޖެހޭ: ވަހީދު
"ޔާމީނަށް ދައުވާކުރީ ސަރުކާރުގެ ނާގާބިލްކަން ފޮރުވަން"
ޔާމީން، ފަރުވާއަށް ބޭރަށް ފޮނުވަން ޑޮކްޓަރުން ލަފާދީފި
ހެކިން ހުށަހަޅަން ޔާމީނަށް ފަސް ދުވަސް
ޔާމީން އަނބުރާ ޖަލަށް ގެންގޮސްފި