10 މާޗް 2019
މާބަނޑު މީހާ ބަލިވެގެން ހުށަހަޅައިފި ނަމަ ޗުއްޓީގެ ގޮތުގައި އިތުރު އެއް މަސް ދުވަސް ދޭ ގޮތަށް، އަންހެނުން ވިހެއުމުން ދޭ ހަ މަސް ދުވަހުގެ ޗުއްޓީއާ ބެހޭ ގަވައިދު އިސްލާހުކޮށްފި އެވެ.
މާބަނޑު މީހާ ބަލިވެގެން ހުށަހަޅައިފި ނަމަ ޗުއްޓީގެ ގޮތުގައި އިތުރު އެއް މަސް ދުވަސް ދޭ ގޮތަށް، އަންހެނުން ވިހެއުމުން ދޭ ހަ މަސް ދުވަހުގެ ޗުއްޓީއާ ބެހޭ ގަވައިދު އިސްލާހުކޮށްފި އެވެ.
ސިވިލް ސާވިސްގެ އެ ގަވައިދުގައި ބުނީ މުވައްޒަފަކު ވިހާ ދުވަސް ކައިރިވެފައިވާ ނަމަ ނުވަތަ ބަލިވުމުގެ ސަބަބުން ވަޒީފާ އަށް ނުކުތުމަށް އޭނާގެ ސިއްހީ ހާލަތު ތަން ނުދޭ ނަމަ، ވިހެއުމުގެ ކުރިން، ބަންދު ދުވަސްތައް ހިމަނައިގެން 28 ދުވަހުގެ ޗުއްޓީއެއް މުސާރަ ލިބޭ ގޮތަށް ދޭން ޖެހޭނެ ކަމަށެވެ.
އަދި އެ ޗުއްޓީ، ވިހެއުމުން ދޭ ހަ މަސް ދުވަހުގެ ޗުއްޓީގެ ގޮތުގައި ނުބަލާނެ ކަމަށް ގަވައިދުގައި ބުނެފައި ވެ އެވެ.
މި ޗުއްޓީ ލިބޭނީ މުވައްޒަފު ބަލިވެ އިނުމުގެ ސަބަބުން އޮފީހަށް ނުނިކުމެވޭނެ ކަމަށް ބުނެ، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ ލިޔުމެއް ނުވަތަ މެޑިކަލް ސެޓްފިކެޓެއް ހުށަހެޅުމުންނެވެ.
މާބަނޑު ދުވަސްވަރުގެ ކުރީކޮޅު ވެސް ބަލިވެގެން ހުށަހަޅައިފިނަމަ އެއް މަސް ދުވަހުގެ ޗުއްޓީއެއް ލިބެ އެވެ. އެކަމަކު އެއީ މުސާރަ ނުލިބޭ ގޮތަށެވެ.
މި ގަވައިދާއި ގަވައިދަށް ގެނައި އިސްލާހުތައް، ސިވިލް ސާވިސް ކޮމިޝަނުން މިހާރު ވަނީ އާއްމުކޮށްފަ އެވެ.
ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ވިހެއުމުން ލިބޭ ޗުއްޓީ، ހަ މަސް ދުވަހަށް އިތުރުކުރިކަން އިއުލާން ކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކ. މާފުށީގައި ބޭއްވި ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ފެނަކަ އާއި އެސްޓީއޯ އާއި ސްޓެލްކޯ ފަދަ ކުންފުނިތަކުން ވެސް ވަނީ ވިހެއުމުން އަންހެނުންނަށް ދޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފަ އެވެ.
ވިހެއުމުން ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފި
ބާކީ މުވައްޒަފުންނަށް އަންނަ މަހު އެލަވަންސް ލިބޭނެ
ސިއްހީ ދާއިރާގެ ބޮޑު މުސާރަ ރައީސް އިއުލާންކުރައްވައިފި
ރައީސްގެ ގަރާރާ ދެކޮޅުވި ޓީޗަރަކު ސަސްޕެންޑްކޮށްފި
ޑޮކްޓަރުންގެ ޝަކުވާ ރައީސް ހައްލުކޮށްދެއްވާނެ: މަބްރޫކް
ސަރުކާރުގެ އޮފީސްތައް ހޮނިހިރާ ހަމައަށް ބަންދު
އާދިއްތައިން ފެށިގެން ސަރުކާރުގެ އޮފީސްތައް ހުޅުވަނީ
ކުރިއަށް އޮތް ތިން ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދު
ތުހުމަތުތަކެއްކޮށް ޓޫރިޒަމްގެ މުވައްޒަފަކު އިސްތިއުފާދީފި
ސަރުކާރުގެ އޮފީސްތައް އާދީއްތަ ދުވަހު ހުޅުވާނެ