Roadha Mihaaru
ހައުސިންޔުނިޓްތަކެއްގެ ލޭންޑްސްކޭޕް ހަދާނެ ބަޔަކު ހޯދަނީ

ފުވައްމުލަކުގައި އަޅާ 200 ހައުސިން ޔުނިޓްގެ ލޭންޑްސްކޭޕް ޑިޒައިންކުރާނެ ބަޔަކު ހޯދަނީ

19 މާޗް 2019

ފުވައްމުލަކުގައި އިމާރާތްކުރަން ނިންމާފައިވާ 1،500 ހައުސިން ޔުނިޓްގެ ތެރެއިން 200 ހައުސިން ޔުނިޓްގެ ސައިޓުގެ ލޭންސްކޭޕް ޑިޒައިންކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފުވައްމުލަކުގައި އިމާރާތްކުރަން ނިންމާފައިވާ 1،500 ހައުސިން ޔުނިޓްގެ ތެރެއިން 200 ހައުސިން ޔުނިޓްގެ ސައިޓުގެ ލޭންސްކޭޕް ޑިޒައިންކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ ފުވައްމުލަކުގެ 1،500 ހައުސިން ޔުނިޓްގެ ތެރެއިން 200 ހައުސިން ޔުނިޓްގެ ސައިޓުގެ ޑިޒައިން ކުރާނެ ބަޔަކު ބޭނުންވާ ކަމަށާއި މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮންރީފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށެވެ. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. ބީމަލަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 4 ގަ އެވެ.

މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 80،000ރ. ހުށަހަޅަންޖެހެ އެވެ.

މި މަޝްރޫއުއަށް 12 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ކަނޑައަޅާފަ އެވެ.

ސަރުކާރުން ވަނީ ޅ.ނައިފަރުގައި ވެސް 100 ހައުސިން ޔުނިޓް އަޅަން އިއުލާނުކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުން ގެދޮރުގެ މަޝްރޫއުތަކަށް 547.1 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅާފައިވެ އެވެ. މިދިޔަ އަހަރު ގެދޮރު އިމާރާތް ކުރުމަށް ކަނޑައަޅާފައިވަނީ 262 މިލިއަން ރުފިޔާ އެވެ.

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް މާލޭގައި ފެށުމަށް ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށް، އާންމު އިންތިޚާބުގައި މާފަންނު އުތުރު ދާއިރާ އަށް ވާދަކުރައްވާ މިހާރުގެ ވެސް މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ ވިދާޅުވެފަ އެވެ.