Roadha Mihaaru
އައިޝްވާރިޔާ ބަލިވެ އިން ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

އައިޝްވާރިޔާ ރާއީ އިނީ ބަލިވެ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

28 މާޗް 2019

މިހާރު ކުޅޭނެ އެއްވެސް ފިލްމެއް އަތުގައި ނެތް ބޮލީވުޑްގެ ބަތަލާ އައިޝްވާރިޔާ ރާއީ އިނީ ދެވަނަ ދަރިއަކަށް ބަލިވެ ކަމަށް ބުނެ ބައެެއް މީޑިއާތަކުން ފެތުރި ވާހަކަތައް ދޮގުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ކުޅޭނެ އެއްވެސް ފިލްމެއް އަތުގައި ނެތް ބޮލީވުޑްގެ ބަތަލާ އައިޝްވާރިޔާ ރާއީ އިނީ ދެވަނަ ދަރިއަކަށް ބަލިވެ ކަމަށް ބުނެ ބައެެއް މީޑިއާތަކުން ފެތުރި ވާހަކަތައް ދޮގުކޮށްފި އެވެ.

އެކްޓަރު އަބީޝެކާ ކައިވެނިކޮށްގެން މިހާރު 7 އަހަރުގެ އަންހެން ދަރިއަކު ވެސް ހުރި ބަތަލާ ދެވަނަ ދަރިއަކަށް ބަލިވެ އިން ކަމަށް ބުނާ ވާހަކަތައް މީޑިއާތަކުގައި ގަދަވީ އަބީޝެކާ އެކު ނަގާފައިވާ ޗުއްޓީ ފޮޓޯއެއްގައި އައިޝްވާރިޔާ ލައިގެން ހުރި ޓީޝާޓް ތަންކޮޅެއް ބޮޑަށް ބަނޑަށް ހިފާފައި ހުރުމުންނެވެ.

އިންސްޓަގްރާމްގައި ދައުރުވަމުން އަންނަ އެ ފޮޓޯގައި ފެންނަނީ ފިރިމީހާ އެކު އަބީޝެކް މޫދެއްގެ އައްސޭރީގައި ހިނގާފައި ދާ ތަނެވެ.

މި ފޮޓޯއާ އެކު އައިޝްވާރިޔާ ބަލިވެ އިން ކަމަށް ބުނާ ވާހަކަ ގަދަވުމުން އޭނާ ގާތް ބައެއް މީހުންނާ ހަވާލާދީ ބޮލީވުޑް ލައިފުން ބުނީ އައިޝްވާރިޔާ އިނީ ބަލިވެ ނޫން ކަމަށެވެ. އެ ނޫހަށް ވާހަކަ ދެއްކި މީހާ ބުނީ ފޮޓޯ އިން ފެންނަނީ އައިޝްވާރިޔާގެ "ބޭބީ ބަމްޕެއް ނޫން" ކަމަށާއި "އެއީ ފުޑް ބަމްޕެއް" ކަމަށެވެ.

"އެއީ ފޮޓޯ ނެގިފައި އިން ގޮތުން ބަނޑުބޮޑުހެން ހީވަނީ. އޭޝް އިނީ ބަލިވެއެއް ނޫން،" މީގެ ކުރިން ވެސް އެކި ފަހަރު މަތިން ކުރީގެ ރީތީގެ ރާނީ ބަލިވެ އިން ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާކަން ފާހަގަކޮށް އޭނާ ބުންޏެވެ.

View this post on Instagram

✨?✨

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

މިދިޔަ އަހަރު ރިލީޒް ކުރި ފްލޮޕް ފިލްމު "ފަނޭ ހާން" އަށް ފަހު އައިޝްވާރިޔާގެ އަތުގައި ކުޅޭނެ ފިލްމެއް ނެތް އިރު، ފިރިމީހާ އަބީޝެކާ އެކު ކުޅެން ދެ މީހުން ސޮއި ކުރި ފިލްމު "ގުލާބް ޖާމޫ" ވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ދެހާސް ހަތެއްގައި އަބީޝެކާ ކައިވެނި ކުރި 45 އަހަރުގެ ބަތަލާ ދަރިފުޅު އަރާދިއާ ވިހެއުމަށް ފަހު، އަލުން ފިލްމު ކުޅެން ފެށީ 2015 ގަ އެވެ. އެގޮތުން ސަންޖޭ ގުޕްތާގެ "ޖަޒްބާ" އިން އަލުން އެނބުރި އައިސް 2016 ގައި އޮމަންގް ކުމާރުގެ "ސަރަބްޖީތު" އާއި ކަރަން ޖޯހަރުގެ "އޭ ދިލް ހޭ މުޝްކިލް" ވެސް އައިޝްވާރިޔާ ކުޅުނެވެ.

ނަމަވެސް މި ފަހުން އޭނާ އެއްވެސް އައު ފިލްމަކަށް ސޮއެއް ނުކުރެ އެވެ.