09 އެޕްރީލް 2019
އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކޮންގްރެސްއާ ދާދި ފަހުން ގުޅުނު ބޮލީވުޑްގެ ކުރީގެ ބަތަލާ އުރުމިލާ މަޓޯންޑްކަރު ހިންދޫ ދީނަށް ފުރައްސާރަ ކުރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކޮންގްރެސްއާ ދާދި ފަހުން ގުޅުނު ބޮލީވުޑްގެ ކުރީގެ ބަތަލާ އުރުމިލާ މަޓޯންޑްކަރު ހިންދޫ ދީނަށް ފުރައްސާރަ ކުރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 45 އަހަރުގެ ބަތަލާގެ މައްސަލަ މުމްބާއީގެ ޕޮވާއި ފޮލިސް ސްޓޭޝަނަށް ރިޕޯޓްކުރީ ޓީވީ ޗެނެލަކަށް ދިން އިންޓަވިއުއެއްގައި ހިންދީ ދީނާ ބެހޭ ގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. މައްސަލަ ރިޕޯޓް ކުރީ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ސަޕޯޓަރުންތަކެވެ.
އެ މީހުން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ "ހިންދޫ ދީނަކީ ދުނިޔޭގެ އެންމެ އަނިޔާވެރި ދީން" ކަމަށް އުރުމިލާ ބުނެފައިވާ ކަމަށެވެ. އަދި އޭނާގެ އެ ވާހަކަތަކަކީ އިންޑިއާގެ އެންމެ ބޮޑު އާބާދީއެއް އެ ދީނަކަށް ތަބާވާ ހިންދޫ ދީނާއި އެ ދީން ގަބޫލުކުރާ މީހުންނަށް ކުރި ފުރައްސާރައެއް ކަމަށް ބުނެފައިވެ އެވެ.
އެހެންވެ އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި އުރުމިލާގެ އެ ވާހަކަތަކަކީ އިންޑިއާގެ ގައުމީ ސަލާމަތަށް ވެސް ހުރި ނުރައްކަލެއް ކަމަށް ބީޖޭޕީގެ ސަޕޯޓަރުން ބުނެފައިވެ އެވެ. އެހެންވެ އެ މައްސަލަ ބަލައި އުރުމިލާ އަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.
Urmila Matondkar joins Congress in presence of party President Rahul Gandhi pic.twitter.com/7xOcwsSBn1
— ANI (@ANI) March 27, 2019
މީގެ އިތުރުން އުރުމިލާގެ އިންޓަވިއުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ރައްޔިތުންގެ އެތައް ހައްގުތަކެއް ފޭރި ގަނެ، ރައްޔިތުންގެ މިނިވަން ކަމަށް ވެސް އަރައިގެންފައިވާ ކަމަށް ބުނެފައިވާ ކަމަށް ބީޖޭޕީގެ ސަޕޯޓަރުން ބުންޏެވެ.
މިކަމާ ގުޅިގެން އުރުމިލާ ބުނީ ބީޖޭޕީގެ ސަޕޯޓަރުން އުޅެނީ ދެއްކި ވާހަކަ އޮޅުވާލައިގެން ކަމަށާއި ހިންދީ ދީނަކީ އޭނާ ވެސް އިހުތިރާމް ކުރާ ދީނެއް ކަމަށެވެ. އަދި އެއްވެސް ދީނަކަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ނުދައްކާ ކަމަށް ކަޝްމީރުގެ މުސްލިމު ވިޔަފާވެރިއަކާ ކައިވެނިކޮށްގެން އުޅޭ ބަތަލާ ބުންޏެވެ.
ކޮންގްރެސް ޕާޓީއާ ގުޅުމަށް ފަހު، އުރިމިލާ ވަނީ މި މަހު ފަށާ އިންޑިއާގެ އާންމު އިންތިހާބުގައި ވެސް ވާދަ ކުރަން ނިންމައިފަ އެވެ.
އޭނާ ވާދަ ކުރާނީ މުމްބާއީ އުތުރު ދާއިރާގެ ގޮނޑިއަށެވެ. އެ ގޮނޑި އަށް އުރުމިލާއާ އެކު ދެން ވާދަ ކުރަނީ އެ ގޮނޑި މިހާރު މިހާރު ވެސް ތަމްސީލު ކުރާ ބީޖޭޕީގެ މެމްބަރު ގޯޕާލް ޝެޓީ އެވެ.
ޝާހްރުކްގެ ދަރިފުޅާ މެދު ކަންތައް ކުރަނީ "ޒާތީކޮށް"
ފަރުހާނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް
އަނޫޕަމްގެ ފިލްމާ ދެކޮޅަށް ކޯޓަށް
އަދަބަކަށް ގެދޮރު ހަލާކު ނުކުރަން އިންޑިއާގައި އަމުރެއް
އިދިކޮޅު ލީޑަރު ރާހުލް ވިދާޅުވީ ދެން ނުހުއްޓުވޭނެޔޭ
ލޮކް ސަބާގެ ރައީސް ހޮވަން 48 އަހަރުތެރޭ ވޯޓެއް
ކަންގަނާ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި ކާމިޔާބުކޮށްފި
އަންނަ މަހު ބާއްވާ އިންތިހާބުގައި ކަންގަނާ ވާދަކުރަނީ
މިސްކިތެއްގައި ހިންދޫން އަޅުކަން ކުރަން ހުއްދަ ދީފި
ހަރިޔާނާގައި މުސްލިމުންނާ ދެކޮޅު އަމަލުތައް އިތުރުވަނީ