Roadha Mihaaru

މާވަށު ދާއިރާގެ ވޯޓު މިއަދު އަލުން ގުނަނީ

ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރި ހޯއްދެވި މާވަށު ދާއިރާގެ ވޯޓު އަލުން ގުނަން މިއަދު ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މާވަށު ދާއިރާގެ ވޯޓު މިއަދު އަލުން ގުނަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

09 އެޕްރީލް 2019

ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރި ހޯއްދެވި މާވަށު ދާއިރާގެ ވޯޓު އަލުން ގުނަން މިއަދު ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވަނީ، ފަސް ވޯޓުގެ ތަފާތަކުން ސައީދު ކުރި ހޯއްދެވި ވޯޓު މިއަދު ގުނާނެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މާވަށު ދާއިރާގައި ހިމެނެނީ އެ ރަށުގެ އިތުރުން ހިތަދު އާއި ކުނަހަންދު އެވެ. އެ ދާއިރާގައި ވޯޓުލުމުގެ ހައްގު 2،789 މީހުންނަށް ލިބިފައިވެ އެވެ. ސައީދާ އެންމެ ގާތުން ދެން ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ފަލާހެވެ.

އެ ދާއިރާގެ ތިން ވޯޓު ފޮއްޓެއް އަލުން ގުނަން ނިންމީ އެނގިފައިވާ ގޮތުގައި، ސައީދަށް ކުރި ލިބިވަޑައިގަތީ ބާތިލް ވޯޓުތަކެއް ވެސް ގުނައިގެން ކަމަށް ފަލާހް ޝަކުވާ ހުށަހެޅުއްވުމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި 87 ދާއިރާގެ ތެރެއިން ސުޕަ މެޖޯރިޓީއާ އެކު 64 ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީންނެވެ.