ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދެ ފަހަރެއްގެ މަތިން، ލ. މާވަށު ދާއިރާގެ 72 ފޮއްޓެއް ގުނުމުން ވެސް، ކުރީގެ އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދަށް ކާމިޔާބު ލިބިވަޑައިގެންފި އެވެ.
ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދެ ފަހަރެއްގެ މަތިން، ލ. މާވަށު ދާއިރާގެ 72 ފޮއްޓެއް ގުނުމުން ވެސް، ކުރީގެ އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދަށް ކާމިޔާބު ލިބިވަޑައިގެންފި އެވެ.
ޕީއެންސީގެ ނައިބު ލީޑަރު ސައީދު މާވަށު ދާއިރާ ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާޙިމް ފަލާހްއާ ވާދަކުރައްވައި އެންމެ ފަސް ވޯޓުގެ ފަރަގަކުންނެވެ. ނަމަވެސް ފަލާހްގެ ޝަކުވާއާ ގުޅިގެން މިރޭ 69 ފޮއްޓެއްގެ ވޯޓު އަލުން ގުނުމުން އެއް ވޯޓު ސައީދަށް އިތުރެ ވޯޓުގެ ފަރަގު ވަނީ ހަޔަކަށް ބޮޑުވެފަ އެވެ.
އަންގާރާ ދުވަހު ވެސް މި ދާއިރާގެ ތިން ފޮއްޓެއް ގުނި އެވެ. އެއިން ސައީދަށް އެއް ވޯޓު މަދުވި އެވެ. އޭރު ނިކުތް ނަތީޖާއާ އެކު ސައީދުގެ ވޯޓުގެ ޖުމްލަ އަދަދަކީ 853 އެވެ. ފަލާހްގެ އަދަދަކީ 848 އެވެ.
މާވަށު ދާއިރާގެ ފޮށިތައް އަލުން ގުނަން ފެށީ ބުދަ ދުވަހު ހަވީރު 5:00 އެވެ. އަލުން ގުނައި ނިމުނީ މެންދަމުން އަލިވެ 3:30 އެހާއިރު އެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މި މަސައްކަތް ނުނިމި ގިނައިރު ވާން ފެށުމުން، އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރުން ވެސް މިއަދަށް ފަސްކޮށްފަ އެވެ.
އިލެކްޝަންސުން މިހާރު ވަނީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ބާރަށު ދާއިރާ އާއި ފޮނަދޫ ދާއިރާގެ ބާތިލް ވޯޓު ހުރި ހުރިހާ ފޮއްޓެއްގެ ބާތިލް ވޯޓު ވެސް އަލުން ގުނައިފަ އެވެ. އެކަމަކު ނަތީޖާ ބަދަލެއް ނުވި އެވެ.
ގާސިމާއި ސައީދުގެ ވޯޓުތައް އަނެއްކާ ވެސް ގުނަނީ
ވޯޓު އަލުން ގުނުމުން ވެސް މާވަށު ގޮނޑި ސައީދަށް
މާވަށު ދާއިރާގެ ވޯޓު މިއަދު އަލުން ގުނަނީ
ޔާމީން ކުރިމަތިލާން އުޅުއްވީ މާވަށު ދާއިރާ އަށް
ދެ އިންތިހާބު އެއްކޮށްލުން، ރަނގަޅީ ކޮން ގޮތެއް؟
ވޯޓު ގަތުން ހުއްޓުވަން ރާއްޖޭން މަސައްކަތްކުރަން ޖެހޭ
ބަޔާން ހުށަނޭޅި މައްސަލާގައި ތަހުގީގު ފުރިހަމަކުރަނީ
ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ މައްސަލަ ޕީޖީ އަށް
ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދައުވާ ކުރަން ފޮނުވަނީ
މާލީބަޔާން ހުށަނާޅާ 39 މީހުންނާ މެދު ގޮތެއް ނިންމަނީ