ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް މުހައްމަދު ސައީދު ކުރި ހޯއްދެވި މާވަށު ދާއިރާގެ ވޯޓު އަލުން ގުނުމުން ފަސް ވޯޓުގެ ތަފާތުން ސައީދު ގޮނޑި ކަށަވަރުކުރައްވައިފި އެވެ.
09 އެޕްރީލް 2019
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް މުހައްމަދު ސައީދު ކުރި ހޯއްދެވި މާވަށު ދާއިރާގެ ވޯޓު އަލުން ގުނުމުން ފަސް ވޯޓުގެ ތަފާތުން ސައީދު ގޮނޑި ކަށަވަރުކުރައްވައިފި އެވެ.
މާވަށު ދާއިރާގައި ހިމެނޭ ހިތަދު އާއި ކުނަހަންދޫގެ ވޯޓުން ސައީދު ކުރި ހޯއްދެވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން އިއުލާންކޮށްފައި ވަނީ ހަ ވޯޓުގެ ތަފާތުންނެވެ. އެހެންވެ އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ފަލާހު ވަނީ ސައީދަށް ކުރިލިބިވަޑައިގެންނެވީ ބާތިލް ވޯޓުތަކެއް ވެސް ގުނައިގެން ކަމަށް ވިދާޅުވެ އިލެކްޝަންސަށް ޝަކުވާ ހުށަހަޅުއްވައިފަ އެވެ.
މާވަށު ދާއިރާގެ ވޯޓު ފޮށިތައް މިރޭ އަލުން ގުނުމުން ފަލާހަށް ވަނީ އެއް ވޯޓު އިތުރަށް ލިބިވަޑައިގެން ޖުމްލަ 848 ވޯޓު ލިބިވަޑައިގެންފަ އެވެ. ހއ. ތުރާކުނަށް އުފަން ސައީދު މާވަށު ގޮނޑި ކާމިޔާބު ކުރެއްވީ އެ ދާއިރާ އަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ 2،789 މީހުންގެ ތެރޭން 853 ވޯޓުގެ އަޣުލަބިއްޔަތުންނެވެ. މާވަށު ދާއިރާ އަށް ވާދަކުރެއްވި އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަހުމަދު އަޒްހާން ފަހުމީ އަށް ވެސް އެއް ވޯޓު އިތުރަށް ލިބިވަޑައިގެން އޭނާގެ ޖުމްލަ ވޯޓު ވަނީ 651 އަށް އިތުރުވެފަ އެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވި ސައީދު ކާމިޔާބު ކުރެއްވި ގޮނޑިއާ އެކު ޕީޕީއެމާއި ޕީއެންސީ އަށް ލިބުނީ ޖުމްލަ އަށް ގޮނޑި އެވެ. މި އިންތިޚާބުގައި 65 ގޮނޑިއާ އެކު މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީންނެވެ.
ސައީދު އިންތިޚާބުވި ދާއިރާގެ ވޯޓު އަލުން ގުނަނީ
ޔާމީން ކުރިމަތިލާން އުޅުއްވީ މާވަށު ދާއިރާ އަށް
ވޯޓު ގަތުން ހުއްޓުވަން ރާއްޖޭން މަސައްކަތްކުރަން ޖެހޭ
މަޖިލިސް އިންތިޚާބު އޮތީ "އޮޅާލާފައި": އަބްދުއްރަހީމް
ދެ ވަނަ ފަހަރަށް ގުނައިގެން ވެސް ކާމިޔާބުވީ ސައީދަށް
ބާރަށާއި ފޮނަދޫ ދާއިރާގެ ވޯޓުގެ ނަތީޖާ ބަދަލެއް ނުވި
ގާސިމާއި ސައީދުގެ ވޯޓުތައް އަނެއްކާ ވެސް ގުނަނީ
ވޯޓުގެ އަޣުލަބިއްޔަތު އޮތީ އިދިކޮޅަށް: ސައީދު
މާވަށު ދާއިރާގެ ވޯޓު މިއަދު އަލުން ގުނަނީ
ފެލިދޫ ދާއިރާގެ ގޮނޑި ފަޒުލް ކާމިޔާބު ކުރައްވައިފި