ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މާވަށު ދާއިރާ އަށް ވާދަކުރައްވަން އުޅުއްވި ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
17 ފެބުރުއަރީ 2019
ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މާވަށު ދާއިރާ އަށް ވާދަކުރައްވަން އުޅުއްވި ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
އެކަމަކު، އެ ވިސްނުންފުޅު ދޫކޮށްލައްވައި، އެމަނިކުފާނު ވަނީ އެ ދާއިރާ އަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޖިލީހަށް އިންތިޚާބު ކުރަން ނިންމަވައިފަ އެވެ. އަންނަ އެޕްރީލް މަހު ހަ ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި މާވަށު ދާއިރާ އަށް ސައީދު ވާދަ ކުރައްވަނީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.
އެއީ، ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތަކާ ހެދި ޔާމީން އިސްވެ އުފެއްދެވި ޕާޓީ އެކެވެ.
މާވަށުގައި ރޭ ބޭއްވި ސައީދުގެ ކެމްޕޭން ޖަލްސާއެއްގައި، އެ ދާއިރާގެ ރައްޔިތުންނާ ފޯނުން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ މާވަށު ދާއިރާ އަށް ވާދަ ކުރެއްވުމުގެ ވިސްނުންފުޅު ދޫކޮށްލެއްވީ ސައީދަށް ޖާގަ ދެއްވަން ކަމަށެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބު ކޮށްދޭން އިޚްލާސްތެރި މަސައްކަތްތަކެއް ސައީދު ކޮށްދެއްވި ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ކުރިން އުޅުނީ މާވަށު ދާއިރާ އަށް ކުރިމަތިލާން. އެކަމަކު ދާއިރާތައް ހުސްވަމުން ހުސްވަމުން ގޮސް ހުސްވީމާ އަޅުގަނޑު އިހްތިޔާރުކުރީ ސައީދަށް މާވަށު ދާއިރާ ދޫކޮށްލަން،" ޔާމީން ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީން ސައީދާ އެކު: މާވަށު ދާއިރާ ސައީދަށް ދޫކޮށްލެއްވީ ރިޔާސީ އިންތިޚާބުގައި އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާތީ ކަމަށް ވިދާޅުވި. --. ފޮޓޯ: ނިޝާން އަލީ/މިހާރު
އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ އަޣުލަބިއްޔަތު ނަގަން ޕީޕީއެމާއި ޕީއެންސީން ބޭނުންވާ ކަމަށެވެ. އެކަމަކު މަޖިލިހުގެ 87 ދާއިރާގެ ތެރެއިން ބައެއް ދާއިރާތަކަށް ވާދަނުކޮށް، އެ ދާއިރާތަކުން ނުކުންނަ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ކުރަން އެމަނިކުފާނު ވަނީ ނިންމަވައިފަ އެވެ.
އެއީ، ޔާމީން ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ވެސް އެ ދާއިރާތަކަށް ވާދަކުރުމާ އެކު އެމްޑީޕީ އަށް ގޮނޑި ހިނގައިދާނެ ކަމުގެ ފުރުސަތު ވެސް އޮތުމުންނެވެ.
ޕީޕީއެމުން ކުރިން ވާދަކުރަން ނިންމައި، ޓިކެޓް ދިން ދާއިރާތައް ޖުމްހޫރީ ޕާޓީ އަށް ދޫކޮށްލުމުން ޕާޓީގެ އެތެރޭގައި ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުންތަކެއް ހުންނާނެ ކަން ގަބޫލުފުޅު ކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ. ދޫކޮށްލި ދާއިރާތަކުގެ ތެރެއިން ވެސް މާވަށު ދާއިރާ މުހިއްމުވީ، އެ ދާއިރާގެ އަޣުލަބިއްޔަތު ހޯދައި ދޭނެ ކަމުގެ ޔަގީން ކަން އެމަނިކުފާނަށް އެ ދާއިރާގެ ރައްޔިތުންތަކެއް ދީފައި އޮތުމުން ކަމަށް ވިދާޅުވި އެވެ.
ޔާމީނަށް ދެއްވި ޔަގީންކަމާ އެއްގޮތަށް، މާވަށު ދާއިރާ އަށް ސައީދު އިންތިޚާބު ކުރަން މަސައްކަތް ކޮށްދޭން ވެސް ޔާމީން އެދިވަޑައިގަތެވެ.
މި ފަހަރުގެ އާންމު އިންތިޚާބަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅު ޔާމީން އަނބުރާ ގެންދެވި އިރު، މަނީ ލޯންޑެރިން ހިންގި ކަމުގެ ތުހުމަތާ އެކު ދައުވާކޮށްދޭން އެދި މައްސަލަ ވަނީ ޝަރީއަތަށް ހުށަހަޅައިފަ އެވެ.
ވޯޓު އަލުން ގުނުމުން ވެސް މާވަށު ގޮނޑި ސައީދަށް
ސައީދު އިންތިޚާބުވި ދާއިރާގެ ވޯޓު އަލުން ގުނަނީ
ޕީއެންސީގެ ރައީސަކަށް އަބްދުއްރަހީމް ހަމަޖައްސައިފި
ޕީއެންސީގެ ހުއްދަ ލަސްކޮށް މެމްބަރުން "ތާށިކޮށްފައި"!
ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަނީ
ހުކުމާއެކު ޕީޕީއެމަށް އާ ދިރުމެއް ލިބިއްޖެ: އަދުރޭ
ޕީޕީއެމުން އިދިކޮޅަށް: ކާމިޔާބީ އޮތީ ވަރަށް ކައިރީގައި
ޕީއެންއެފްއިން 3،000 މެމްބަރުން ހަމަކޮށްފި
ސައީދުގެ ރައްދު: މައްސަލައަކީ ވެރިކަން ހަޖަމް ނުވުން!
ޔާމީން އެދުމަކީ މުުއިއްޒުގެ ކެމްޕެއިނުގައި ބައިވެރިވުން