ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބާރަށު ދާއިރާ އާއި ފޮނަދޫ ދާއިރާގެ ފޮށިތަކުގެ ތެރިން ބާތިލް ވޯޓު ހުރި ފޮށިތަކުގެ ބާތިލް ވޯޓު އަލުން ގުނައި ނަތީޖާ އަށް ބަދަލެއް އަންނަ ވަރު ކަމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ނިންމައިފި އެވެ.
ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބާރަށު ދާއިރާ އާއި ފޮނަދޫ ދާއިރާގެ ފޮށިތަކުގެ ތެރިން ބާތިލް ވޯޓު ހުރި ފޮށިތަކުގެ ބާތިލް ވޯޓު އަލުން ގުނައި ނަތީޖާ އަށް ބަދަލެއް އަންނަ ވަރު ކަމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ނިންމައިފި އެވެ.
އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު އަބްދުﷲ 1،524 ވޯޓުން ކާމިޔާބުކުރެއްވި ބާރަށު ދާއިރާގެ ބާތިލް ވޯޓުތައް އަލުން ގުނުމަށް ފަހު އީސީން ނިންމީ ބާތިލް ކަމަށް ކަނޑައަޅާފައިވާ 14 ވޯޓެއް ސައްހަ ކަމަށެވެ. އޭގެ ތެރެއިން ހަތް ވޯޓު އަހްމަދަށް ލިބިވަޑައިގެން އިރު އަނެއް ހަތް ވޯޓު ލިބިވަޑައިގަތީ އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ބާރަށު ދާއިރާގެ މިހާރުގެ މެންބަރު ޕީއެންސީގެ އިބްރާހިމް ސުޖާއު އަށެވެ. ސުޖާއު އަށް ލިބިވަޑައިގެންފައި ވަނީ 1،482 ވޯޓެވެ.
އެހެންވެ ނަތީޖާއަކަށްވީ 1،531 އަދި ސުޖާއު އަށް 1،489 އެވެ.
މި ދާއިރާގެ ތިން ފޮއްޓެއް ގުނަން ހަމަޖެހިފައި އޮތަސް ދެ ފޮށި ގުނައިގެން އައި ނަތީޖާ އަކީ ތިން ވަނަ ފޮށީގެ ނަތީޖާ އިން ބަދަލު ނުވާނެ ނަތީޖާ އަކަށް ވާތީ، ތިން ވަނަ ފޮށީގެ ވޯޓެއް ނުގުނަ އެވެ.
މިރޭ ދެން ގުނަން ނިންމީ ފޮނަދޫ ދާއިރާގެ ބާތިލް ވޯޓެވެ. އެކަމަކު ފޮނަދޫ ދާއިރާގެ މިހާރުގެ މެންބަރު، ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ކެމްޕޭން އެޖެންޓު އެދިވަޑައިގަތީ ހުރިހާ ފޮއްޓެއްގެ ވޯޓު ގުނުމަށެވެ. އަދި މި މައްސަލަ އަދުރޭގެ ފަރާތުން އީސީގެ ސެކްރެޓަރީ ޖެނެރަލަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އެއްބަސްވުމަކާ ހަމަޔަކަށް ނާދެވި، ގުނާފައި ވަނީ އެންމެ ފޮއްޓެއްގެ ބާތިލް ވޯޓެވެ. އޭގައި ހުރި ބާތިލް ވޯޓުގެ ތެރޭގައި ސައްހަ ކަމަކަށް ބަލާނެ ވޯޓެއް ނުފެނުނެވެ. އަދި މީގެ ފަހުން އަދުރޭގެ މަންދޫބުން ނެތި، ގާނޫނާ ހިލާފަށް އެ ފޮށި ގުނި ކަމުގެ ޝަކުވާ ވެސް ވަނީ ކޮށްފަ އެވެ.
ފޮނަދޫ ދާއިރާގެ އިންތިހާބުގައި އަދުރޭ އަށް ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް މޫސާ ސިރާޖާ ވާދަކުރައްވައިގެންނެވެ. ސިރާޖަށް 1،007 ވޯޓު ލިބިވަޑައިގެން އިރު އަދުރޭ އަށް ލިބިވަޑައިގަތީ 963 ވޯޓެވެ.
މިރޭ ގެންދަނީ ޕީއެންސީގެ ނައިބު ލީޑަރު، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކާމިޔާބު ކުރެއްވި މާވަށު ދާއިރާގެ ފޮށިތައް ވެސް އަލުން ގުނަމުންނެވެ. އެގޮތުން އެ ދާއިރާގެ ވޯޓު ލާފައިވާ 69 ފޮއްޓެއް ގުނަން ނިންމާފައިވެ އެވެ. އެ މަސައްކަތް މިރޭ ނިމޭނެ އިރެއް އަދި ނޭނގެ އެވެ. އެހެންވެ، މިރޭ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރުން ވެސް ވަނީ މާދަމާ އަށް ފަސްކުރަން ޖެހިފަ އެވެ.
ވޯޓު ގަތުން ހުއްޓުވަން ރާއްޖޭން މަސައްކަތްކުރަން ޖެހޭ
މަޖިލިސް އިންތިޚާބު އޮތީ "އޮޅާލާފައި": އަބްދުއްރަހީމް
އިންތިޚާބު އޮޅުވާލަން ފުރުސަތެއް ނެތް: ޝަރީފް
އިންތިޚާބު ފަސްކުރަން ޕީޕީއެމުން އެދިއްޖެ
ޕީއެންސީގެ ހުއްދަ ލަސްކޮށް މެމްބަރުން "ތާށިކޮށްފައި"!
އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވަން ފާސްކޮށްފި
އިންތިހާބުގެ ތާރީހު ބަދަލުކުރަން ތާއީދުކުރަން: ޕީޕީއެމް
މިފަހަރު އެންމެ ގިނަ ފައިސާ ޕީޕީއެމް/ޕީއެންސީ އަށް
ޕީއެންސީން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ: އެމްޑީޕީ
"ހުށަހެޅީ ފޭކް ފޯމްތަކެއް، ހައްލުނުކޮށް ވޯޓުލައިގެން ނުވާނެ"