14 އެޕްރީލް 2019
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ބައެއް މިނިވަން މުއައްސަސާތަކުގެ ގާނޫނުތަކަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ބިލްތަކެއް ހުށަހަޅައިފަ އެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނު އަދި އޮޑިޓް ގާނޫނަށް އިސްލާހުތަކެއް ގެންނަން ސަރުކާރުން ވަނީ ބިލްތަކެއް ހުށަހަޅައިފަ އެވެ.
އެ ބިލްތަކާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ އިސްލާހުތަކަކީ އެ ފަސް މުއައްސަސާގެ މަސްއޫލިއްޔަތުތައް މިނިވަންކަމާ އެކު އަދާކުރަން މަގުފަހިކުރަން މިހާރުން މިހާރަށް ގެނައުމަށް ހުށަހެޅި އިސްލާހުތަކެއް ކަމަށެވެ. އެ މުއައްސަސާތަކުގެ އިތުރުން ޖޭއެސްސީގެ ގާނޫނަށް ވެސް ސަރުކާރުން އިސްލާހުތަކެއް ފަހުން ހުށަހަޅާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް ވެސް ކަމާގުޅޭ އިސްލާހުތައް ހުށަހެޅޭނެ އެވެ. އެހެން ނަމަވެސް މިވަގުތު އެ ގާނޫނަށް ގެންނަންޖެހޭ އެހެން އިސްލާހުތަކެއްގެ މަސައްކަތް ވެސް ކުރަމުންދާތީ އެ ގާނޫނަށް އިސްލާހު ހުށަހަޅަން ގަސްދު ކޮށްފައިވަނީ ފަހުގެ ތާރީޚެއްގައި އެވެ،" އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން މިހާރު އިސްލާހު ހުށަހަޅާފައިވާ މިނިވަން ފަސް މުއައްސަސާއެއްގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކަކީ ނުފޫޒެއް ނެތި މިނިވަން ކަމާ އެކު މަސައްކަތް ކުރެވޭނެ ގޮތަށް އަދި އެ މުއައްސަސާތަކުގެ މެމްބަރުން ސުލޫކީ މިންގަނޑުތަކާ ބެހޭ މާއްދާތައް އެކުލެވޭ އިސްލާހުތަކެކެވެ.
މީގެ އިތުރުން އެ މުއައްސަސާތަކުގެ މެމްބަރުންގެ މާލީ ބަޔާން ހުށަހެޅުމުގެ އުސޫލުތައް ހަރުދަނާ ކުރުމާއި މަސްލަހަތު ފުށުއަރާ ކަންކަމުން ދުރުވާންޖެހޭ ގޮތް ހެދުމާއި އެހެން ވަޒީފާއެއް ނުވަތަ އިތުރު އާމްދަނީއެއް ލިބޭ ކަމެއް ކުރުން މަނާ ކުރުމުގެ އިތުރުން ސުލޫކީ މިންގަނޑާ ޚިލާފްވުމުން އެޅޭނެ ފިޔަވަޅުތައް ބަޔާންކުރާ އިސްލާހުތައް ވެސް ހިމެނޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ މުއައްސަސާތައް މަޖިލީހަށް ޖަވާބުދާރީ ކުރުވުމުގެ އުސޫލުތަކާ ގުޅޭ އިސްލާހުތައް ވެސް ހިމެނޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނަކީ މިނިވަންކަމާ އެކު ޒިންމާތައް އަދާ ކުރަން ބާރު އަޅާ ގޮތަށް މިހާރު ވެސް އޮތް ގާނޫނަކަށް ވާތީ އެ ގާނޫނަށް މިވަގުތު އިސްލާހު ގެނައުމުގެ ބަދަލުގައި ވިސްނާފައި އޮތީ ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތު އަލުން ކަނޑައެޅުމަށެވެ. އެގޮތުން އެ ސިޔާސަތު މިދިޔަ ޖެނުއަރީ މަހު އަލުން ކަނޑައަޅައި، އާންމުކޮށްފައިވާ ކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
މިނިވަން މުއައްސަސާތަކުގެ ގާނޫނަށް ގެންނަންޖެހޭ އިިސްލާހުތައް މަޖިލީހަށް ހުށަހެޅުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރަން ހަމަޖައްސާފައި އޮތް ކަމެކެވެ. އެ ބިލްތައް މަޖިލީހަށް ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހު އެވެ.
ޖޭއެސްސީއަށް ހުށަހެޅީ މިވަގުތަށް އެންމެ ރަނގަޅު ބަދަލު
ޖޭއެސްސީން ތިން މެންބަރަކު އުނިކުރަން މަޖިލީހަށް
ގިނަ މީހުން އެދެނީ ޖޭއެސްސީގައި ސިޔާސީ މީހުން ނުތިބެން
ރާއްޖޭން އެދެނީ ސަރަހައްދު ބޮޑުކުރުމާ ދެކޮޅުނުހަދަން
ނުބައި ލަފާދޭތީ ބަންޑާރަ ނައިބު ވަކިކުރަންޖެހޭ: ޔާމީން
ޖޭއެސްސީ އިސްލާހުކުރަން އާއްމުންގެ ހިޔާލަށް ހުޅުވާލައިފި
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރަން މަސައްކަތް ފަށައިފި
ކައުންސިލްތަކުގެ މައްސަލާގައި ކުރި ހުކުމް އިސްތިއުނާފަށް
ކައުންސިލްތަކަށް ކޯޓުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ
ނަފްރަތުގެ ބިލަށް ބަދަލުގެންނަން މަޝްވަރާތައް ފަށައިފި