Roadha Mihaaru
ބިރުވެރި ބޮމުގެ ހަމަލާތަކަށް ފަހު ކޮލަމްބޯ ހިމޭންވެފައި

ބިރުވެރި ބޮމުގެ ހަމަލާތަކަށް ފަހު ކޮލަމްބޯ އަށް ހިމޭންކަން

28 އެޕްރީލް 2019

ސްރީ ލަންކާގެ ކޮލަމްބޯގައި އެންމެ ތޮއްޖެހިފައި އޮންނަ އެއް ހިސާބަކީ މައި މަގުގެ ގޮތުގައި ބެލެވިފައި އޮންނަ ގޯލް ރޯޑެވެ. މީގެ ހަފްތާއެއް ކުރިން އެއީ ހަލަބޮލި ޓްރެފިކުން ސަލާމަތް ނުވެވިފައި އޮންނަ ދިގު މަގެކެވެ. ކުރޮޅި އާއި ބަހާއި ކާރާއި ސައިކަލް ފަދަ ވެހިކަލްތަކުން އަޅާ ބަރުގޮނުގެ އަޑުތައް އަޑުއަހާލަން ހިތަށް ފަސޭހައެއް ނޫނެވެ. ކޮލަމްބޯގެ މަޝްހޫރު ތަންތަން އެ ބޮޑު މަގުގައި ހުއްޓަސް، ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެއީ "ފަޅުވެފައި" އޮތް ތަނެކެވެ.

މުހައްމަދު ޔާމީން ކޮލަމްބޯ އިން މުހައްމަދު ޔާމީން

ސްރީ ލަންކާގެ ކޮލަމްބޯގައި އެންމެ ތޮއްޖެހިފައި އޮންނަ އެއް ހިސާބަކީ މައި މަގުގެ ގޮތުގައި ބެލެވިފައި އޮންނަ ގޯލް ރޯޑެވެ. މީގެ ހަފްތާއެއް ކުރިން އެއީ ހަލަބޮލި ޓްރެފިކުން ސަލާމަތް ނުވެވިފައި އޮންނަ ދިގު މަގެކެވެ. ކުރޮޅި އާއި ބަހާއި ކާރާއި ސައިކަލް ފަދަ ވެހިކަލްތަކުން އަޅާ ބަރުގޮނުގެ އަޑުތައް އަޑުއަހާލަން ހިތަށް ފަސޭހައެއް ނޫނެވެ. ކޮލަމްބޯގެ މަޝްހޫރު ތަންތަން އެ ބޮޑު މަގުގައި ހުއްޓަސް، ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެއީ "ފަޅުވެފައި" އޮތް ތަނެކެވެ.

ލަންކާގެ ދާހިލީ ހަނގުރާމަ 2009 ގައި ނިމުމަކަށް އައި ފަހުން ކޮލަމްބޯ އާއި އެ ސިޓީގެ ބޭރުގައި ދިން ޓެރަރިސްޓް އެންމެ ބޮޑު ހަމަލާ އަށް ފަހު، ލަންކާގެ ސަލާމަތީ ބާރުތައް ވަނީ "ހޭލައްވާލައިފަ" އެވެ. ކޮލަމްބޯގެ ގިނަ މަގުތަކުގައި ސިފައިންނާއި ފުލުހުން ކުރިއަށް ވުރެ ބޮޑަށް ހަރަކާތްތެރިވެ އެވެ. މިއީ ހަނގުރާމަ ނިމުނު ފަހުން، މިހާ ގިނަ އަދަދެއްގެ ސިފައިން މަގުމައްޗަށް ނެރުނު ފުރަތަމަ ފަހަރެވެ. ހަނގުރާމައިގެ ފަހުން ލަންކާގެ ވައިގެ ސިފައިން ވެސް މަގުމައްޗަށް ނެރުނު ފުރަތަމަ ފަހަރެވެ.

ލަންކާގައި މިދިޔަ އާދީއްތަ ދުވަހު އެކި ހިސާބުތަކުގައި ބޮންތަކެއް ގޮއްވާލައި 253 މީހަކު މަރުވި ހާދިސާއާ ގުޅިގެން އެންމެ ގިނަ ބަޔަކު ސިފަކުރާ ގޮތުގައި ކޮލަމްބޯގައި ދިރިއުޅޭ މީހުންނަށް ވަނީ ނުތަނަވަސްކަމާއި މޮޅިވެރިކަން ކުރިމަތިވެފަ އެވެ. ރޭގަނޑު އަށެއް ޖަހާކަން ހާއިރު ފެނުނީ ގާތްގަނޑަކަށް ހުސްކޮށް އޮތް ތަނެވެ. އެކި ސަރަހައްދުތަކުގައި ފުލުހުންގެ ޗެކްޕޯސްޓުތައް ހުއްޓެވެ.

"ބޭރަށް ނުކުމެ ހަދަން ވަރަށް ބިރުގަނޭ. އެއީ ބަދަލު ހިފުމުގެ ހަމަލާއެއް މުސްލިމުންނަށް އަތުވެދާނެތީ އާއި އިތުރު ބޮމުގެ ހަމަލާތައް ދީފާނެތީ. އެއްވެސް ގޮތެއް ނެތިގެން މިހާރު ބޭރަށް ނުކުންނަނީ. --- ލަންކާގައި އުޅޭ ދިވެއްސެއް

ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓު ފަދަ ގިނަ ތަންތަން ހުންނަނީ ބަންދުކޮށްފަ އެވެ. ބޮމުގެ ހަމަލާގެ ކުރިން، ރޭގަނޑުގެ އެ ގަޑިއަކީ އާންމުކޮށް މީހުން ނުކުމެ އުޅޭ ގަޑި އެވެ. ގިނަ ފަހަރު މަގުތައް ހުސްވާން ފަށާނީ ވެސް ރޭގަނޑު ދިހައެއްގެ ފަހުންނެވެ. އެކަމަކު، ކޮލަމްބޯ މިހާރު ތަފާތެވެ. ކާފިއު އިއުލާން ކުރުމުގެ ދެ ގަޑިއިރެއް ހާއިރު ކުރިން ކޮލަމްބޯގެ ގިނަ މަގުތައް އެއްކޮށްހެން "ހުސްވެ" އެވެ.

ލަންކާގެ މަގުތަކުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ.

ލަންކާގެ މަގުތަކުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ.

ލަންކާގެ ފައްޅިތަކަށާއި ހޮޓާތަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކާ އެކު އެ ގައުމުގައި ދިރިއުޅޭ 15،000 އެއްހާ ދިވެހިންނަށް ވަނީ ބިރުވެރިކަމާއި ހާސްކަން ކުރިމަތިވެފަ އެވެ. ހާއްސަކޮށް، ބޭރަށް ނުކުމެ ހަދައި އުޅުމަކީ މިހާރު ދިވެހިންނަށް ވެސް އެހާ ފަސޭހަ ކަމެއް ނޫނެވެ. ދިވެހިންގެ ހިތުގައި މިހާރު އޮތް އެންމެ ބޮޑު ބިރުވެރިކަމަކީ އެ ހަމަލާގެ ތުހުމަތު މުސްލިމުންގެ ބޮލުގައި އެޅުވުމެވެ.

ލަންކާ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ބޮމުގެ ހަމަލާ ދީފައި ވަނީ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އާއި ޖަމާއަތުލް މިއްލަތު އިބްރާހިމެވެ. ހަމަލާގެ ތުހުމަތު މުސްލިމުންގެ ބޮލުގައި އެޅުވުމާ ގުޅިގެން، އެކަމުގެ ނޭދެވޭ އަސަރު އެހެން މުސްލިމުންނަށް ކުރުމުގެ ފުރުސަތު އޮތް ކަމަށް ދިވެހިން ގަބޫލުކުރެ އެވެ.

"ބޭރަށް ނުކުމެ ހަދަން ވަރަށް ބިރުގަނޭ. އެއީ ބަދަލު ހިފުމުގެ ހަމަލާއެއް މުސްލިމުންނަށް އަތުވެދާނެތީ އާއި އިތުރު ބޮމުގެ ހަމަލާތައް ދީފާނެތީ. އެއްވެސް ގޮތެއް ނެތިގެން މިހާރު ބޭރަށް ނުކުންނަނީ. ފިހާރަ އަށް ގޮސް ކޮންމެހެން ގަންނަން ބޭނުންވާ އެއްޗެއް ގަތުމަށް އެކަނި،" ލަންކާގައި އާއިލާއާ އެކީގައި ދިރިއުޅެމުން އަންނަތާ 10 އަހަރެއްހާ ދުވަސް ވެފައިވާ މުހައްމަދު ރަޝީދު "މިހާރު" އަށް ކިޔައިދިނެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު އަސްލަމް ޝާކިރު ވިދާޅުވީ އެ ގައުމުގައި ދިރިއުޅެމުން އަންނަ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. ހާއްސަކޮށް، އެމްބަސީގެ މަދު ސްޓާފުން ވަރަށް އަވަދިނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާ ސިފައިންތަކެއް ހަތިޔާރާ އެކު މަގެއްގައި ހަރަކާތްތެރިވަނީ: މިއީ ހަނގުރާމައިގެ ފަހުން މަގުތަކަށް މިހާ ގިނަ ސިފައިން ނުކުމެ އުޅޭ ފުރަތަމަ ފަހަރު.

ލަންކާ ސިފައިންތަކެއް ހަތިޔާރާ އެކު މަގެއްގައި ހަރަކާތްތެރިވަނީ: މިއީ ހަނގުރާމައިގެ ފަހުން މަގުތަކަށް މިހާ ގިނަ ސިފައިން ނުކުމެ އުޅޭ ފުރަތަމަ ފަހަރު.

އޭނާ ވިދާޅުވި ގޮތުގައި ދިވެހިން އެންމެ ގިނަ އިން ގުޅާ އެއް ކަންކަމަކީ ސޯޝަލް މީޑިއާގައި ފެތުރޭ ތަފާތު އެކި ވާހަކަތަކުގެ ތެދާއި ދޮގު ޔަގީން ކުރުމަށެވެ. ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކަތަކުގެ ސަބަބުން ދިވެހިންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ދަތުރު ކުރުމުގައި ދަތިތަކެއް ހުރުމާއި ކާބޯތަކެތި ގޭގައި ނެތް ކަމަށް ބުނެ، ދިވެހިން ޝަކުވާ ކުރުމުން އެކަންކަން ވެސް ހަމަޖައްސައިދީފައި ހުންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ކާފިއު ނޯންނަ ގަޑިތަކެއް އެބަ ހުރި ކަނޑައަޅާފައި. އެހެންވީމަ ދިވެހިން އެ ގަޑިތަކުގައި ނުކުމެ ކާބޯތަކެތި ހަފްތާއަކަށް ވާވަރަށް ގެއަށް ގެންދިއުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. ސަބަބަކީ މިކަން ދެމިގެންދާނީ ކިހާ ދުވަހަކަށް ކަމެއް ނޭނގޭ،" ބޮމުގެ ހަމަލަތަކާ ގުޅިގެން ދިވެހިންގެ ކަންކަން އެންމެ ގާތުން ބެއްލެވި މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްލަމް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ދިވެހިންނަކަށް ބޮޑު ކަމެއް ނުހިނގާ."

އަސްލަމް ވިދާޅުވި ގޮތުގައި ބޮމުގެ ހަމަލާތަކަށް ފަހު ދިވެހިންގެ ފަރާތުން ބޮޑު އެއްބާރުލުމެއް އަންނަނީ ލިބެމުންނެވެ. އަދި ދިވެހިންގެ ކެތްތެރިކަން އޭނާ ފާހަގަކުރެއްވި އެވެ. އެމްބަސީ އަށް ގުޅައިގެން ދިވެހިން އިރުޝާދުތަކާއި ލަފާތައް ވަރަށް ގިނަ އިން ހޯދާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީކީ އެއްވެސް ބަޔަކު ތައްޔާރުވެގެން ހުރި ހާލަތެއް ނޫން. ކުއްލިއަކަށް ކަމެއް ދިމާވީމަ، ވަރަށް ބޮޑަށް ބިރުވެރިކަން ދިވެހިންގެ ހިތްތަކަށް ވަނީ ވަދެފައި،" ލަންކާގެ އެމްބަސީ ކައިރީގައި ހުންނަވައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވަނީ ދިވެހި އެމްބަސީގެ ވެބްސައިޓް މެދުވެރިކޮށް، ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި ދިވެހިން ރެޖިސްޓްރީ ކުރާ ނަމަ، އެމީހުންނަށް އެމްބަސީގެ ފަރާތުން އެހީތެރިވުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާގައި ހުންނަ ފައްޅިއަކަށް ދިން ހަމަލާގައި އެތަނަށް ލިބުނު ގެއްލުންތައް އެ ގައުމުގެ ރައީސް މައިތުރަޕާލާ ސިރިސެނާ ބައްދަލާވައްލަވަނީ. --- ފޮޓޯ: އޭއެފްޕީ

ލަންކާގައި ހުންނަ ފައްޅިއަކަށް ދިން ހަމަލާގައި އެތަނަށް ލިބުނު ގެއްލުންތައް އެ ގައުމުގެ ރައީސް މައިތުރަޕާލާ ސިރިސެނާ ބައްދަލާވައްލަވަނީ. --- ފޮޓޯ: އޭއެފްޕީ

ލަންކާގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ އިރު، ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް ކައިރި އާއި އެއާޕޯޓު ތެރެ ހާއްސަ ގޮތެއްގައި ދަނީ ބަލަހައްޓަމުންނެވެ. އެގޮތުން، އެއާޕޯޓަށް ދާ ވެހިކަލްތަކާއި އެއާޕޯޓުން ނުކުންނަ ވެހިކަލްތައް ވަކިވަކިން ޗެކްކޮށް، ގޮވާ ޒާތުގެ އެއްޗެއް ފެނޭތޯ ބަލަ އެވެ.

މީގެ އިތުރުން، އެއާޕޯޓަށް ފުރަން ދާ މީހުންނާއި ލަންކާ އަށް އަންނަ މީހުންގެ ދަބަސްތަކާއި ފޮށި ފަދަ ތަކެތި ވަކިވަކިން ބަލައި ފާސްކުރެ އެވެ. އަދި އެއާޕޯޓު ބޭރުގައި ގިނަ އަދަދަކަށް ސިފައިން ތިބޭ އިރު، ވަކިވަކިން ކޮންމެ މީހެއް ބަލަ އެވެ.

ކާފިއު ނޯންނަ ގަޑިތަކެއް އެބަ ހުރި ކަނޑައަޅާފައި. އެހެންވީމަ ދިވެހިން އެ ގަޑިތަކުގައި ނުކުމެ ކާބޯތަކެތި ހަފްތާއަކަށް ވާވަރަށް ގެއަށް ގެންދިއުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް: އަސްލަމް

ލަންކާގެ އުތުރުގައި ވަކި ސަރުކާރެއް އުފެއްދުމަށް ތަމަޅަ ޓައިގަރުން 36 އަހަރު ވަންދެން ހަނގުރާމަ ކުރި އެވެ. މީގެ ދިހަ ވަރަކަށް އަހަރު ކުރިން އެ ހަނގުރާމަ ނިމުނު އިރު، ލައްކައަކަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ތަމަޅަ ހަނގުރާމަވެރިންގެ މައްޗަށް މަހިންދަ ރާޖަޕަކްސާގެ ސަރުކާރުން 2009 ގައި ހޯދި ކާމިޔާބަށް ފަހު މިދިޔަ އާދިއްތަ ދުވަހާ ޖެހެންދެން އެ ގައުމުގައި އޮތީ އަމާންކަމެވެ.

ކޮލަމްބޯ ހަމަހިމޭންވެފައި އޮތް ކަމުގައިވިޔަސް، މުސްލިމުންނަށް ތަފާތު އުނދަގޫތައް ކުރިމަތިވުމުގެ ބިރު ބޮޑެވެ. އެހެންވެ ދިވެހިން ވެސް މިހާރަށް ވުރެ ބޮޑަށް ވިސްނަން ޖެހެ އެވެ.