މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ބޭރު ބަޔަކާ ގުޅިގެން ރާއްޖޭގައި އާބިޓްރޭޝަން ކޯހެއް ހިންގަން ގެންދަން ނިންމައިފި އެވެ.
09 މެއި 2019
މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ބޭރު ބަޔަކާ ގުޅިގެން ރާއްޖޭގައި އާބިޓްރޭޝަން ކޯހެއް ހިންގަން ގެންދަން ނިންމައިފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ކުރި އިއުލާނެއްގައި ބުނީ ބޭރުގެ އިންސްޓިޓިއުޓަކާ ގުޅިގެން އާބިޓްރޭޝަން ސެންޓަރުން އިންތިޒާމްކުރާ ކޯހަކާއި ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ޕްރޮގްރާމްގައި ބައިވެރިވާން އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
ހިންގަން ނިންމާފައި ވަނީ އިންޓްރޮޑަކްޝަން ޓު އިންޓަނޭޝަނަލް އާބިޓްރޭޝަންގެ ކޯހަކާއި އާބިޓްރަލް އެވޯޑް ރައިޓިންއާ ބެހޭ ތަމްރީނު ޕްރޮގްރާމެކެވެ. އޭޖީ އޮފީހުން ބުނި ގޮތުގައި ދެ ޕްރޮގްރާމް ވެސް ކުރިއަށް ގެންދާނީ އިނގިރޭސިވިލާތުގެ ޗާޓަޑް އިންސްޓިޓިއުޓް އޮފް އާބިޓްރޭޓާސް އިންނެވެ.
އިންޓްރޮޑަކްޝަންގެ ޓު އިންޓަނޭޝަނަލް އާބިޓްރޭޝަން ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ ގާނޫނީ ދާއިރާއިން ނުވަތަ އިންޖިނިއަރިންގެ ދާއިރާއިން ނުވަތަ ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ނުވަތަ ކޮންސްޓްރަކްޝަންގެ ދާއިރާއިން ދަށްވެގެން ޑިގްރީއެއް ހާސިލްކޮށްފައި އޮތުމެވެ. އާބިޓްރަލް އެވޯޑް ރައިޓިންއާ ބެހޭ ތަމްރީން ޕްރޮގްރާމްގައި ބައިިވެރިވުމުގެ ޝަރުތަކީ ގާނޫނީ ދާއިރާ އިން ދަށްވެގެން ޑިގްރީއެއް އޮތުމާ އެކު ތިން އަހަރާއި 10 އަހަރާ ދެމެދުގެ ތަޖުރިބާ ހުރުމެވެ.
އާބިޓްރޭޝަނާ ބެހޭ ކޯހެއް ކުރިއަށް ގެންދަން ނިންމިއިރު، އާބިޓްރޭޝަން ސެންޓަރުން ދާދިފަހުން ވަނީ އެތަނުގެ އިސް މަގާމުތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެގޮތުން އެ ސެންޓަރުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމާއި ރެޖިސްޓްރާގެ މަގާމަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ދާދިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ތިން ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ. އެގޮތުން އެ ބޯޑުގެ ޗެއާމަނަކަށް ޝަހުދީ އަންވަރު އައްޔަން ކުރައްވައި، ހުސައިން ސިރާޖާއި ސަފާ ޝަރީފް ވެސް ވަނީ އެ ބޯޑުގެ މެމްބަރު ކަމަށް އައްޔަން ކުރައްވައިފަ އެވެ.
އާބިޓްރޭޝަންގެ ގާނޫނުގެ ދަށުން އުފެދިފައިވާ އެ ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޝަން ހިންގަން މަގުފަހިކޮށް ދިނުމާއި އާބިޓްރޭޝަންގެ ނިޒާމު ރާއްޖޭގައި ކުރިއަރުވައި، އެކަމާ ބެހޭ އުސޫލުތައް ކަނޑައަޅާ ސެންޓަރެވެ. އާބިޓްރޭޝަންގެ ގާނޫނު 2013 ގައި ވުޖޫދަށް އައިސްފައި އޮތަސް، އާބިޓްރޭޝަންގެ ނިޒާމު ރާއްޖޭގައި މަސައްކަތް ކުރާކަށް އަދި ނުފެށެ އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިފި
އާބިޓްރޭޝަން ސެންޓަރަށް ސީއީއޯ އަކު ހޯދަނީ
އާބިޓްރޭޝަން ސެންޓަރަށް ސީއީއޯއަކު ހޯދަން އިއުލާންކޮށްފި
އާބިޓްރޭޝަން ސެންޓަރު ރަސްމީކޮށް އިފުތިތާހުކޮށްފި
އޭޖީގެ ލަފައަކީ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ދިއުން
ފުށިދިއްގަރުފަޅުގެ މައްސަލާގައި އެދެނީ ދެ ބިލިއަނަށް
ފުށިދިއްގަރު ފަޅުގެ މައްސަލަ ވެސް އާބިޓްރޭޝަނަށް!
ބަދަލު ދިނުމަށް ކޮމެޓީން ލަފާދޭ އުސޫލު އެކުލަވާލައިފި
އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ލަފާދޭ ކޮމެޓީއެއް ނަގަނީ
އާބިޓްރޭޝަން ސެންޓަރުގެ ސީއީއޯއަކަށް މަމްދޫހާ އަލީ