ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކައިރި ކުރައްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ތަރާވީހެއްގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވެވަޑައިގެންފި އެވެ.
16 މެއި 2019
ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކައިރި ކުރައްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ތަރާވީހެއްގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވެވަޑައިގެންފި އެވެ.
ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޖަމީލް ޕީޕީއެމްގެ ހަފުލާއަކުން މި ފެނުނީ، ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތާ އެކު އިތުބާރު ނެތްކަމުގެ ވޯޓަކުން މަގާމުން ދުރު ކުރެއްވި މައްސަލައިގައި ހިތްހަމަޖެހިވަޑައިނުގެން، ޔާމިނާއި ޕީޕީއެމަށް ފާޑުވިދާޅުވަމުން ގެންދެވުމަށް ފަހު އެވެ.
ޔާމީން ވެރިކަން ކުރެއްވި ގޮތާއި އެމަނިކުފާނުގެ ސިޔާސަތުތަކާ ދެކޮޅަށް ނުކުންނަވައި، މަގާމުން ދުރު ކުރެއްވުމަށް ވެސް އޭރުގެ އިދިކޮޅު ފަރާތްތައް (މިހާރު ވެރިކަން ކުރާ ކޯލިޝަން)އާ ގުޅިވަޑައިގެން ޖަމީލް މަސައްކަތްޕުޅު ކުރެއްވި އެވެ. އެމަނިކުފާނުގެ ވިސްނުން ބަދަލުވެ، ޕީޕީއެމާ ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެ، ޕާޓީ ހަރުދަނާ ކުރަން ޖެހިފައި އޮތް ދަނޑިވަޅެއްގަ އެވެ.
ޖަމީލާއި ނިހާން އެކުގައި: ޖަމީލް ވަޑައިގަތީ ޕީޕީއެމްގެ އޮފީހުގައި އޮތް ތަރާވީހަކަށް.
މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާއި މިދިޔަ އެޕްރީލް މަހު ބޭއްވި އާންމު އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބީއާ އެކު، ޕީޕީއެމް މިހާރު ވެއްޓިފައި އޮތް "އަނދަވަޅުން" ސަލާމަތްކޮށްދޭން ތައްޔާރަށް ތިއްބެވިކަން ޖަމީލާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ޕީޕީއެމްގެ ރައީސް ޔާމީނަށް ހުށަހެޅުއްވި އެވެ. އެކަމާ ގުޅޭ ގޮތުން ޔާމީން ވަނީ ޕީޕީއެމްގެ ކައުންސިލްގައި މަޝްވަރާ ކުރައްވައިފަ އެވެ.
Kureege Naaibu Raees Dr @MJameelAhmed akee Siyaasee Gothun Varah Varugadha Beyfulheh. pic.twitter.com/wzb9jYWreU
— Ahmed Nihan (@ahmed_nihan) May 15, 2019
ޖަމީލްއާ އެކު ނެންގެވި ފޮޓޯއަކާ އެކު ނިހާން ކުރެއްވި ޓުވީޓް
ޖަމީލް މިރޭ ޕީޕީއެމް އޮފީހަށް މި ވަޑައިގަތީ، އެމަނިކުފާނު ޕީޕީއެމްގެ ލީޑަޝިޕާ ގުޅިވަޑައިގަތުމުގެ ރުހުން ކައުންސިލުން ދީފައި އޮއްވަ އެވެ.
އެ ތަރާވީހުގައި، ޔާމީނާ އެކު ޕީޕީއެމާއި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އެ ކޯލިޝަންގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި، ޖަމީލް ވަޑައިގަތީ ދައުވަތު ދެއްވުމުންނެވެ.
ޕީއެންސީގެ ނައިބު ރައީސް އަހްމަދު ނިހާން މިރޭ ވަނީ ޖަމީލާ އެކު ޕީޕީއެމްގެ އޮފީހުގައި ނެންގެވި ފޮޓޯއެއް ޓުވީޓް ކުރައްވައި އެމަނިކުފާނަށް ތައުރީފް ކުރައްވައިފަ އެވެ.
ނިހާން ވިދާޅުވި ގޮތުގައި ޖަމީލަކީ "ސިޔާސީ ގޮތުން ވަރަށް ވަރުގަދަ ބޭފުޅެކެ"ވެ.
ޖަމީލް ފޯނަށް ޖަވާބު ނުދެއްވާތީ، އެމަނިކުފާނު ބަހެއް މިރޭ ނުލިބުނެވެ. ޖަމީލް، ޕީޕީއެމާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން މިހާތަނަށް މީޑިއާގައި އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
ޖަމީލް މިހާރު ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓުގައި ވިލިމާލެ ދާއިރާ އަށް ވާދަ ކުރެއްވި އެވެ. އެކަމަކު އެމަނިކުފާނަށް އެ ގޮނޑި ކާމިޔާބެއް ނުވި އެވެ.
ޕީޕީއެމްގެ ލީޑަޝިޕް އިސްތިއުފާ ދޭން ނިހާން ގޮވާލައިފި
"ޔާމީނަށް ޖަމީލު އިހުލާސްތެރިނުވާނެ، ހެކި އެބަހުރި"
"ޖަމީލް ހެދީ އިތުރުފުޅެއް، ޔާމީން ނުގުޅުއްވާ"
"ޖަމީލަކީ ޔާމީންގެ ދުޝްމަނެއް،ނަގަނީ ނާޖާއިޒު ފައިދާ"
އަބްދުއްރަހީމްގެ ވަރުގަދަ ރައްދެއް ޑރ. ޖަމީލަށް!
ޕީއެންސީއަށް މެންބަރުން އިތުރުކުރާތީ ޔާމީންގެ ނުރުހުން!
ދެވަނަ ބުރުގައި ޔާމީން ވޯޓު ލައްވާނެ: ޖަމީލް
މުއިއްޒަށް އިތުރަށް ތާއީދު ހޯދައިދޭން ޔާމީން އެދިއްޖެ
އަނިޔާގައި ނަޝީދު ބައިވެރިވާކަމަށް ޔާމީން ގަބޫލުކުރޭ
ޔާމީންގެ ބަދަލުގައި ނަމެއް ހުށަހަޅަން އަމުރަކަށް އެދެފި