Roadha Mihaaru
ދެ ދިވެހިންގެ ބަންދު މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ލަންކާގައި ހައްޔަރުކުރި ދެ ދިވެހިންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

17 މެއި 2019

ސްރީ ލަންކާގައި ހައްޔަރު ކޮށްފައި ތިބި ދެ ދިވެހިންގެ ބަންދުގެ މުއްދަތު އަނެއްކާވެސް މިއަދު އިތުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސްރީ ލަންކާގައި ހައްޔަރު ކޮށްފައި ތިބި ދެ ދިވެހިންގެ ބަންދުގެ މުއްދަތު އަނެއްކާވެސް މިއަދު އިތުރުކޮށްފި އެވެ.

އެ ގައުމުގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން ދެ ދިވެއްސަކު އެ ގައުމުން ހައްޔަރުކުރީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި ފޮތެއް އެ މީހުން އުޅުނު ގެއިން ފެނުނު ކަމަށް ބުނެ އެވެ. އެ މައްސަލާގައި ހައްޔަރުކުރީ އެމްޑީޕީގެ ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަން މަނިކެވެ.

އެ ދެ މީހުންގެ ބަންދުގެ މުއްދަތު ކުރިން ވެސް އިތުރު ކޮށްފައި ވާއިރު، މިއަދު އެ މީހުންގެ ބަންދަށް ލަންކާ ކޯޓުން އިތުރުކުރީ ތިން ދުވަހެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސް ދެން އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

އެނގިފައިވާ ގޮތުގައި އައިއެސްއާ ގުޅުން ހުރި ކަމަށް ބުނާ އެ ފޮތާ އެ މީހުންނާ ގުޅުމެއް ނެތެވެ. އެއީ ގޭގައި އުޅުނު އެހެން މީހަކު ގެންގުޅުނު ފޮތެއް ކަމަށްވެ އެވެ. އެ ދެ މީހުން ހައްޔަރުކުރީ ލަންކާއަށް ދިޔަތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.