އެންޓޯނިއާ ގެދާޒް، 49، އަކީ މާސްޓާއެއް ހަދަން ބޭނުންވި ނަމަވެސް ވަރަށް ޒުވާން އުމުރުގައި ކައިވެނިކޮށް ދަރިއަކު ލިބުމާއި ވަޒީފާގެ ސަބަބުން ކިޔެވުމާ ދުރަށް ދާން ޖެހުނު މީހެކެވެ. އެކަމަކު މިދިޔަ ހުކުރު ދުވަހަކީ އޭނާގެ ހަޔާތުގައި އެންމެ އުފާވެރި އެއް ދުވަހެވެ.
20 މެއި 2019
އެންޓޯނިއާ ގެދާޒް، 49، އަކީ މާސްޓާއެއް ހަދަން ބޭނުންވި ނަމަވެސް ވަރަށް ޒުވާން އުމުރުގައި ކައިވެނިކޮށް ދަރިއަކު ލިބުމާއި ވަޒީފާގެ ސަބަބުން ކިޔެވުމާ ދުރަށް ދާން ޖެހުނު މީހެކެވެ. އެކަމަކު މިދިޔަ ހުކުރު ދުވަހަކީ އޭނާގެ ހަޔާތުގައި އެންމެ އުފާވެރި އެއް ދުވަހެވެ.
އޭނާ ޔުނިވަސިޓީން ގްރެޖްއޭޓްވީ ފިރިހެން ދަރިޅުފު ބްރޭޑަން ގެދާޒް، 23، އާ އެކީގައި އެއް ދުވަހެއްގަ އެވެ. ދެބަފައިން ގްރެޖްއޭޓްވީ ސައުތު ކެރޮލައިނާގެ ސްޓޭޓް ޔުނިވަސިޓީންނެވެ. އެކަމަކު ދެ ދާއިރާއަކުންނެވެ.
އެންޓޯނިއާ ގްރެޖްއޭޓްވީ ރިހިބިލިޓޭޝަން ކައުންސެލިން ދާއިރާ އިން ނެގި މާސްޓާޒް ޑިގްރީއާ އެކީގަ އެވެ. ދަރިފުޅު ގްރެޖްއޭޓްވީ ބިޒްނެސް މެނޭޖްމަންޓުން ނެގި ބެޗްލާޒް ޑިގްރީންނެވެ. ދެބަފައިން އެކީގައި ގްރެޖްއޭޓްވި ނަމަވެސް ހަތަރު އަހަރު ދުވަހުގެ ކިޔެވުން ފުރިހަމަކުރީ ތަފާތުކޮށެވެ. ބްރޭންޑަން ޔުނިވަސިޓީގެ ކުލާސްތަކަށް ހާޒިރުވެގެން ކިޔެވި ނަމަވެސް، އޭނާގެ ބައްޕަ މާސްޓާޒް ޑިގްރީ ހާސިލްކުރީ އޮންލައިންކޮށް ކިޔަވައިގެންނެވެ.
ކަޅު ނަސްލަށް ނިސްބަތްވާ ދެބަފައިން މި ހޯދި ކާމިޔާބީ ވަރަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ. އަދި މިއީ ކަޅު ނަސްލުގެ އާއިލާތަކަށް ނަމޫނާއެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ސިފަކޮށްފައިވެ އެވެ.
ކޮންމެވެސް ދުވަހަކުން ގްރެޖްއޭޓް ވާން ހިތުލައިގެން ހުރި އެންޓޯނިއޯ މީޑިއާތަކަށް ބުނީ "ތަންކޮޅެއް ފަހުން ކިޔެވުމާ އުޅެވުނަސް ދަރިފުޅާ އެކު ގްރެޖްއޭޓްވުމަކީ ބައްޕައަކަށް ލިބޭނެ އެންމެ ބޮޑު އެއް އުފަލަށް ވާނެ" ކަމަށެވެ.
"އަހަރެން މިހިރީ އުފާވެރި އިހުސާސްތަކުގެ ތެރޭގައި. ދަރިފުޅާ އެކު އެކީގައި ކިޔެވުމަކީ މިކަމަށް އިތުރަށް ހިތްޖެހި ކުރިއަށް ދާން މޯޓިވޭޓް ވާން މަގުފަހިވި ކަމެއް،" އޭނާ ބުންޏެވެ.
އެންޓޯނިއޯ ދަރިފުޅު ބްރޭންޑަންއާ އެކު.
އޭބީސީ 4 އަށް ދިން އިންޓަވިއުއެއްގައި ބްރެންޑަން ބުނީ ބައްޕަ އާއިލާ ބަލަހައްޓަމުން މާސްޓާޒް ޑިގްރީއެއް ހާސިލުކުރަން ކުރި މަސައްކަތަކީ ތައުލީމު އުނގެނެން އޭނާ ކުރި މަސައްކަތަށް ވެސް އިތުރު ބާރެއް ކަމަށެވެ.
"އެއީ ހަމަ ހަގީގަތުގައި ވެސް މުޅި އުމުރަށް އިންސްޕިރޭޝަނަކަށް ބަލާނެ މީހެއް،" އޭނާ ބުންޏެވެ. "ބައްޕައަކީ ހާސިލު ކުރަން ބޭނުންވާ ކަމެއް ހާސިލު ކުރަން ޖެހިލުންވާ މީހެއް ނޫން. އަދި އެހާމެ ތޫނުފިލިވެފައި ބައްޕައަކީ ކުރާ ކޮންމެ ކަމެއް ވަރަށް ފުރިހަމަ އަށް ކުރަން އަބަދު ވެސް ލޯބި ކުރާ މީހެއް. އެއީ އަހަންނަށް ބައްޕަ ކުރި މަސައްކަތުން އެންމެ ބޮޑަށް ދަސްވި އެކައްޗަކީ."
ޝާހްރުކްގެ ދަރިފުޅު ގްރެޖުއޭޓްވެއްޖެ، ފިލްމެއް ނުކުޅޭނެ
"ފްރެންޑްސް" ގެ ބަތަލާ ލީސާ އަށް ދެ އުފާ
މާމަދަރިފުޅާ އެކު 74 އަހަރުގައި ގްރެޖްއޭޓްވެއްޖެ
އެކުގައިގްރެޖުއޭޓުވި އެމެރިކާގެ ދެމަފިރިއަކަށް ސަމާލުކަން
"ބްލެކް ޕެންތާ" ގެ ނަމުގައި ސްކޮލަޝިޕެއް
ހަވަޑް ޔުނިވަސިޓީން ބޯޒްމަންގެ ހަނދާނުގައި ޝަރަފެއް
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެޕަލްގެ ބޮޑު ޕްރޮޖެކްޓެއް
މަރުވި ޕްރޮފެސަރެއްގެ 350،000 ޑޮލަރު ޔުނިވަސިޓީ އަށް
ދަރިވަރުންނަށް ހާއްސަކޮށް "ފޭސްބުކް ކޭމްޕަސް"
ގްރެޖުއޭޝަން ސެޓްފިކެޓާ ހަވާލުވާން ޖެޓް ސްކީގައި