Roadha Mihaaru
"ކޮންޓޭ ތަށި ހޯދީ، އަހަރެން ކުޅުންތެރިން އުފެއްދީ"

ކޮންޓޭ ތަށި ހޯދީ، އަހަރެން ކުޅުންތެރިން އުފެއްދީ: ވެންޗޫރާ

05 ސެޕްޓެމްބަރ 2016

ހައިފާ، އިޒްރޭލް (ސެޕްޓެމްބަރު 5) - ތަށި ނުހޯދުނަސް، އޭނާ އަކީ ކުޅުންތެރިން އުފެއްދި ކޯޗެއް ކަމަށް ބުނެ އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޖިއަމްޕިއެރޯ ވެންޗޫރާ ފާޑުކިޔުންތަކަށް ރައްދުދީފަ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ހައިފާ، އިޒްރޭލް (ސެޕްޓެމްބަރު 5) - ތަށި ނުހޯދުނަސް، އޭނާ އަކީ ކުޅުންތެރިން އުފެއްދި ކޯޗެއް ކަމަށް ބުނެ އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޖިއަމްޕިއެރޯ ވެންޗޫރާ ފާޑުކިޔުންތަކަށް ރައްދުދީފަ އެވެ.

ކޯޗިންގައި ސާޅީހަކަށް އަހަރު ހޭދަކޮށްފައިވީ ނަމަވެސް ވެންޗޫރާއަށް އިޓަލީގެ ފުރަތަަމަ ޑިވިޝަނުގެ ތަށްޓެއް ހޯދިފައެއް ނުވެ އެވެ. އެކަމަކު ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ޔުވެންޓަސްއާ އެކު އިޓާލިއަން ލީގު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.

"އަހަންނަށް އިހުސާސްކުރެވޭ އަހަންނަށް ފާޑުކިޔުުން އަމާޒުވާކަން. އެކަމަކު މިއީ މި ކުޅިވަރުގެ ބަޔެއް،" ވެންޗޫރާ ބުންޏެވެ. "ބައެއް މީހުން، ބުނާތީ އަޑުއަހަން ކޮންޓޭ އިޓަލީއާ ހަވާލުވިއިރު އިޓާލިއަން ލީގު ތިން ފަހަރު ހޯދާފަޔޭ އޮތީ. ރަނގަޅު ވާހަކައެެއް އެއީ. އެކަމަކު ކޮންޓޭ ލީގު ހޯދަމުން ދިޔައިރު އަހަރެން ދިޔައީ ގައުމީ ޓީމަށް ކުޅުންތެރިން އުފައްދަމުން. ކުޑަ އަގުގައި ގަންނަ ކުޅުންތެރިން އަހަރެން ބޮޑު އަގުގައި ވިއްކިން."

ވެންޗޫރާ ބުނީ ތަށި ހޯދުމާއި ކުޅުންތެރިން އުފެއްދުމަކީ ދެ ވައްތަރެއްގެ ކާމިޔާބެއް ކަމަށާއި އެކި މީހުން ހޯދާ ކާމިޔާބީ ތަފާތުވާނެ ކަމަށެވެ.

ވެންޗޫރާގެ އިރުޝާދުގެ ދަށުން އިޓަލީ ކުޅުނު ފުރަތަމަ މެޗުން އެކުވެރިކަމުގެ މެޗެއްގައި ފްރާންސް އަތުން 3-1 އިން ބަލިވިއިރު ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ އިޒްރޭލާ ދެކޮޅަށް ނުކުންނާނެ އެވެ. އޭނާ ވަނީ ފުރަތަމަ މެޗުގައި އުމުރުން 17 އަހަރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އަށް ފުރުސަތު ދީފަ އެވެ. ވެންޗޫރާ މަޝްހޫރުވެފައިވަނީ ކުޅުންތެރިން އުފައްދާ ކޯޗެއްގެ ގޮތުގަ އެވެ.