Roadha Mihaaru
އައްޑޫގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަނީ

އައްޑޫގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

19 ޖުލައި 2019

ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލް އަންނަ އަހަރު ބަންދު ކުރަން ނިންމާފައިވާތީ ގަމުގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އިން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލް އަންނަ އަހަރު ބަންދު ކުރަން ނިންމާފައިވާތީ ގަމުގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އިން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ގަމުގައި ފްލައިން ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އޭއައިއޭ އިން ބުނި ގޮތުގައި ޕައިލެޓުން ތަމްރީނު ކުރަން ހިންގާ ފްލައިން ސްކޫލް ހިންގާނެ ބަޔަކު ހޮވާނީ އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތަޖުރިބާ އާއި މާލީ ގާބިލު ކަމަށް ބެލުމަށް ފަހު އެވެ.

ގަމުގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އިއުލާން މި ކުރީ 2010 އިން ފެށިގެން އޭއޭއޭ އިން ހިންގަމުން އަންނަ ފްލައިން ސްކޫލް އަންނަ ޖުލައި މަހުގެ ތެރޭގައި ބަންދު ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފައި ވަނިކޮށެވެ.

އޭއޭއޭގެ ސީއީއޯ ސުރަންޖަން ޑި ސިލްވާ ވިދާޅުވި ގޮތުގައި ފްލައިން ސްކޫލު ހިންގަން އޭއައިއޭއާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހު ހަމަވާނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްބަސްވުން އާ ކުރަން މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ. އަނެއްކޮޅުން ފްލައިން ސްކޫލްގެ ހުއްޓައިލަން ނިންމި މައިގަނޑު އެއް ސަބަބަކީ އެތަނަށް ބިމު ކުލީގެ ގޮތުގައި އޭއައިއޭ އިން ހުށަހެޅި އަގު ބޮޑުވުމުން ކަމަށް ވެސް ސުރަންޖަން ވިދާޅުވި އެވެ.

Addu flying school anna aharu bandhukuranee

Addu flying school anna aharu bandhukuranee

The most trusted news source in the Maldives

Mihaaru

ގަމުގައި ހިންގާ ފްލައިން ސްކޫލް އަންނަ އަހަރު ބަންދު ކުރާނެ.

އޭއޭއޭ އިން ގަމުގައި ހިންގާ ފްލައިން ސްކޫލް އަންނަ އަހަރު ބަންދު ކުރަން ނިންމައި އެ ކުންފުނިން މިހާރު ނިންމާފައި ވަނީ ނ. މާފަރުގައި ފްލައިން ސްކޫލް ބަދަލު ކުރާށެވެ. އެގޮތުން މާފަރުގައި ހުޅުވަން ތައްޔާރުވަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިން ސްކޫލް ބަދަލު ކުރަން ވާންޖެހޭ މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އޭއޭއޭ އިން ބުންޏެވެ.