Roadha Mihaaru
ވާވޭގެ ބޮޑު އިންވެސްމަންޓެއް ބްރެޒިލަށް

ވާވޭގެ ބޮޑު އިންވެސްމަންޓެއް ބްރެޒިލަށް

12 އޯގަސްޓް 2019

އެމެރިކާއިން ޗައިނާގެ ވާވޭ ކުންފުނި އިނދަޖައްސައިލަން އުޅުނަސް އެކަން ވާނެ ކަމަކަށް ނުބެލެވެ އެވެ. އަދި އެމެރިކާ އިން އެ ކުންފުނި ބްލެކްލިސްޓް ކުރިޔަސް ވާވޭ އަށް ދުނިޔޭގެ އިތުބާރެއް ވެސް ނުގެއްލެ އެވެ. އޭގެ އެއް ހެއްކަކީ ރަޝިއާ އަށް 5ޖީ ދޭން ވާވޭއާ އެކު ދާދި ފަހުން އެއްބަސްވުމެއް ވެސް ހެދުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާއިން ޗައިނާގެ ވާވޭ ކުންފުނި އިނދަޖައްސައިލަން އުޅުނަސް އެކަން ވާނެ ކަމަކަށް ނުބެލެވެ އެވެ. އަދި އެމެރިކާ އިން އެ ކުންފުނި ބްލެކްލިސްޓް ކުރިޔަސް ވާވޭ އަށް ދުނިޔޭގެ އިތުބާރެއް ވެސް ނުގެއްލެ އެވެ. އޭގެ އެއް ހެއްކަކީ ރަޝިއާ އަށް 5ޖީ ދޭން ވާވޭއާ އެކު ދާދި ފަހުން އެއްބަސްވުމެއް ވެސް ހެދުމެވެ.

މިހާރު އަނެއްކާ ވެސް ވާވޭ މި ތައްޔާރު ވަނީ އެ ކުންފުނިން އިންވެސްޓްކޮށްފައިވާ ލެޓިން އެމެރިކާގެ ގައުމެއް ކަމަށްވާ ބްރެޒިލްގައި ބޮޑު އެހެން އިންވެސްޓްމަންޓެއް ފަށާށެވެ. މިއީ 800 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މިއާ އެކު ބްރެޒިލްގެ ހިދުމަތުގެ މައިދާނުގައި 21 އަހަރުގެ ތާރީހެއް އޮތް ބްރެޒިލަށް އިތުރު ކުރިއެރުންތަކެއް ވެސް އަންނާނެ އެވެ.

ޗައިނާ އަށް މިހާރު ކުރައްވާ ދަތުރުގެ ތެރޭގައި ސައޮ ޕޯލޯގެ ގަވަރުނަރު ޖޯއާ ޑޯރިއާ ވިދާޅުވި ގޮތުގައި ވާވޭ އިން އެ ގައުމުގައި ހިންގާ 800 މިލިއަން ޑޮލަރުގެ އާ މަޝްރޫއުގެ ދަށުން ވާވޭގެ އުދެއްދުންތަކަށް ހާއްސަ ފެކްޓްރީއެއް ތަރައްގީ ކުރާނެ އެވެ. އެގޮތުން ކުރިއަށް އޮތް ތިން އަހަރަށް ރާވާލައިގެން ކުރިއަށްދާ މި މަޝްރޫއު މާ ލަސްތަކެއް ނުވެ ރަސްމީކޮށް ފަށަން ވަނީ ނިންމައިފަ އެވެ.

ސައޮ ޕޯލޯގައި ވާވޭގެ ފެކްޓްރީ ތަރައްގީ ކުރާނެ ތަނެއް ވެސް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެެރޭގައި ނިންމާނެ އެވެ. މިކަމާ ބެހޭ ގޮތުން ޑޯރިއާ ވިދާޅުވީ އެތަނުގެ ސަބަބުން ބްރެޒިލްގައި އިތުރު 1،000 ވަޒީފާ ވެސް އުފެދިގެން ދާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ވާވޭ އިން ބްރެޒިލްގައި 5ޖީ ވެސް ތައާރަފު ކުރާނެ ކަމަށް ވިދާޅުވި އެވެ.

ސައޮ ޕޯލޯގެ ގަވަރުނަރު ޗައިނާގެ އޮފިޝަލުންތަކަކާ އެކު.

ސައޮ ޕޯލޯގެ ގަވަރުނަރު ޗައިނާގެ އޮފިޝަލުންތަކަކާ އެކު.

ވާވޭ އިން ރޮއިޓާޒަށް ބުނި ގޮތުގައި ބްރެޒިލްގައި ހިންގާ މަޝްރޫއުގެ ދަށުން އެ އެ ގައުމާއި އިންޓަނެޝަނަލް މާކެޓަށް ވެސް ހާއްސަކޮށްގެން ސްމާޓް ފޯނު އުފެއްދުމުގެ މަސައްކަތް ކުރާނެ އެވެ. ސައޮ ޕޯލޯގައި މިހާރު ހިމްގާ ވާވޭގެ ފެކްޓްރީގެ މައިގަނޑު މަސައްކަތަކީ މުވާސަލާތީ ހިދުމަތުގެ އިންސްފްރާސްޓްރަކްޗާ އަށް ބޭނުންވާ ތަކެތި އުފެއްދުމެވެ. އެތަނުގައި 2،000 މީހުން ވަޒީފާ އަދާ ކުރެ އެވެ.

ބްރެޒިލަށް ވާވޭ އިން 5ޖީ ދޭން ނިންމާފައިވާ އިރު އެ ގައުމުގައި އިންވެސްޓްކޮށްފައިވާ ސްވިޑްންގެ އެރިކްސަން އާއި ފިންލެންޑްގެ ނޮކިއާއަކީ ވެސް މި ރޭހުގައި އުޅޭ ދެ ކުންފުންޏެވެ.