ޖަކާޓާ (އޮގަސްޓް 21) - އިންޑޮނީޝިއާގެ ވެސްޓް ޕަޕުއާގައި ހަމަނުޖެހުންތައް ބޮޑުވުމުން އިތުރު 1،000 ސިފައިން އެ ޕްރޮވިންސަށް މިއަދު ފޮނުވައިފި އެވެ.
21 އޯގަސްޓް 2019
ޖަކާޓާ (އޮގަސްޓް 21) - އިންޑޮނީޝިއާގެ ވެސްޓް ޕަޕުއާގައި ހަމަނުޖެހުންތައް ބޮޑުވުމުން އިތުރު 1،000 ސިފައިން އެ ޕްރޮވިންސަށް މިއަދު ފޮނުވައިފި އެވެ.
މިދިޔަ ހަފުތާ ބަންދުގައި ޕަޕުއާ ޕްރޮވިންސް އިން ކިޔަވާ ކުދިންތަކެއް ހައްޔަރު ކުރުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައި އިމާރާތްތަކުގައި ހުޅުޖަހައި އެތައް ގެއްލުމެއް ދީފައިވެ އެވެ.
ރައީސް ޖޮކޯ ވިޑޯޑޯގެ ޗީފް ސެކިއުރިޓީ މިނިސްޓަރު ވިރަންޓޯ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޕަޕުއާ އަށް އިތުރު ސިފައިން ފޮނުވީ ބޮޑު ހަމަނުޖެހުމެއް ހިންގުމަށް އެ ޕްރޮވިންސްގައި ރާވަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކަމަށެވެ.
އިންޑޮނީޝިއާ ސިފައިން ޕަޕުއާ ޕްރޮވިންސްގައި. --ފޮޓޯ:ރޮއިޓާސް
ހަމަނުޖެހުންތަކުގެ ތެރޭގައި ޕަޕުއާގެ ޖަލެއްގައި އަލިފާން ޖެހުމަށް ފަހު 250 އަށް ވުރެ ގިނަ ގައިދީން ވަނީ ފިލައިފަ އެވެ. ޕަޕުއާގެ ޖަސްޓިސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޖަލުން ފިލި 258 ގައިދީންގެ ތެރޭން އަތުލައިގަނެވިފައި ވަނީ އެންމެ ފަސް މީހުން ކަމަށެވެ. ގައިދީން ފިލުމުގެ ތެރޭގައި ޖަލުގެ މުވައްޒަފުންނަށް ވެސް ވަނީ ހަމަލާދީފަ އެވެ.
އިންޑޮނީޝިއާގެ ހަމަނުޖެހުންތަކުގައި ހަ މީހުން މަރުވެއްޖެ
މުޒާހަރާތަކާ ގުޅިގެން ރާއީ، މޫކޭ ޕޮލިހަށް ހާޒިރުކުރަނީ
އިޒްރޭލާ ދެކޮޅަށް މުޒާހަރާކުރާތީ އެހީ ކަނޑާލައިފި
ދެމައިން މަރުވި މައްސަލާގައި އިހުތިޖާޖުކޮށްފި
އެއްވެ އުޅުމުގެ ހައްގު ހިމާޔަތް ކުރާނެކަން ފެނިއްޖެ
ރޮހިންޖާ ރެފިއުޖީން އިންޑޮނީޝިއާއަށް ފޭބުން ހުއްޓުވައިފި
އެމްޑީޕީން މި މަހު 31 ގައި އެއްވުމެއް ބާއްވަނީ
ރޮހިންޖާގެ 260 އަށްވުރެ ގިނަ މީހުން އިންޑޮނީޝިއާއަށް
އިންޑޮނީޝިއާގައި ރިޔާސީ ވައުދު ފުއްދަން ހިލޭ ކާންދެނީ
މުޒާހަރާކުރި ބިދޭސީންގެ މައްސަލަ އެލްއާރްއޭ އިން ބަލަނީ