Roadha Mihaaru
ދައްތަ މަރާލި ދެ ކޮއްކޮއިން ސަލާމަތްކުރެވޭ ގޮތެއް ނުވި

ދައްތަ މަރާލި ދެ ކޮއްކޮއިން ސަލާމަތް ކުރެވޭ ގޮތެއް އާއިލާއަކަށް ނުވި

23 އޯގަސްޓް 2019

އިސްލާމްއާބާދު (އޮގަސްޓް 23) - ޕާކިސްތާނުގައި މޮޑެލް ކުރުމަށް މަޝްހޫރު އަންހެން ކުއްޖެއް ކަމަށްވާ ގަންދީލް ބަލޫޗު މަރާލި އޭނާގެ ފިރިހެން ދެ ކޮއްކޮއިން ސަލާމަތް ކުރުމަށް އާއިލާ އިން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (އޮގަސްޓް 23) - ޕާކިސްތާނުގައި މޮޑެލް ކުރުމަށް މަޝްހޫރު އަންހެން ކުއްޖެއް ކަމަށްވާ ގަންދީލް ބަލޫޗު މަރާލި އޭނާގެ ފިރިހެން ދެ ކޮއްކޮއިން ސަލާމަތް ކުރުމަށް އާއިލާ އިން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

ސޯޝަލް މީޑިއާގެ ތަރިއެއްގެ ގޮތުގައި ބެލި ބަލޫޗު މަރާލި އޭނާގެ ދެ ކޮއްކޮ އިން ކަމަށްވާ ވަސީމް އާއި އަސްލަމް ޝާހީން އަށް މައާފްކުރި ކަމަށް ބަލޮޗުގެ މަންމަ އާއި ބައްޕަ ވަނީ ކޯޓުގައި ބުނެފަ އެވެ.

ބަލޫޗު، 26، ކަރުގައި ހިފައި މަރާލާފައި ވަނީ ޖުލައި 2016 ގަ އެވެ. ޕާކިސްތާނަށް ޝޮކެއް ލިބުނު އެ މަރަށް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ވެސް ލިބުނެވެ.

ޕާކިސްތާނުގެ ސޯޝަލް މީޑިއާ ސެލެބްރިޓީ ގަންދީލް ބަލޫޗު. --ފޮޓޯ:އޭއެފްޕީ

ޕާކިސްތާނުގެ ސޯޝަލް މީޑިއާ ސެލެބްރިޓީ ގަންދީލް ބަލޫޗު. --ފޮޓޯ:އޭއެފްޕީ

ބަލޫޗު މަރާލި ކަމަށް އޭނާގެ ކޮއްކޮ ވަސީމް ވަނީ އެއްބަސްވެފަ އެވެ. އޭނާ ބުނެފައި ވަނީ ގަންދީލަކީ އާއިލާ އަށް ވެސް ހުރި ހުތުރެއ ކަމަށެވެ. ނަމަވެސް ފަހުން ވަސީމް ވަނީ އޭނާގެ ބަޔާން ބަދަލުކޮށްފަ އެވެ.

ބަލޫޗުގެ މަރާ ގުޅިގެން އިތުރު ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ހަތް ވަނަ މީހާ ވަނީ ފިލައިފަ އެވެ. އެއީ ވެސް ބެލެވޭ ގޮތުގައި ބަލޫޗުގެ އާއިލީ މީހެކެވެ.

ބަލޫޗުގެ ބައްޕަ މުހައްމަދު އަޒްމީން ކުރިން ބުނެފައި ވަނީ ބަލޫޗްގެ ގާތިލުންނަށް ދޭން ޖެހޭނީ މަރުގެ އަދަބު ކަމަށެވެ. އަދި ބަލޫޗް މަރާލި އޭނާގެ ދަރިފުޅު ވަސީލް ވެސް މަރަން ޖެހޭނެ ކަމަށް ބުންޏެވެ. ނަމަވެސް ޕަންޖާބުގެ މުލްތާންގެ ކޯޓެއްގައި އަޒްމީން އިއްޔެ ބުނީ އޭނާ އާއި އޭނާގެ އަންހެނުން ވަނީ ބަލޫޗް މަރާލި އެ މީހުންގެ ފިރިހެން ދަރިންނަށް މައާފްކޮށްފައި ކަމަށެވެ. ނަމަވެސް އެ މަރުގައި ބައިވެރިވި އެހެން މީހުންނަށް މައާފް ނުކުރާ ކަމަށް ބުންޏެވެ.

ޕާކިސްތާނުގެ މޮޑެލް މަރާލި އޭނާގެ ކޮއްކޮ ވަސީލް ފުލުހުންގެ ބެލުމުގެ ދަށުގައި. --ފޮޓޯ:އޭއެފްޕީ

ޕާކިސްތާނުގެ މޮޑެލް މަރާލި އޭނާގެ ކޮއްކޮ ވަސީލް ފުލުހުންގެ ބެލުމުގެ ދަށުގައި. --ފޮޓޯ:އޭއެފްޕީ

ނަމަވެސް ކޯޓުން ބުނެފައި ވަނީ މައިންބަފައިން މައާފް ކުރި ނަމަވެސް އެ މީހުންގެ ފިރިހެން ދަރިންގެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ.

ބަލޫޗް މަޝްހޫރުވެފައި ވަނީ ޕާކިސްތާނުގެ ކިމް ކާޑޭޝިއަންގެ ގޮތުގަ އެވެ. ގިނަ ބަޔަކަށް އޭނާ ފާހަގަވީ 2014 ވަނަ އަހަރު އަޕްކުރި، ޖިންސީ ކަންކަމަށް ހިތްވަރު ދޭ ގޮތަށް ނަގާފައިވާ ވީޑިއޯއެއްގެ ސަބަބުންނެވެ.

އާއިލާ އަށް ބޭވަފާތެރިވާ އަންހެން ކުދިން މެރުމަކީ ޕާކިސްތާނުގައި އާއްމުކޮށް ކޮށްއުޅޭ ކަމެކެވެ. އާއިލާ މީހުންގެ ހަމަލާތަކުގައި ކޮންމެ އަހަރަކު ވެސް އެތައް ކުދިންނެއް ޕާކިސްތާނުގައި މަރަ އެވެ.