އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގެ ތަށްޓަށް އަމާޒުކުރި ނަމަވެސް ހުސްއަތާ އެނބުރި އަންނަން ޖެހުމުން އެނގެނީ ޓީމަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ކަމަށާއި އެކަން ކޮށްގެން ބޭނުންވާ އަމާޒަށް ވާސިލްވެވޭނެ ކަމަށް ގައުމީ ވޮލީ ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) ބުނެފި އެވެ.
25 އޯގަސްޓް 2019
އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގެ ތަށްޓަށް އަމާޒުކުރި ނަމަވެސް ހުސްއަތާ އެނބުރި އަންނަން ޖެހުމުން އެނގެނީ ޓީމަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ކަމަށާއި އެކަން ކޮށްގެން ބޭނުންވާ އަމާޒަށް ވާސިލްވެވޭނެ ކަމަށް ގައުމީ ވޮލީ ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) ބުނެފި އެވެ.
ހަތް ގައުމު ވާދަކުރި މުބާރާތުގައި ރާއްޖެ ނިންމާލީ ހަތަރު ވަނައިގައި އޮވެ އެވެ. ސައްތަ އިން ސައްތަ ރެކޯޑަކާ އެކު މުބާރާތުގެ ތަށި އުފުލާލީ ކިރްގިސްތާން އެވެ. ފައިނަލުގައި އެ ޓީމުން އިއްޔެ ވަނީ އުޒްބެކިސްތާން އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.
މި ފަހަރުގެ މުބާރާތަކީ ގައުމީ ޓީމުގެ ކެޕްޓަން ހުޒަންޓެ އެ މަގާމަށް އައި ފަހުން ރާއްޖޭން ކުޅުނު ފުރަތަމަ މުބާރާތެވެ. ރާއްޖޭން މި މުބާރާތުގައި ކުޅުނު ހަތަރު މެޗުގައި ވެސް ޖުމްލަކޮށް ބަލާއިރު ޓީމުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ ތެރޭގައި ހުޒަންޓެ ހިމެނެ އެވެ. އޭނާ ބުނީ މުބާރާތަށް އައި ޓާގެޓް ކަމަށްވާ ރަން މެޑަލް ނުލިބުމުން ސަޕޯޓަރުން ކިބައިން މައާފަށް އެދޭ ކަމަށެވެ.
"އަސްލު ވަަރަށް ދެރަވޭ އައި ޓާގެޓް ހާސިލްނުކުރެވުނީމަ. ވަރަށް ބޮޑަށް ދިވެހިރާއްޖޭގެ ސަޕޯޓަރުންގެ ފަރާތުން މައާފަށް ވެސް އެެދެން އަޅުގަނޑުމެން ޓީމުގެ ފަރާތުން. ކުރިއަށް އޮތްތާ އަޅުގަނޑުމެން މެޑެއްޔަކާ ހަަމައަށް ދާން ވަރަށް ބައިވަރު މަސައްކަތް ކުރަންޖެހޭކަން މި މުބާރާތުން ފާހަގަވެގެންދިޔަ. ވަރަށް ބައިވަރު ކުދިކުދި މިސްޓޭކްތަކެއް ހެދިގެން ވަރުގަދަ ޓީމުތަކާ ދެކޮޅަށް މި މުބާރާތުގައި ނަތީޖާ ނެރެން ލިބި ނުނެރެވިމިދިޔައީ،" ހުޒަންޓެ ބުންޏެވެ.
ރާއްޖެއާ ދެކޮޅަށް ކުޅޭ ޓީމުތަކުން ވެސް މީގެ ކުރިން ފާހަގަކުރާ އެއް ކަމަކީ ރާއްޖޭގެ ކުޅުންތެރިންގެ ހުނަރާ އެއްވަރަށް މެޗު ތެރޭގެ ރޭވުންތެރިކަމާ އެހެން ހުރިހާ ކަމެއްގައި ދިމާވާ ކަންތައްތަކުގެ ސަބަބުން ޓީމަށް ނަތީޖާ ނެރުމުގައި މައްސަލަ ދިމާވާކަމެވެ.
ހުޒަންޓެ ބުނީ ޓީމުގެ ކުޅުންތެރިންނަށް ހެދޭ ކުދިކުދި ގޯސްތައް ރަނގަޅުކުރުމަކީ ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްގެން ރަނގަޅުކުރެވޭނެ ކަންތައްތައް ކަމަށެވެ.
"ހަގީގަތުގައި މިތާކު ނެތް ރާއްޖެ ޓީމަށް ބަލިނުކުރެވޭނެ ވަރުގެ ޓީމެއް ނެތް. ވަަރަށް ކުދިކުދި މިސްޓޭކް ހެދެނީ. އެ ކަންތައް ގިނަ ދުވަހު ޕްރެކްޓިސް ކޮށްގެން ރަނގަޅުކޮށްގެން. ދެން އޮންނަ މުބާރާތަކަށް ތައްޔާރުވެގެން މެޑެއްޔަކާ ހަމައަށް ދެވެން ވެސް އިނީ. އަޅުގަނޑު ދެކޭ ގޮތުގައި މި ޓީމަށް ބަދަލުތަކެއް އައިސްގެން ގޯލްޑް މެޑަލަކާ ހަމައަށް ދެވޭނެ،" އިތުބާރާ އެކު ހުޒަންޓެ ބުންޏެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ މެޗުތަކުގައި ޖުމްލަކޮށް ކުޅުނީ އެއް ކުޅުންތެރިންތަކެކެވެ. މުބާރާތުގެ ޝެޑިއުލް އޮތްގޮތުން ޖެހިޖެހިގެން ހަތަރު ދުވަހު މެޗުތަކެއް ކުޅެން ޖެހުނުއިރު، އެއް ކުޅުންތެރިންތަކެއް ލައިގެން ކުޅުމުން ވަރުބަލިިކަމާއި އެހެން މައްސަލަތައް ކުރިމަތިވެ ޓީމަށް އަސަރުތަކެއް ކުރިކަމަށް ހުޒަންޓެ ބުންޏެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެބަޖެހޭ ރާއްޖޭގެ ގައުމީ ޓީމުގެ ބެންޗަށް ވެސް ފުދޭވަރަކަށް ބަދަލު އަންނަން. ރާއްޖޭގައި އެބަ ތިބެންޖެހޭ ޕްރެޝަރު ނަގައިގެން ކުޅެވޭ އިތުރު ސެޓަރުން ވެސް އައުޓްސައިޑުން ވެސް ތިބެން. އެ މަގާމަކަށް އެއް ލެވަލެއްގެ އިތުރު ކުޅުންތެރިން ތިބެންޖެހޭނެކަމަށް އަޅުގަނޑު ދެކެނީ. އެއީ މުބާރާތެއްގައި އެއް ހަޔެއް ލައިގެން ޖެހިޖެހިގެން ހަތަރު މެޗު ކުޅުމަކީ ފަސޭހަކަމެއް ނޫން. ރަނގަޅަށް ވާނެ ވެސް ކަމެއް ނޫން. ހުރިހާ ދުވަހެއްގައި އެއްވަރަކަށް ހުރިހާ ކުޅުންތެރިންނަކަށް ނުވެސް ކުޅެވޭނެ،" ހުޒަންޓެ ބުންޏެވެ.
ރާއްޖޭގެ ވޮލީ ޓީމުން ދެން އެންމެ އަވަހަށް ނުކުންނާނެ މުބާރާތަކީ އަންނަ ޑިސެމްބަރު މަހު ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ވޮލީބޯލް އިވެންޓުގަ އެވެ.
ފަހު މުބާރާތަށް ވެދާނެ، އުންމީދު ރަން ކާމިޔާބަކަށް
ޒުވާން ޓީމަށް މޮޅެއް ނުލިބުނު، ސީނިއާ ޓީމު ފުރައިފި
އަފްޣާނިސްތާން ބަލިކޮށް ރާއްޖެ ޗެލެންޖަށް ތައްޔާރު!
ތިން މެޗުން ލަންކާއިން ރާއްޖެއަށް ސެޓެއް ވެސް ނުދިން
ދެވަނަ މެޗުގައި ވެސް ރާއްޖެއަށް ސެޓެއް ނުލިބުނު
އަންހެން އަދި ފިރިހެން ވޮލީޓީމުވެސް ލަންކާ އަތުން ބަލި
ގައުމީ ވޮލީޓީމުތައް ލަންކާއާ ދެކޮޅަށް މެޗުތަކެއް ކުޅެނީ
ބޭނުމީ ގައުމަށް ރަން މެޑަލް ހޯދައިދޭން، އެވޯޑެއް ނޫން
ދެން މަސައްކަތް ފަށަންވީ ހިސާބު ދެނެގަނެވިއްޖެ: ރަނޭ
ރާއްޖެ ބަލިކޮށް މެލޭޝިއާގެ ފިރިހެން ޓީމު ފައިނަލަށް