20 ސެޕްޓެމްބަރ 2016
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނުފޫޒު އެމްޑީޕީ ތެރެއަށް ގަދަކުރައްވައި ޕާޓީ ހައިޖެކްކޮށްފައިވާ ކަމަށް ވިދާޅުވެ ޕާޓީ އިސްލާހު ކުރުމުގެ މަސައްކަތްތަކެއް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އިސްވެ ހުންނަވައި ފައްޓަވައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނުފޫޒު އެމްޑީޕީ ތެރެއަށް ގަދަކުރައްވައި ޕާޓީ ހައިޖެކްކޮށްފައިވާ ކަމަށް ވިދާޅުވެ ޕާޓީ އިސްލާހު ކުރުމުގެ މަސައްކަތްތަކެއް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އިސްވެ ހުންނަވައި ފައްޓަވައިފި އެވެ.
އެމްޑީޕީ "ހަމަ މަގަށް އަޅުވަން" މޫސައާ އެކު ދެން ބައިވެރިވެވަޑައިގަންނަވަނީ އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އާއި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިން އެވެ. އެމްޑީޕީ އަށް އިސްލާހީ ބަދަލުތަކެއް ގެންނަވާނެ ކަން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މި ތިން ބޭފުޅުން ވަނީ އިއުލާންކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަން ވެސް ކުރައްވާ މޫސަ "މިހާރު" އަށް ވިދާޅުވީ އެމްޑީޕީ އިސްލާހު ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. ޕާޓީގެ ކަންކަން ބޮއްސުންލާފައިވާ ކަމަށާއި އޭގެ ހެއްކަކީ، ނަޝީދާ ހިޔާލު ތަފާތުވާ ކޮންމެ މީހަކު ޕާޓީއާ ދުރަށް ދާން ޖެހުން ކަމަށް މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑަކީ (އެކަން ދިމާވި) ފަސް ވަނަ މީހާ. ޕާޓީ ހިންގަނީ އަސާސީ ގަވާއިދާ އެއްގޮތަކަށް ނޫން، ޕާޓީގައި ސައްހަ ލީޑަޝިޕެއް މިހާރަކު ނެތް. ދައުލަތުގެ މާލިއްޔާ އިން ޕާޓީ އަށް ދޭ ފައިސާ ހަރަދު ކުރަނީ ރަނގަޅަކަށް ނޫން،" މޫސަ ވިދާޅުވި އެވެ.
އެމްޑީޕީގެ އިންތިހާބެއް ބާއްވައި އެ ޕާޓީގެ ލީޑަޝިޕަށް ބޭފުޅުން އިންތިހާބުކުރަން ފުރަތަމަ އެދިވަޑައިގަންނަވާނީ، މޫސަ ވިދާޅުވި ގޮތުގައި، ޕާޓީގަ އެވެ. އެކަމަށް އިޖާބަ ނުދީފި ނަމަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަނުން އެކަން ކުރިއަށް ނުގެންދެވިއްޖެ ނަމަ ކޯޓަށް ދާން ވެސް ތައްޔާރު،" މޫސަ ވިދާޅުވި އެވެ.
ޕާޓީގެ ވިޕްލައިނާ ހިލާފަށް މަޖިލީހުގައި ވޯޓު ދެއްވި މައްސަލައެއްގައި އޭނާ ވަނީ ޕާޓީން ވަކިކޮށްފަ އެވެ. އެކަމަކު މައްސަލަ ބެލުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މޫސަ ޕާޓީން ވަކި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާޓީ އިސްލާހު ކުރުމަށް ކުރާ މަސައްކަތުގައި އާއްމު މެމްބަރުންގެ ތާއީދު ވެސް ލިބޭނެ އެވެ. ވަކި ބޭނުމަކަށް އުފައްދާފައިވާ އިއްތިހާދު އެމްޑީޕީއާ މަސްހުނިކޮށް، ލޯކަލް ކައުންސިލް އިންތިހާބުގައި ކުރިއަށް ދިއުމަކީ ވެސް، މޫސަ ވިދާޅުވި ގޮތުގައި، ޕާޓީގެ އާއްމު މެމްބަރުންގެ ރުހުން އޮތް ކަމެއް ނޫނެވެ.
"އެމްޔޫއޯގެ ތެރެއިން ވެސް އެމްޑީޕީ އަށް ލިބޭނީ ގެއްލުން. އެހެންވީމަ 2018ގެ އިންތިހާބަށް ދާއިރު ޕާޓީގެ ކަންކަން ރަނގަޅު ކުރަން ޖެހޭ،" މޫސަ ވިދާޅުވި އެވެ.
އެމްޑީޕީ އިސްލާހުކުރަން ޖެހޭ ކަމަށް ވިދާޅުވެ "ނިއު އެމްޑީޕީ" ނަމުގައި މީގެކުރިން އަލްހާން މަގުމަތީ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދެވި އެވެ. އެކަމަކު އެ ހަރަކާތް ކާމިޔާބެއް ނުވި އެވެ.
އެއީ މެމްބަރުންނެއް ނޫން، ބޭނުމަކީ ޕާޓީ ހަލާކުކުރުން
ޗައިނާއަށް ބަދުބަސް ބުނުން ރަނގަޅެއް ނޫން: މޫސަ
އެމްޑީޕީ ގައުމުން ބޭރުގައި، ބަދަލެއް ފެންނާނެތަ؟
އެމްޑީޕީ ރައީސާއި ނައިބު ރައީސް އިންތިހާބުކުރަން ކޯޓަށް
ވަކިކުރީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރާނެތީ: އަލްހާން
އަސާސީ ގަވާއިދަށް އެމްޑީޕީން އަމަލުކުރުމަށް އަންގައިފި
އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
އެމްޑީޕީގެ ކުރީގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫން
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފި