ދިވެހިންނަށް ޖެހޭ ސިކުނޑީގެ ބަލިތަކާ ބެހޭ ދިރާސާއެއް ކޮށްފައިވާ ކަމަށާއި "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" ގައި އެ ދެ ދިރާސާގެ ކަރުދާސް ހުށަހަޅާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
11 ސެޕްޓެމްބަރ 2019
ދިވެހިންނަށް ޖެހޭ ސިކުނޑީގެ ބަލިތަކާ ބެހޭ ދިރާސާއެއް ކޮށްފައިވާ ކަމަށާއި "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" ގައި އެ ދެ ދިރާސާގެ ކަރުދާސް ހުށަހަޅާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
މި މަހުގެ 17-19 އަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބާއްވާ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސާ ބެހޭ ގޮތުން މައުލޫމާތު ދޭން އޭޑީކޭގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގަައި އެ ހޮސްޕިޓަލްގެ ސީނިއާ ނިއުރޯސާޖަން ޑރ. އަލީ ނިޔާފް ވިދާޅުވީ އޭޑީކޭ އިން ކޮންފަރެންސަށް ހުށަހަޅާ ދެ ކަރުދާހަކީ ވަރަށް ފުރިހަމަ އަށް ދިސާރާކޮށްގެން އެކުލަވާލާފައިވާ ދެ ކަރުދާސް ކަމަށެވެ. އަދި އެއީ މުޅިން އާ ހޯދުންތަކެއް ހިމެނޭނެ ދެ ކަރުދާސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭޑީކޭ ހޮސްޕިޓަލުން މިފަހަރު ވަރަށް ފުރިހަމަ ދެ ޕޭޕާއެއް ނެރޭނެ ދިވެހިރާއްޖޭގައި ދިވެހި ރައްޔިތުންގެ ހުންނަ ހާއްސަ ބަލިތަކާ ބެހޭ ގޮތުން، ސިކުނޑީގެ ހާއްސަ ބަލިތަކާ ބެހޭ ގޮތުން ހަދާފައި އޮތް ރިސާޗެއް. ހަމަ ގްރައުންޑް ބްރޭކިން، ބްރޭކްތުރޫ ދެ ޕޭޕާއެއް ނުކުންނާނެ،" އޭނާ ވިދާޅުވި އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ އޭޑީކޭގެ ޑޮކްޓަރުން މީގެ ކުރިން ފަރުވާ ދެއްވި އެހެން ބައެއް ގައުމުތަކުގެ މީހުންނާ ދިވެހިންނާ ދެމެދު ތަފާތުތަކެއް ހުރިކަން ދިރާސާ އިން އެނގިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮންފަރެންސްގައި ބައިވެރިވާ ބޭރުގެ މަތީފެންވަރުގެ މާހިރުންގެ ޝައުގުވެރިކަން އެ ދިރާސާ އަށް ލިބިއްޖެ ނަމަ އިތުރު ފުރުސަތު ތަކެއް ލިބިދާނެ ކަމަށެވެ.
"އަދި މިކަމަށް ހާއްސަކޮށްް (ބޭރުގެ މާހިރުން) އާ އީޖާދެއް ކުރުމަކީ ވެސް ފުރުސަތު އޮތް ކަމެއް،" އޭނާ ވިދާޅުިވުވި އެވެ.
ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް އޭޑީކޭ އިން ބާއްވަން ފެށީ 2017 ވަނަ އަހަރު އެވެ. އެ ކޮންފަރެންސްގައި ބައްދަލުވުންތަކާއި ވޯކްޝޮޕްތަކުގެ އިތުރުން ލައިވްކޮށް ދުރަށް ދައްކައިގެން އޮޕަރޭޝަނެއް ކުރުން ވެސް އޮވެ އެވެ.
ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ބާއްވަނީ ގިނަ ކުންފުނިތަކެއްގެ ބައިވެރިވުމާ އެކުގަ އެވެ. އެގޮތުން ޑައިމަންޑް ޕާޓްނަރުގެ ގޮތުގައި ކޮންފަރެންސް ސްޕޮންސާ ކުރީ ވޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.
އެ ކުންފުންޏަކީ ހަށިގަނޑުގައި އިމްޕްލާންޓް ކުރަން ޖެހޭ މަސްނޫއީ ބާވަތްތަކުގެ އިތުރުން މެޑިކަލް އެހެން އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް އެތެރެކުރާ ކުންފުންޏެކެވެ. މިދިޔަ އަހަރުވެސް މައިގަނޑު ޕާޓްނަރަކީ އެ ކުންފުންޏެވެ.
ކޮންފަރެންސް ސްޕޮންސާކޮށްފައިވާ އެހެން ކުންފުނިތަކުގެ ތެރޭގައި އޭޑީކޭ ފާމަޝޫޓިކަލްސް، އެސްޓީއޯ، މެޑިކްއިޕް މޯލްޑިވްސް އަދި ގްލެންމާކް ފާމަޝޫޓިކަލްސް ހިމެނެ އެވެ. އެ ކުންފުނިތައް ބައިވެރިވަނީ ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގަ އެވެ. ސިލްވަ ޕާޓްނަރުންގެ ގޮތުގައި އެލައިޑާއި ނޮވެލްޓީ އަދި މެލްރޯސް ހޮޓެލްގެ އިތުރުން ބޭރުގެ ބައެއް ކުންފުނިތައް ބައިވެރި ވެއެވެ.
ޑރ. ނިޔާފާއި އަފްއާލް ވެސް ވިދާޅުވީ ކޮންފަރެންސްގެ ސަބަބުން އޭޑީކޭއަށާއި ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑެތި ފައިދާތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އޭޑީކޭގައި ކުރިން ނުކުރާ އެތައް އޮޕަރޭޝަންތަކެއް މިހާރު ފަށާފައިވާ ކަމަށާއި މީހުންގެ އިތުބާރު ވެސް ލިބެމުން އަންނަ ކަމަށް ދެބޭފުޅުން ވިދާޅުވި އެވެ.
އޭޑީކޭ އިން ސައިންސް ޖާނަލްއަކާއި އެޕެއް ތައާރަފްކޮށްފި
އޭޑީކޭގައި އިންޓާން ހަދަން 14،500ރ. ދައްކަންޖެހޭ
އޭޑީކޭގެ ކުލީގެ ދިފާއުގައި ނާޝިދު ވާހަކަ ދައްކަވައިފި
އޭޑީކޭ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް: ނާޝިދު
ސިކުނޑި އާއި މައިބަދައިގެ އާ ދެ ސާޖަރީ ހަދައިފި
ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ސެޕްޓެމްބަރުގައި ބާއްވަނީ
އޭޑީކޭއިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
ސަލާމަތްވީ އޭޑީކޭގައި ފަރުވާ ލިބޭނެގޮތް ވުމުން: ނަޝީދު
"މިއީ ސިއްހީ ދާއިރާއަށް އިންވެސްޓްކުރަންވީ ވަގުތު"
ފަންކްޝަނަލް ނިއުރޯ ސާޖަރީ ތައާރަފްކުރަން ވޯކްޝޮޕެއް