Roadha Mihaaru
ރަޖިސްޓަރީވާން ބިދޭސީން ވަދެ ގަލޮޅު ދަނޑު ފުރާލައިފި

ރަޖިސްޓަރީވާން ބިދޭސީން ވަދެ ގަލޮޅު ދަނޑު ފުރާލައިފި

05 އޮކްޓޯބަރ 2019

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސަޓްރީވެ، ގަވައިދާ އެއްގޮތަށް އުޅެން ހުޅުވާލި ފުރުސަތުގައި ބައިވެރިވާން ބޭނުންވާ މީހުންގެ އަދަދު ގިނަކަމުން އާ އިންތިޒާމްތަކެއް ހަމަޖައްސައި އެކަން މިއަދު ގަލޮޅު ބޯޅަ ދަނޑުގައި ފެށުމުގެ މާ ކުރިން ރެއިން ފެށިގެން ވެސް ބައެއް މީހުން ކިއޫގައި ޖެހުނެވެ. މިއަދު ހެނދުނު 7:30 ގައި ގަލޮޅު ދަނޑުގެ ދެ ނަމްބަރު ގޭޓް ހުޅުވުމާ އެކު އެންމެން ވަދެ ސިޑިބަރިތައް ފުރާލި އެވެ. ބާރު ބޮޑު ވެގެން، މީހުން ހަމަޔަކަށް އަޅުވަން އެންމެން ފަހުން އައީ އެސްއޯ ފުލުހުންނެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބިދޭސީންނަށް ކިއު ނަމްބަރު ކުރިން ދޫކުރަމުން އައީ މަޖީދީމަގުގައި ކުރިން ޕީޖީ އޮފީސް ހިންގި އިމާރާތުގެ ބައެއްގައި ހަދާފައިވާ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓުގަ އެވެ. އެ މަސައްކަތް އެތަނުގައި ކުރަން ފެށުމުން ނަމްބަރު ދޫކުރަން ފެށުމުގެ އެތައް ގަޑިއިރެއް ކުރިން އެ ސަރަހައްދުގައި އެތައް ސަތޭކަ ބަޔަކު ކިޔޫގައި ޖެހެ އެވެ. އެހެންވެ މިނިސްޓްރީން ނިންމީ އެކަން ކޮންމެ ހޮނިހިރެއްގައި ގަލޮޅު ދަނޑުގައި ބޭއްވުމަށެވެ.

މަޖީދީމަގު ސިޑިބަރީގައި ބެއިތިއްބުމަށް ފަހު ވަކި ސަފެއް ހަދައި އެ ބިދޭސީން މިނިސްޓްރީގެ މުވައްޒަފުންގެ ކައިރިއަށް ގެންދެ އެވެ. ސަފުތައް ބަލަހައްޓައި އަތުރަމުން އަންނަނީ ފުލުހުންނެވެ. ބިދޭސީން ރަޖިސްޓްރީ ކުރުމަށް ގިނަ އަދަދެއްގެ މުވައްޒަފުން ތިބިއިރު އެ މީހުން އަންނަނީ ބިދޭސީންގެ ފޮޓޯ ފޯނުން ނަގަމުންނެވެ. އެއަށްފަހު އެމީހުންނާ ބެހޭ މައުލޫމާތު އެއްކުރެ އެވެ. އަދި އެ ބިދޭސީންގެ އިނގިލީގައި މާކަރަކުން ފާހަގަ ޖަހަ އެވެ. އެއީ ރަޖިސްޓްރީވުމަށް އައިސްފައިވާ ބިދޭސީއެއްކަން ދެނެގަތުމަށެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރަޖިސްޓަރީވާން ގަލޮޅު ދަނޑުގައި. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރަޖިސްޓަރީވާން ގަލޮޅު ދަނޑުގައި. -- ފޮޓޯ: ނިޝާން އަލީ / މިހާރު

އިކޮނޮމިކް މިނިސްޓްރީގެ ލޭބާ އެންޑް އެމްޕްލޯއިމަންޓްގެ ކޮންސަލްޓެންޓް، މުއުމިނާ ވަހީދު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދާ މަސައްކަތަކީ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފަހު އެޕޮއިންޓްމަންޓް ހަމަޖައްސައިދިނުމެވެ. ރަޖިސްޓަރީވުމުގެ ކަންކަން ކުރިއަށް ގެންދާނީ އެޕޮއިންޓްމަންޓްތަކަށް ބިދޭސީން ފަހުން ގެނައުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިތަނުގަ މިކުރިއަށް ދަނީ އެޕޮއިންޓްމަންޓް ހަމަޖެއްސުން. އެ ބިދޭސީ މީހާގެ ފޯނަށް މެސެޖެއް ދާނެ އެޕޮއިންޓްމަންޓް ހަމަޖެހުނީމަ. ދެން އެމީހުން އައީމަ ރަޖިސްޓަރީގެ މަސައްކަތް ފެށޭނީ،" މޫމިނާ ވިދާޅުވި އެވެ.

ރަޖިސްޓަރީވުމަށް ގިނަ އަދަދެއްގެ ބިދޭސީން ގަލޮޅު ދަނޑުގައި: މިއަދު އެކަނިވެސް 3،000 އެއްހާ ބިދޭސީން ރަޖިސްޓަރީ ކުރޭ--- ފޮޓޯ: އަހުމަދު ސާއިލް އަލީ/ މިހާރު

ރަޖިސްޓަރީވުމަށް ގިނަ އަދަދެއްގެ ބިދޭސީން ގަލޮޅު ދަނޑުގައި: މިއަދު އެކަނިވެސް 3،000 އެއްހާ ބިދޭސީން ރަޖިސްޓަރީ ކުރޭ--- ފޮޓޯ: އަހުމަދު ސާއިލް އަލީ/ މިހާރު

މިއަދު އެކަނިވެސް 3،000 އަށް ވުރެ ގިނަ ބިދޭސީން ރަޖިސްޓަރީ ކުރެވޭނެ ކަމަށް މުއުމިނާ ވިދާޅުވި އެވެ. އަދި ކޮންމެ ހޮނިހިރެއްގައި އެކަން ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލުން ރަޖިސްޓަރީ ވާން ޖެހެނީ، ވަކި ކުންފުންޏެއްގެ ދަށުން މަސައްކަތް ނުކުރާ މީހުންނެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުންޏެއް ނަމަ، އަލުން ރަޖިސްޓަރީކުރަން އެ ކުންފުނި ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެކުރި ފަރާތް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހުށައެޅެ އެވެ.

ގިނަ އަދަދެއްގެ ބިދޭސީން ގަލޮޅު ދަނޑުގައި--

ކިޔޫގައި ތިބި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި 13 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މީހުން ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނިގޮތުގައި ރަޖިސްޓަރީވުމަށް އައިސްފައިވަނީ އެ މީހުން މިހާރު މަސައްކަތް ކުރާ ކުންފުނިތަކުން އަންގައިގެންނެވެ. މި ހުރިހާ ދުވަހު އެ މީހުން މަސައްކަތް ކުރަމުން އައީ ގަވައިދާ ހިލާފަށެވެ.