Roadha Mihaaru
ގިނަ އަދަދެއްގެ ވަޒަން އިންޑިއާ އިން ހަދިޔާކޮށްފި

ގިނަ އަދަދެއްގެ ވަޒަން އިންޑިއާ އިން ހަދިޔާކޮށްފި

05 ނޮވެމްބަރ 2019

ދިވެހި ސިފައިންގެ ބޭނުމަށް، އިންޑިއާ އިން ގިނަ އަދަދެއްގެ ވަޒަން ހަދިޔާކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދިވެހި ސިފައިންގެ ބޭނުމަށް، އިންޑިއާ އިން ގިނަ އަދަދެއްގެ ވަޒަން ހަދިޔާކޮށްފި އެވެ.

އިންޑިއަން ނޭވީގެ އެންމެ ބޮޑު ކޯސްޓްގާޑު އުޅަނދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަޒަންތަކާ ހަވާލުވެ ވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. އިންޑިއާ ސިފައިންގެ ފަރާތުން ވަޒަންތައް ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

އިންޑިއާއިން ހަދިޔާ ކުރި ވަޒަންތަކާ، މިނިސްޓަރު މާރިޔާ (ކ) ހަވާލުވެ ވަޑައިގަންނަވަނީ

އިންޑިއާއިން ހަދިޔާ ކުރި ވަޒަންތަކާ، މިނިސްޓަރު މާރިޔާ (ކ) ހަވާލުވެ ވަޑައިގަންނަވަނީ

އިންޑިއާ އިން ވަނީ ދިވެހި ސިފައިންގެ ތަމްރީނު މަރުކަޒުގެ މަސައްކަތް ނިންމަން ވެސް ބޮޑު އެހީއެއް ދީފަ އެވެ. ޅ. މާފިލާފުށީގައި ގާއިމް ކޮށްފައިވާ، ތަމްރީން މަރުކަޒުގެ މަސައްކަތްތައް ނިންމަން އެ ގައުމުން އެއް މިލިއަން ޑޮލަރުގެ އެހީ ދީފައިވާ އިރު، އެއީ ތިން ފިޔަވައްސަކަށް ބަހާލައިގެން ހަދާ ތަނެކެވެ.

އިންޑިއާގެ ޗީފް ޖެނެރަލް ބިޕިން ރާވަތު މިދިޔަ މަހު ރާއްޖެ ވަޑައިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލު ކުރައްވާފައިވެ އެވެ.