ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޒަންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާތިކާ އިބްރާހިމްގެ މައްސަލަތަކެއް ތަހުގީގުކުރަމުން ދާތީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އޭނާ މިއަދު ސަސްޕެންޑްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޒަންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާތިކާ އިބްރާހިމްގެ މައްސަލަތަކެއް ތަހުގީގުކުރަމުން ދާތީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އޭނާ މިއަދު ސަސްޕެންޑްކޮށްފި އެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ ދަށުން، ވަކި ގޮތެއް އަންގަންދެން އޭނާ ސަސްޕެންޑްކުރި އިރު މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ ބައެއް ޒިންމާތައް ވެސް އަދާކުރައްވަނީ އޭނާ އެވެ. އޭނާ އަށް އެ ޒިންމާތައް ހަވާލުކޮށްފައިވަނީ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒު މަސްއޫލިއްޔަތުތަކުން ދުރުކޮށް އޭނާގެ މައްސަލަތަކެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިގެން ބަލަން ނިންމުމަށް ފަހުގަ އެވެ.
ކޯޓުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް ފަހުން ގެނައި އިސްލާހުތަކާ ގުޅިގެން ސުޕްރީމް ކޯޓުގެ އިދާރީ އެންމެ އިސް މީހަކީ ފާއިޒު ކަމަށް މުވައްޒަފުންނަށް އަންގަވައި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އޭނާ އިހުމާލުވެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. މި ތުހުމަތުތަކާ އެކު އޭނާ ވަޒީފާ އިން ވަކިކުރަން އިންޒާރު ދިން ކަމަށް ބުނެ އުއްތަމަ ފަނޑިޔާރުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ ބަލަމުންނެވެ.
ބައެއް ފަނޑިޔާރުން ބޭނުންވާ ކަންކަން ކޯޓު ތެރޭގައި ނުފޫޒު ބޭނުންކޮށްގެން ކުރުވަނީ އާތިކާ މެދުވެރިކޮށް ކަމަށް މުވައްޒަފުން ތުހުމަތުކުރެ އެވެ. އުއްތަމަ ފަނޑިޔާރުގެ ޕާސަނަލް ސެކްރެޓަރީއެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވަނީ އާތިކާ އެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
ކޯޓުތަކުން ވަކިކުރި މީހުންނަށް ވަޒީފާ ދޭން އަންގައިފި
ސުއޫދު ކޯފާވެ ޖޭއެސްސީ "ބިމާހަމަކޮށްލައިފި"!
"މަސައްކަތް މި ކުރަނީ ވަރަށް އިހްލާސްތެރިކަމާ އެކު"
ސުޕްރީމް ކޯޓުގެ އެސްޖީ ފާއިޒް ވަކިކޮށްފި
ޖޭއެސްސީ ދަށަށް ޑީޖޭއޭ ގެންދިއުން: މައްސަލަ ބޭރުކޮށްފި
ފައިސަލް ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއަކަށް
ސުޕްރީމް ކޯޓު ރަޖިސްޓްރާކަމަށް ކުރިމަތިލާން ހުޅުވާލައިފި
"އިދާރާތައް އުފެއްދުމުގެ ބާރު ސުޕްރީމް ކޯޓަކަށް ނެތް"
ޝަރުއީ ނިޒާމު ޕެރަލައިޒް ކުރަން އެބައުޅޭ: ޑރ. ދީދީ