Roadha Mihaaru
ސުޕްރީމް ކޯޓު ރަޖިސްޓްރާކަމަށް ކުރިމަތިލާން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ކަމަށް ކުރިމަތިލާން ހުޅުވާލައިފި

12 ޑިސެމްބަރ 2019

ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުރި އިއުލާނެއްގައިވަނީ ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އެ މަގާމުގެ ޝަރުތަކީ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ޝަރުތު ކަމަށްވާ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާއިން ޑިގްރީއެއް އޮތުމާ އެކު، ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ފަސް އަހަރުގެ ތަޖްރިބާ ހުރުމެވެ.

ސުޕްރީމް ކޯޓުގެ ރެޖިސްޓްރާއަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 36،000ރ. ލިބޭނެ އެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާއަކީ އެ ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔުންތައް ބަލައިގަނެ، އެ ތަކެތި ހުރީ ގަވާއިދާ އެއްގޮތަށް ތޯ ކަށަވަރު ކުރުމާއި މައްސަލަތަކުގެ ރަޖިސްޓްރީ ބަލަހައްޓާ ފަރާތެވެ.

ރަޖިސްޓްރާގެ އިތުރުން އެސިސްޓެންޓް ރެޖިސްޓްރާގެ މަގާމަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ވެސް ޑީޖޭއޭއިން މިއަދު ވަނީ ހުޅުވާލައިފަ އެވެ. އެ މަގާމުގެ ތައުލީމީ ޝަރުތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާއިން ޑިގްރީއެއް އޮތުމާ އެކު ވަކީލު ކަމުގައި ނުވަތަ ފަނޑިޔާރު ކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖްރިބާ ހުރުމެވެ.

އެސިސްޓެންޓް ރެޖިސްޓްރާއަށް މުސާރަ އާއި އިނާޔަތްތަކާ އެކު 31،000ރ. ލިބޭނެ އެވެ.