Roadha Mihaaru

އޭސް ހާޑުވެއާ އިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

އޭސް ހާޑުވެއާ އިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އޭސް ހާޑުވެއާ އިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
އަލީ ޝިނާން
އަލީ ޝިނާން

10 ސެޕްޓެމްބަރ 2017

އޭސް ހާޑުވެއާ އިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ކުންފުނިން ބުނީ މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ޑިސްކައުންޓް ލިބޭނީ ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނަށް ކަމަށެވެ. އޭގެ ތެރޭގައި ޝެލްފާއި ދާވަށިގަނޑުގެ އިތުރުން ދޮވެ ހިއްކައި އަދި އިސްތިރި ކުރުމަށް ބޭނުންކުރާ ސާމާނު ހިމެނެ އެވެ.

އޭސް ހާޑްވެއާ އިން ބުނީ ގޭތެރޭގެ އިތުރުން ބަދިގެ ތަރުތީބު ކުރުމަށް ބޭނުންކުރާ ސާމާނުން ވެސް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

"މި ކަހަލަ ސޭލްތައް އެޅުވުމަކީ ކަސްޓަމަރުންނާއި އޭސް ހާޑްވެއާ އާއި އޮންނަ ގުޅުން ދެމިއޮތުމުގައި ވަރަށް މުހިންމު ކަމެއް،" އޭސް ހާޑްވެއާ އިން ބުންޏެވެ.

މި މަހުގެ ސޭލްގައި ހިމެނޭ ސްޓޯރޭޖް އަދި އޯގަނައިޒޭޝަން މުދާތަކުގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހަނީ-ކެން-ޑޫ އަދި އިންޓާ ޑިޒައިން ހިމެނޭ ކަމަށް ވެސް ބުންޏެވެ. އަދި ބަދިގެ ސްޓޯރެޖަށް ބޭނުންކުރާ ރަބަމެއިޑް ބްރޭންޑްގެ ތަކެއްޗާއި ކުދިން އިންޓަވަލް އަޅަން ބޭނުންކުރާ މަޝްހޫރު ސިސްޓެމާ ވެސް ހިމެނެ އެވެ.