Roadha Mihaaru
އޭސް ހާޑްވެއާ އިން ޖުމްހޫރީ ސޭލެއް ފަށަނީ

ޖުމްހޫރީ ދުވަހާ ގުޅިގެން އޭސް ހާޑްވެއާ އިން ޚާއްސަ ޕްރޮމޯޝަނެއް

10 ނޮވެމްބަރ 2017

މާދަމާ ފާހަގަކުރާ މި އަހަރުގެ ޖުމްހޫރީ ދުވަހާ ގުޅިގެން އޭސް ހާޑްވެއާ އިން ޚާއްސަ ޕްރޮމޯޝަނެއް ފަށަން ނިންމައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

މާދަމާ ފާހަގަކުރާ މި އަހަރުގެ ޖުމްހޫރީ ދުވަހާ ގުޅިގެން އޭސް ހާޑްވެއާ އިން ޚާއްސަ ޕްރޮމޯޝަނެއް ފަށަން ނިންމައިފި އެވެ.

ކޮންމެ މަހަކު ވެސް އެކި ނަންނަމުގައި ޕްރޮމޯޝަންތައް ކުރިއަށް ގެންދާ އޭސް ހާޑްވެއާ އިން ބުނީ "ނަސީބުވެރި ޖުމްހޫރީ ސޭލް" އޮންނާނީ މާދަމާ އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ޕްރޮމޯޝަނުގެ ތެރޭގައި ފިހާރައިގެ ކައުންޓަރުގައި "ނަސީބު ގުޅިއެއް" ބަހައްޓާނެ ކަމަށާއި އެއިން ނެގޭ، ނަންބަރު ޖަހާފައި ހުންނަ ރެކުން ބޭނުން އެއްޗަކަށް ވަރަށް ޚާއްސަ ޑިސްކައުންޓް ލިބޭނެ އެވެ. އެގޮތުން އެ ރެކުތަކުގައި ހުންނަ ޕްރޮޑަކްޓްތަކުން 20-70 ޕަސެންޓުގެ ޑިސްކައުންޓްތައް ލިބޭނެ ކަމަށް އޭސް ހާޑްވެއާ އިން ބުނެ އެވެ.

އަދި އެ ރެކުތަކުގެ ތެރެއިން ޚާއްސަ ރެކެއްގައި ހުންނަ ޕްރޮޑަކްޓްތައް ވިއްކާނީ 100ރ. އަށް ކަމަށް އޭސް ހާޑްވެއާ އިން ބުންޏެވެ. މި ޕްރޮމޯޝަނަށް ކަނޑައަޅާފައި ވާނީ ކަސްޓަމަރުންނަށް އެންމެ ކަމުދާނެ ތަކެތި ކަމަށާއި ކޮންމެ މީހަކަށް ވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ވެސް އެ ފިހާރަ އިން ފާހަގަކުރެ އެވެ.

"މިއީ ވަރަށް ރަނގަޅު މުދާ ތަކެއް އަގު ހެޔޮކޮށް ލިބޭނޭ ޕްރޮމޯޝަނެއް ކަމުން، މީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުން ހިފާނެ ކަމަށް އުއްމީދު ކުރަން،" އޭސް ހާޑްވެއޭ އިން ބުންޏެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާ އަދި ގޭތެރެ އަށް ބޭނުންވާ ސާމާނު ވިއްކަމުން އަންނަ އޭސް ހާޑްވެއާ އަކީ އެމެރިކާގެ ފްރެންޗައިސް އެކެވެ.