Roadha Mihaaru

އޭސް ހާޑްވެއާ އިން، 50 ޕަސެންޓް ޑިސްކައުންޓް

އޭސް ހާޑުވެއާ އިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އޭސް ހާޑުވެއާ އިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
އަލީ ޝިނާން
އަލީ ޝިނާން

08 އޮކްޓޯބަރ 2017

އޭސް ހާޑުވެއާ އިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ކުންފުނިން ބުނީ މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ޑިސްކައުންޓް ލިބޭނީ ސާފު ކުރަން ބޭނުންކުރާ ތަކެތިން ކަމަށެވެ. އޭގެ ތެރޭގައި ބަދިގޭން ފެށިގެން ފާހަނާ އަދި އެއްޗެހި ދޮވުމަށް ބޭނުންކުރާ ތަފާތު ވައްތަރުގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ސާމާނު ހިމެނޭނެ ކަމަށެވެ.

"އެހެން ތަނަކުން ލިބެން ނުހުންނަ ތަފާތު ވައްތަރުގެ ސާފު ކުރުމަށް ބޭނުންކުރާ ސާމާނު ހީވެސް ނުކުރާ އަގުތަކުގައި އޮކްޓޯބަރު މަހު ލިބެން ހުންނާނެ،" އޭސް ހާޑްވެއާ އިން ބުންޏެވެ.

ޕްރޮމޯޝަނުގެ ތެރެއިން، "ހައިޖީން ޑޭ"ގެ ނަމުގައި އަމިއްލަ ސާފުތާހިރުކަމާ ބެހޭ ގޮތުން ކަސްޓަމަރުންނަށް މައުލޫމާތު ވެސް ދޭނެ އެވެ. އަދި ފޭސްބުކް ލައިން އެންޑް ކޮމެންޓް މުބާރާތެއް ކުރިއަށް ގެންދާނެ އެވެ.

އޭސް ހާރޑްވެއާ އަދި ހޯމްސެންޓާ އަކީ ކޯ-ލޯޑް މޯލްޑިވްސްގެ ދަށުން ހިނގަމުންދާ ދެ ފިހާރަ އެވެ. އެއީ އޭސް އިންޓަނެޝަނަލްގެ ފްރެންޗައިސް އެގްރިމެންޓެއްގެ ދަށުން ސާކް ރީޖަންގައި ހުޅުވި ފުރަތަމަ އެ ބްރޭންޑްގެ ފިހާރަ އެވެ.